Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ-ރަޝިޔާ

ސީރިއާގެ ވަޒީރުން ރަޝިޔާގައި ޕުޓިންއާ ބައްދަލު ކުރައްވައި، އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި

ސީރިއާގެ ފޮރިން މިނިސްޓަރު އައްސަދު އަލް ޝައިބާނީ އަދި ޑިފެންސް މިނިސްޓަރު މުރްހަފް ގަސްރާ އާއި ރަޝިޔާގެ ރައީސް ޕުޓިން ކުރެއްވި މަޝްވަރާ ތަކުގައި ވަނީ އަސްކަރީ ދާއިރާ އިން އަދި އިޤްތިޞާދީ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޑިސެމްބަރު 2025 | ބުދަ 08:28
ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ އަދި ރަޝިޔާގެ ރައީސް ޕުޓިން

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ އަދި ރަޝިޔާގެ ރައީސް ޕުޓިން

ސީރިއާގެ ސަރުކާރުގެ ބައެއް ވަޒީރުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވައިފި އެވެ.

ސީރިއާގެ ސަރުކާާރުގެ މީޑިއާ އިން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ފޮރިން މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ވަނީ އަންގާރަ ދުވަހު ޕުޓިންއާ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލު ކުރެއްވުން އޮތީ ރަޝިޔާގެ ވެރި ރަށް މޮސްކޯގައި ކަމަށް ބުނެފައިވެ އެވެ. 

ދިގު މުއްދަތެއް ވަންދެން ސީރިއާގައި ވެރިކަން ކުރި ބަޝާރު އަލް އަސަދު ވެރިކަމުން ވައްޓާލުމަށް ފަހު، ސީރިއާގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އަޙުމަދު އަލް ޝަރާ ވެސް ވަނީ ރަޝިޔާ އަށް ވަޑައިގެން ޕުޓިންއާ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ފަހުން ސީރިއާގެ ދެ ވަޒީރުން ރަޝިޔާ އަށް ވަޑައިގެން ޕުޓިންއާ ބައްދަލު ކުރައްވާފައިވާއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ އެންމެ ފަހުގެ މަޝްވަރާ ތަކެވެ.

ސީރިއާގެ އައު ސަރުކާރުން ވެސް ރަޝިޔާއާ އެކު ގުޅުން ޤާއިމު ކުރުމަށް މަޝްވަރާތައް ކުރަމުން އަންނައިރު، ވެރިކަން ވައްޓާލި ފަހުން އަސަދު ވަނީ ރަޝިޔާ އަށް ވަޑައިގެންފަ އެެވެ. އެގޮތުން ފިއްލަވައިގެން އަސަދު ރަޝިޔާ އަށް ވަޑައިގެންފައިވާއިރު، މިހާރު އޭނާ ހުންނެވީ އެ ޤައުމުގެ ހިމާޔަތުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރަޝިޔާ އިން ވަނީ އަސަދު އާއި އޭނާގެ އާއިލާ އަށް ރައްކާތެރިކަން ދީފަ އެވެ. 

ސީރިއާގެ ފޮރިން މިނިސްޓަރު އައްސަދު އަލް ޝައިބާނީ އަދި ޑިފެންސް މިނިސްޓަރު މުރްހަފް ގަސްރާ އާއި ރަޝިޔާގެ ރައީސް ޕުޓިން ކުރެއްވި މަޝްވަރާ ތަކުގައި ވަނީ އަސްކަރީ ދާއިރާ އިން އަދި އިޤްތިޞާދީ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. ޚާއްސަކޮށް އަސްކަރީ ގޮތުން ގުޅިގެން މަސައްކަތް ކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ސީރިއާގެ ސިފައިންގެ ޤާބިލުކަން އިތުރުކޮށް، ވަރުގަދަ ކުރުމަށާއި، ޒަމާނީ ކުރިއެރުންތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ސަރުކާރުގެ މީޑިއާ އިން ވަނީ ބުނެފަ އެވެ. އެކަމުގެ ސަބަބުން ސީރިއާގެ ދިފާއީ ނިޒާމު ވަރުގަދަ ކުރެވި، ސީރިއާގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބަދަހި ކުރެވިގެން ދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ހަމަ އެހެންމެ އެ މަޝްވަރާ ތަކުގައި ވަނީ، އަލުން ސީރިއާ އާރާސްތު ކުރުމުގެ ވާހަކަ ވެސް ދައްކަވައިފަ އެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން ސީރިއާ އަށް ލިބިފައިވާ ގެއްލުން ތަކުން އަރައި ގަނެ، އަލުން ޤައުމު އާރާސްތު ކުރުމަށް ސީރިއާގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ވަނީ ޕުޓިންއާ ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން ސީރިއާ އަލުން އާރާސްތު ކުރުމުގެ މަޝްރޫއަށް އެހީވުމާއި، އައު އިންވެސްޓްމަންޓުތައް ހޯދުމުގެ ދާއިރާ އިން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ. 

ރަޝިޔާގެ ހިމާޔަތުގައި އަސަދު ހުންނެވި ނަމަވެސް، ސީރިއާގެ އައު ސަރުކާރާ ގުޅުން ބަދަހި ކުރަން ރަޝިޔާ އިން ބޭނުންވެ އެވެ. 

މަސްދަރު: އޭއެފްޕީ

ސީރިއާ-ރަޝިޔާވްލަޑިމިއަރ ޕުޓިންއަޙުމަދު އަލް-ޝަރާއު

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް

22 ޑިސެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް
21 ޑިސެމްބަރު 2025

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި
20 ޑިސެމްބަރު 2025

ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

20 ޑިސެމްބަރު 2025
ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް
19 ޑިސެމްބަރު 2025

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

19 ޑިސެމްބަރު 2025
ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ
18 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި

18 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު