Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރަޝިޔާގެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައި

ޔުކްރެއިންގެ ކަމާ ގުޅޭ އިދާރާ ތަކުން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި ހަމަލާ ތަކުގެ ސަބަބުން 2600 އަށް ވުރެ ގިނަ އިމާރާތް ތަކުން ހީޓިން ކެނޑިފައިވާ ކަމަށް. އޭގެ އިތުރުން 187 ނާސަރީ އަކާއި، 138 ސްކޫލަކުން ވެސް ހީޓިން ކެނޑިފައި ހުރި ކަމަށް އިދާރާ ތަކުން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 01:22
ޔުކްރެއިންގެ ގިނަ އިމާރާތް ތަކަކުން ކަރަންޓު ކެނޑިފައި

ޔުކްރެއިންގެ ގިނަ އިމާރާތް ތަކަކުން ކަރަންޓު ކެނޑިފައި

ރަޝިޔާ އިން ޔުކްރެއިން އަށް ދިން ހަމަލާ ތަކެއްގެ ސަބަބުން، ޔުކްރެއިންގެ 2600 އަށް ވުރެ ގިނަ އިމާރާތް ތަކަކުން ހޫނު ކުރާ ނިޒާމުތައް މަސައްކަތް ނުކުރާ ކަމަށް ބުނެފި އެވެ.

ޔުކްރެއިންގެ ކަމާ ގުޅޭ އިދާރާ ތަކުން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި ހަމަލާ ތަކުގެ ސަބަބުން 2600 އަށް ވުރެ ގިނަ އިމާރާތް ތަކަށް ހޫނު ކުރެވޭނެ ގޮތެއް ނެތިފައިވާ ކަމަށެވެ. އޭގެ އިތުރުން 187 ނާސަރީ އަކާއި، 138 ސްކޫލަކުން ވެސް ހީޓިން ކެނޑިފައި ހުރި ކަމަށް އިދާރާ ތަކުން ބުނެފައިވެ އެވެ. 

މި ހަމަލާ ތަކުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ފިނު މޫސުމުގައި ހޫނު ކުރެވޭނެ ގޮތެއް ނެތި ދިރިއުޅުމަށް މަޖުބޫރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ވަގުތު ޔުކްރެއިންގެ ވެރި ރަށް ކީވްގެ ފިނި ހޫނުމިން 0 ޑިގްރީ ސެލްސިއަސް (32 ފްރެންހައިޓް)ގައި ހުރި ކަމަށް ބުނެފައިވެ އެވެ. މިފަދަ ފިނު މޫސުމެއްގައި ހޫނު ކުރެވޭނެ ގޮތެއް ނެތުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ދަތި ކަމެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

ވެރި ރަށް ކީވް ރީޖަންގެ އިދާރީ ފަރާތް ތަކުން ބުނެފައި ވަނީ މި ހަމަލާގެ ސަބަބުން، 320،000 (ތިން ލައްކަ ވިހި ހާސް) ގެދޮރުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ކީވް ރީޖަން އަކީ ވެރި ރަށް ކީވް ވަށައިގެންވާ ސަރަހައްދެއް ކަމަށް ވީ ނަމަވެސް، ވެރި ރަށް ކީވް އެ ސަރަހައްދުގައި ނުހިމެނެ އެވެ. 

ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިންގެ އިންފްރާސްޓްރަކްޗާ އަށް އަމާޒުކޮށް ހަމަލާ ދީ، އެތައް ގެއްލުން ތަކެއް އަންނަނީ ދެމުންނެވެ. އެ ހަމަލާ ތަކުގެ ސަބަބުން ޔުކްރެއިންގެ ރައްޔިތުން އަންނަނީ އެތައް ގޮން ޖެހުންތަކާއި، އުނދަގޫތައް ތަހަންމަލު ކުރަމުންނެވެ. މި ހަމަލާ ތަކުގެ ސަބަބުން، ފިނި މޫސުމުގައި ހޫނު ކުރެވޭނެ ގޮތެއް އަދި ކަރަންޓު ނެތުމުގެ މައްސަލަތައް އަންނަނީ ބޮޑު ވަމުންނެވެ. 

ސްކޫލް ތަކާއި ނާސަރީ ތަކުގައި ހޫނު ކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން، ކުޑަ ކުދިންނަށް ވެސް ވަރަށް ބޮޑެތި ދަތި ތަކެއް ކުރިމަތި ވެފައިވާ ކަމަށް ބުނެފައިވެ އެވެ. މި ޙާލަތުގައި އިދާރީ ފަރާތް ތަކުން މި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔޫކްރެއިންކީވްފިނި މޫސުމުރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

27 ޑިސެމްބަރު 2025
ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ

ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ

24 ޑިސެމްބަރު 2025
ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

23 ޑިސެމްބަރު 2025
ކާރު ބޮމެއް ގޮއްވާލައިގެން ރަޝިޔާ ގެ އިސް ޖެނެރަލަކު މަރާލައިފި، ޔޫކްރެއިން އާ ގުޅުމެއް އޮތްތޯ ތަހުގީގު ކުރަނީ

ކާރު ބޮމެއް ގޮއްވާލައިގެން ރަޝިޔާ ގެ އިސް ޖެނެރަލަކު މަރާލައިފި، ޔޫކްރެއިން އާ ގުޅުމެއް އޮތްތޯ ތަހުގީގު ކުރަނީ

22 ޑިސެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް

މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް

22 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު