Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހޮންޑޫރަސް

ހޮންޑޫރަސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ޓްރަމްޕް ތާއީދު ކުރެއްވި އަސްފޫރާ

އިންތިޚާބާ ބެހޭ ޤާއުމީ އިދާރާ އިން ހާމަ ކޮށްފައިވާ ނަތީޖާ އަށް ބަލާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު އޮތް ކޮންޒަވޭޓުވް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓް އަސްފޫރާ އަށް ވަނީ 40.3 އިންސައްތަ ވޯޓު ލިބިފައި. އޭނާގެ ވާދަވެރިޔާ ސެންޓަ ރައިޓް ލިބަރަލް ޕާޓީގެ ކެނޑިޑޭޓަށް ލިބިފައި ވަނީ 39.5 އިންސައްތަ ވޯޓެވެ. އެހެންކަމުން މިއީ ވަރަށް ވާދަވެރި އަދި ފަރަގު ކުޑަ ނަތީޖާއެއްް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 08:15
ހޮންޑޫރަސްގެ އިންތިޚާބު ކާމިޔާބު ކުރެއްވި އަސްފޫރާ

ހޮންޑޫރަސްގެ އިންތިޚާބު ކާމިޔާބު ކުރެއްވި އަސްފޫރާ

ބޮޑު ވާދަވެރި ކަމަކަށް ފަހު، ހޮންޑޫރަސްގެ ރިޔާސީ އިންތިޚާބު ނަސްރީ އަސްފޫރާ ކާމިޔާބު ކުރައްވާފައިވާ ކަމަށް ރަސްމީކޮށް އިއުލާން ކޮށްފި އެވެ. 

އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފައި ވަނީ ހަފުތާއެއްހާ ދުވަހުގެ ލަސްވުމަކަށް ފަހު އެވެ. އެއީ ޓެކްނިކަލް މައްސަލަ އާއި، ވޯޓުގެ ޚިޔާނާތާ ގުޅުން ހުރި މައްސަލަ ތަކެއްގެ ސަބަބުންނެވެ. 

އިންތިޚާބާ ބެހޭ ޤާއުމީ އިދާރާ އިން ހާމަ ކޮށްފައިވާ ނަތީޖާ އަށް ބަލާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު އޮތް ކޮންޒަވޭޓިވް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓް އަސްފޫރާ އަށް ވަނީ 40.3 އިންސައްތަ ވޯޓު ލިބިފަ އެވެ. އޭނާގެ ވާދަވެރިޔާ ސެންޓަ ރައިޓް ލިބަރަލް ޕާޓީގެ ސަލްވާޑޯ ނަސްރުﷲ އަށް ލިބިފައި ވަނީ 39.5 އިންސައްތަ ވޯޓެވެ. އެހެންކަމުން މިއީ ވަރަށް ވާދަވެރި އަދި ފަރަގު ކުޑަ ނަތީޖާ އެކެވެ. 

އަސްފޫރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ހުންނެވީ ހޮންޑޫރަސްގެ ވެރިކަން ކުރަން ތައްޔާރަށް ކަމަށެވެ. އަދި އެކަމުގައި އޭނާ ފެއިލް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް، ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އޭނާގެ ވާދަވެރިޔާ ނަސްރުﷲ ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ އޭނާ ޤަބޫލު ނުކުރާނެ ކަމަށެވެ. އަދި އެއީ އެތައް ގޯސްތަކެއް ހިމެނޭ ނަތީޖާއެއް ކަމަށް ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރާނެ ކަމަށް ނަސްރުﷲ ހާމަ ކުރެއްވި ނަމަވެސް، އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައި ވަނީ ހަަމަޖެހިލައިގެން ތިބުމަށެވެ. 

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ، ހުރިހާ ފަރާތްތަކުން ވެސް އިންތިޚާބުގެ ނަތީޖާ އަށް އިހުތިރާމް ކުރެއްވުމަށް ގޮވާލައްވައިފަ އެވެ. އެހެން ނަމަވެސް، ހޮންޑޫރަސްގެ ކޮންގްރެސްގެ ރައީސް ލުއިސް ރެޑޮންޑޯ ވަނީ އިންތިޚާބުގެ ނަތީޖާ އަކީ ޤާނޫނާ ޚިލާފު ނަތީޖާއެއް ކަމަށް ވިދާޅުވެފަ އެވެ. 

ހޮންޑޫރަސްގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށް ވީ ނަމަވެސް، ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އިންތިޚާބުގެ ވޯޓު ގުނުން ވަނީ ދެ ފަހަރު ލަސްވެފަ އެވެ. އިންތިޚާބާ ބެހޭ ޤައުމީ އިދާރާގެ ރައީސް އަނާ ޕައޯލާ ހޯލް ވަނީ، ވޯޓު ގުނުން ލަސްވުމުގެ ޒިންމާ އަމިއްލަ ކުންފުންޏެއްގެ ބޮލުގައި އަޅުވައިފަ އެވެ. 

ވޯޓު ގުނުން ލަސްވުމުގެ ސަބަބުންނާއި، ދިމާވި މައްސަލަ ތަކުގެ ސަބަބުން 15 އިންސައްތަ ވޯޓު ގުނާފައި ވަނީ އަތުންނެވެ. އިންތިޚާބުގެ ވޯޓު ގުނުން ލަސްވުމުގެ ސަބަބުން ހޮންޑޫރަސްގައި ވަނީ ނުތަނަވަސްކަން ބޮޑުވެފަ އެވެ. ވެރިކަން ކުރާ ލިބަރަލް ޕާޓީގެ ގިނަ ސަޕޯޓަރުން ވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އިހުތިޖާޖަށް ނިކުމެފަ އެވެ. 

ވެރިކަމުގައި މިހާރު ހުންނެވި ރައީސް ޒިއޯމާރާ ކާސްތުރޯ ވަނީ އިންތިޚާބީ ބަޣާވާތެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން އިންތިޚާބަށް ނުރައްކާތެރި ހުރަސް ތަކެއް، އަދި ނުބައި އަސަރު ތަކެއް ކޮށްފައިވާ ކަމަށެވެ. 

އިންތިޚާބު ކާމިޔާބު ކުރެއްވި އަސްފޫރާ އަށް ޓްރަމްޕް ތާއީދު ކުރައްވާފައިވާއިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ އަސްފޫރާ އަށް އިންތިޚާބު ގެއްލިއްޖެ ނަމަ ބޮޑެތި ނުރައްކާ ތަކެއް ދިމާވާނެ ކަމަށެވެ. އަދި އޭނާ އަށް ކާމިޔާބު ނުވެއްޖެ ނަމަ، އެމެރިކާ އިން ހޮންޑޫރަސް އަށް ދެމުން އައި މާލީ އެހީތެރިކަން ހުއްޓާލައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މަސްދަރު: ބީބީސީ

ހޮންޑޫރަސްނަސްރީ އަސްފޫރާސަލްވާޑޯ ނަސްރަލާރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ހޮންޑިއުރަސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

23 ޑިސެމްބަރު 2025
ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

23 ޑިސެމްބަރު 2025
ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

23 ޑިސެމްބަރު 2025
އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

22 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު