Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލް-އެމެރިކާ

އީރާނަށް ހަމަލާ ދޭން އިޒްރޭލުން ރާވަނީ - މިފަހަރުގެ ސަބަބަކީ އީރާނުގެ މިސައިލް ޕްރޮގްރާމް

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަދިވެސް ޓްރަމްޕްގެ ކިބައިން ބޭނުން ވަނީ އިރާނާ ދެކޮޅަށް އިތުރު އަސްކަރީ ހަރަކާތްތައް ހިންގުމަށް. އީރާނުގެ ނިއުކްލިއަރ މައްސަލަ ހައްލުކޮށްފައިވާ ޓްރަމްޕް އަށް ވިދާޅުވެފައި އޮތުމާއެކު، އިޒްރޭލުން މިހާރު މައުޟޫއު ބަދަލުކޮށް އިރާނުގެ މިސައިލް ޕްރޮގްރާމަށް ސަމާލުކަން ވަނީ އަނބުރާލާފައި.

ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 14:23
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިޒްރޭލުގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓުގައި - އޮކްޓޯބަރު 13، 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިޒްރޭލުގެ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓުގައި - އޮކްޓޯބަރު 13، 2025

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ 30 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަކަށް، އިރާނަކީ އިޒްރޭލަށާއި ދުނިޔެއަށް ކުރިމަތިވެފައި އޮތް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ސިފަ ކޮށް އިންޒާރު ދެމުން ގޮސްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޖޫން މަހު އެ އިންޒާރުތަކަށް ސަމާލުކަން ދެއްވައި، ތެހެރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ބޮން އަޅާފަ އެވެ. ނަމަވެސް، ނަތަންޔާހޫ އަދިވެސް ހިތްހަމަޖެހިފައި ހުރިތަނެއް ނުފެނެއެވެ. އޭނާ އާދިއްތަ ދުވަހު އެމެރިކާއަށް ވަޑައިގެން ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ މާރ-އަ-ލާގޯ ރިސޯޓްގައި ޓްރަމްޕާ ބައްދަލުކުރައްވާ އިރު އަނެއްކާ ވެސް އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ހަރަކާތްތައް ހިންގަން ބާރު އެޅުމަށް މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެ އެވެ.

މިފަހަރު، މައްސަލަ އެއްގެ ގޮތުގައި ނާގާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ އިރާނުގެ މިސައިލް ޕްރޮގްރާމެވެ.

އިޒްރޭލުގެ އޮފިޝަލުންނާއި އެމެރިކާގެ އެކުވެރިން އަނެއްކާވެސް އަންނަނީ އިރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ގޮވައިލަމުންނެވެ. އެމީހުން ބުނާ ގޮތުގައި ތެހެރާނުގެ މިސައިލްތަކުގެ މައްސަލަ ވަގުތުން ހައްލުކުރަން ޖެހެއެވެ.

ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި އިރާނާ ދެކޮޅަށް އިތުރު ހަނގުރާމަ އެއް ކުރުމަކީ ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ ދަށުން އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމުގައި ނުބެލެ އެވެ.

ސެންޓަރ ފޯރ އިންޓަރނޭޝަނަލް ޕޮލިސީ ތިންކް ޓޭންކްގެ ސީނިއަރ ފެލޯ ސީނާ ތޫސީ އަލް ޖަޒީރާ އާ ވާހަކަ ދައްކަމުން ވިދާޅުވީ، އިޒްރޭލާއި ޢަރަބި ގައުމުތަކާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިކޮށް، ސިޔާސީ ގުޅުން ގާއިމުކުރުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ނަތަންޔާހޫ ބޭނުންވަނީ އެމެރިކާގެ އެހީ ލިބިގެން މި ސަރަހައްދުގައި އަސްކަރީ ގޮތުން ބާރުގަދަ ކަން ދައްކާށެވެ.

ތޫސީ ވިދާޅުވީ އީރާނު ގެ ދައުލަތް ހަލާކޮށްލުމަކީ އިޒްރޭލަށް އެއްވެސް ހުރަހެއް ނެތި ސަރަހައްދުގައި އެ ގައުމުގެ ބާރު ދެއްކުމަށް އޮތް އެންމެ މޮޅު ގޮތްކަމަށް އިޒްރޭލުން ދެކެއެވެ. އަދި އެ މަގްސަދު ހާސިލު ކުރުމުގައި އެމެރިކާގެ ދާއިމީ މަދަދު އިޒްރޭލުން ބޭނުންވެ އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ނަތަންޔާހޫ ބޭނުންވަނީ އެމެރިކާ އިން އެކަމަށް އެއްބާރުލުން ދިނުމަށެވެ. ނަމަވެސް އެކަން ވާނީ އެމެރިކާގެ ޚާރިޖީ ސިޔާސަތު ގެ އަމާޒު އެހެން ދިމާލަކަށް މިސްރާބު ޖަހައިގެންނެވެ. އެއާ ޚިލާފަށް އެމެރިކާ ބޭނުން ވަނީ ސަރަހައްދުގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް އެމެރިކާގެ ސީދާ އަސްކަރީ ބައިވެރިވުމެއް ބޭނުމެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާ ގައި ހަމަލާ ހުއްޓާލުމަށް އެހީތެރިވެ، އަމިއްލަފުޅަށް ސުލްހައިގެ ޗެމްޕިއަނެއްގެ ގޮތުގައި ސިފަ ކުރައްވާ ޓްރަމްޕް ވަނީ، އިޒްރޭލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެއްބަސްވުމާ ޚިލާފުވަމުން ދިޔަ ނަަމަވެސް، މެދުއިރުމައްޗަށް 3000 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސުލްހަ ގެނެސްދެއްވި ފަރާތް ކަމަށް ވިދާޅުވެފަ އެވެ.

އަދި ޓްރަމްޕްގެ ސަރުކާރުން ދާދި ފަހުން ނެރެފައިވާ ނޭޝަނަލް ސެކިއުރިޓީ ސްޓްރެޓަޖީގައި ބުނެފައިވަނީ، މި ސަރަހައްދު ފާޅުވަމުން އަންނަނީ ޕާރޓްނަރޝިޕް ކުރިއަރުވާ، ރަހުމަތްތެރި، އަދި އިންވެސްޓްމަންޓަށް މަގު ފަހިކުރާ ސަރަހައްދެއްގެ ގޮތުގައެވެ.

އެމެރިކާ އިން މެދުއިރުމަތީގައި އޮންނަ އަސްކަރީ އަދި ސްޓްރެޓީޖިކް ދައުރު ކުޑަކުރަން ވައުދުވަމުންދާއިރު، އިޒްރޭލުން އަންނަނީ އެމެރިކާ ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ވަކާލާތު ކުރަމުންނެވެ.

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އިޒްރޭލުން ވަނީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެ ގައުމުގެ ސަލާމަތަށާއި ދުނިޔެ އަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ދައްކަން މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް، ޓްރަމްޕް ވަނީ ޖޫން މަހު އިރާނުގެ ތިން ނިއުކްލިއަރ ފެސިލިޓީ އަށް އެމެރިކާ އިން ދިން ހަމަލާތަކުން އެ ޕްރޮގްރާމް ނައްތާލާފައިވާ ކަމަށް ދައްކަވާ ގަދަ ބަސް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ މި ބަސްތަކުގެ ސައްހަކަން ކޮންމެ ގޮތަކަށް އޮތަސް އޭނާ އާ ދެބަސް ނުވެ އީރާނަށް ހަމަލާ ދޭނެ އެހެން ސަބަބެއް ހޯދަން އިޒްރޭލަށް މަޖުބޫރުވެފައިވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވިއެވެ.

ޑިޕްލޮމަސީ އަށް ބާރުއަޅާ އެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ ކުއިންސީ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޓްރިޓާ ޕާސީ ވިދާޅުވީ، ޓްރަމްޕް ގެ ވާހަކަފުޅުގެ ސައްހަކަން ކޮންމެ ގޮތަކަށް އޮތް ކަަމަށް ވިޔަސް ނިއުކްލިއަރ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އޭނާ އިއުލާނު ކުރައްވާފައި އޮތުމުން، އިޒްރޭލުން އަންނަނީ ތެހެރާނަށް ފިއްތުއްތަން އިތުރު ކުރުމަށް މިސައިލްތަކަށް މައުޟޫއު ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޕާސީ އަލްޖަޒީރާ އަށް ވިދާޅުވީ "ނަތަންޔާހޫ އަންނަނީ އެމެރިކާ އިޒްރޭލާ ގުޅިގެން އިރާނާ ދެކޮޅަށް އިތުރު ހަނގުރާމައަކަށް ދިޔުމަށް ބާރުއަޅަމުންނެވެ. މިފަހަރުގެ ސަމާލުކަން ހުއްޓިފައި ވަނީ މިސައިލްތަކަށެވެ. މީގެ އެއް ސަބަބަކީ ޓްރަމްޕް ނިއުކްލިއަރ މައްސަލައިގެ ވާހަކަ އަލުން އަޑުއައްސަވަން ބޭނުންފުޅު ނުވުމެވެ. އެއީ އޭނާ އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް، އަދި އެ ޕްރޮގްރާމް 'ނައްތާލާފައިވާ' ކަމަށް ވިދާޅުވެފައިވާތީ އެވެ."

"އިޒްރޭލުން އަބަދާ އަބަދު އަމާޒުތައް ބަދަލުކުރަމުން ދަނީ، އިރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމަ ނިމުމެއްނެތް ގޮތުގައި ދެމެހެއްޓުމަށްޓަކައެވެ."

އިރާނުން އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ އަބަދުވެސް ސުލްހަވެރި ޕްރޮގްރާމެއް ކަމަށް ބުނަމުންދާއިރު، އިޒްރޭލަކީ ސިއްރުން ނިއުކްލިއަރ ހަތިޔާރުގެ ބާރެއް ކަމަށް ވެފައިވާ ގައުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ތެހެރާނުން މިހާތަނަށް އިޒްރޭލަށް އިސްވެ މިސައިލް ހަމަލާއެއް ދީފައެއް ނުވެއެވެ.

މި އަހަރުގެ ޖޫން މަހު ހިނގި ހަނގުރާމައިގައި، އިރާނުން އެތައް ސަތޭކަ މިސައިލް އިޒްރޭލާ ދިމާއަށް ފޮނުވިއެވެ. އަދި އެތައް މިސައިލެއް އިޒްރޭލުގެ ގިނަ ފަށަލަތަކުގެ ވައިގެ ދިފާއީ ނިޒާމު ފޫއަޅުވާލިއެވެ. ނަމަވެސް، އެ ހަނގުރާމަ ވެސް ކުއްލިއަކަށް ފެށީ އިޒްރޭލުންނެވެ.

މަސްދަރު: އަލް ޖަޒީރާ

ބެންޖަމިން ނަތަންޔާހޫރައީސް ޑޮނަލްޑް ޓްރަމްޕްއީރާން ނިއުކްލިއަރ ޕްރޮގްރާމްއެމެރިކާ-އިޒްރޭލުގެ ގުޅުންއީރާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025
ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

27 ޑިސެމްބަރު 2025
ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

27 ޑިސެމްބަރު 2025
ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

26 ޑިސެމްބަރު 2025
ގެއްލުން ލިބިފައިވާ ނިއުކްލިއަރ ސައިޓްތައް ބޭރުގެ ފަރާތްތަކުން އިންސްޕެކްޓް ކުރަން ޖެހޭ އެއްވެސް ހުއްޖަތެއް ނެތް: އީރާނު

ގެއްލުން ލިބިފައިވާ ނިއުކްލިއަރ ސައިޓްތައް ބޭރުގެ ފަރާތްތަކުން އިންސްޕެކްޓް ކުރަން ޖެހޭ އެއްވެސް ހުއްޖަތެއް ނެތް: އީރާނު

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު