Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަތުމަށް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ބުނެފި

ނިއު ޔޯކް ޕޯސްޓުގެ ނޫސްވެރިޔަކު ހުކުރު ދުވަހު ޝާއިއު ކޮށްފައި ވަނީ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް "ނޫނެކޭ" ވިދާޅުވި ކަމަށް. އަދި ސޮމާލީލޭންޑަކީ ކޮބައިކަން ހަގީތުގައި އެއްވެސް މީހަަކަށް އިނގޭތޯ އައްސަވައި ޓްރަމްޕް ސުވާލު އުފެއްދެވި ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 07:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ސޮލާމީލޭންޑް އަކީ ރަސްމީކޮށް ޤައުމެއްގެ ގޮތުގައި ބަލައި ގަތުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދު ނުކުރައްވާ ކަމަށް ނިއު ޔޯކް ޕޯސްޓުގައި ބުނެފި އެވެ. 

ޓްރަމްޕްއާ ވަރަށް ގާތް ގުޅުމެއް އޮންނަ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސޮމާާލީލޭންޑަކީ ރަސްމީކޮށް ޤައުމެއްގެ ގޮތުގައި ބަލަައި ގަންނަން ނިންމަވައިފަ އެވެ. އެއާ އެކު، ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިސްރާއީލް އަކީ، ސޮމާލީލޭންޑް ޤައުމެއްގެ ގޮތުގައި ބަލައި ގަންނާނެ ފުރަތަމަ ޤައުމު ކަމަށެވެ. 

އެކަމާ ގުޅޭ ގޮތުން، ސޮމާލީލޭންޑް ޤައުމެއްގެ ގޮތުގައި ޤަބޫލު ކުރުމާ ބެހޭ ގޮތުން ނިއު ޔޯސް ޕޯސްޓުން ވަނީ ސުވާލު ކޮށްފަ އެވެ. އެ ނޫހުގެ ނޫސްވެރިޔަކު ހުކުރު ދުވަހު ޝާއިއު ކޮށްފައި ވަނީ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް "ނޫނެކޭ" ވިދާޅުވި ކަމަށެވެ. އަދި ސޮމާލީލޭންޑަކީ ކޮބައިކަން ހަގީތުގައި އެއްވެސް މީހަަކަށް އިނގޭތޯ އައްސަވައި ޓްރަމްޕް ސުވާލު އުފެއްދެވި ކަމަށް ބުނެފައިވެ އެވެ. 

ސޮމާލީލޭންޑަކީ 1991 ވަނަ އަހަރު ސޯމާލިއާ އިން ވަކިވެ ގަތް ސަރަހައްދެކެވެ. ނަމަވެސް، މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން އެއީ މިނިވަން ޤައުމެއްގެ ގޮތުގައި ރަސްމީކޮށް ބަަލައިގެންފައި ނުވެ އެވެ. ސޮމާލީލޭންޑް އިން ވަކި ދައުލަތެއްގެ ގޮތުގައި އިދާރާ ތަކެއް ހިންގަމުން އަންނައިރު، އެ ސަރަހައްދަކީ ސޯމާލިއާގެ ބައެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ބަލަމުންނެވެ. 

ސޮމާލީލޭންޑް ރަސްމީކޮށް ބަލައި ގަންނަން ނިންމާފައިވާ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވާއިރު، އެއީ ސަރަހައްދީ ގޮތުން އިސްރާއީލް އިން ގުޅުން ބަދަހި ކުރުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އިސްރާއީލް ފިޔަވައި އެހެން އެއްވެސް ޤައުމަކުން މިހާތަނަށް އެކަން ބަަލައިގެންފައި ނުވެ އެވެ. 

މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ސޮމާލީލޭންޑާ ގުޅޭ ގޮތުން އެމެރިކާ އިން ގެންގުޅެމުން އަންނަ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. ޚާއްސަކޮށް އެމެރިކާގެ ރައީސް ޓްރަމްޕްގެ ވާހަކަ ތަކުން އެކަން ސާފުވެގެން ދާ ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. އެމެރިކާ އިން މިހާތަނަށް ނިންމާފައި ވަނީ، ސޮމާލީލޭންޑަކީ ސޯމާލިއާގެ އިސްތިޤުލާލާއި، އެ ޤައުމުގެ ސަރަހައްދެއްގެ ގޮތުގައި ބަަލައިގަތުމުގެ ސިޔާސަތެވެ. 

ސޮމާލީލޭންޑަކީ ވަކި ޤައުމެއްގެ ގޮތުގައި ބަލައި ގަންނަން އިސްރާއީލް އިން ނިންމުމާ އެކު، ސޯމާލިއާގެ ސަރުކާާރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެ ޤައުމުގެ ސަަރުކާރުން ބުނެފައި ވަނީ، އެއީ ސޯމާލިއާގެ އިސްތިޤުލާލާއި، އެ ޤައުމުގެ ސަރަހައްދީ ހަމަހަމަ ކަމަށް އަރައިގަންނަ ފަދަ ހަމަލާއެއް ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

ސޮމާލީލޭންޑްރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫސޯމާލިއާއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

27 ޑިސެމްބަރު 2025
ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

26 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ޓްރަމްޕް ތާއީދު ކުރެއްވި އަސްފޫރާ

ހޮންޑޫރަސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ޓްރަމްޕް ތާއީދު ކުރެއްވި އަސްފޫރާ

25 ޑިސެމްބަރު 2025
އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

23 ޑިސެމްބަރު 2025
ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު