Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނައިޖީރިއާ

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވީ ނައިޖީރިއާގެ އިސްލާމިކް ސްޓޭޓް ޖަމާއަތުން މަސީހީންނަށް އަމާޒުކޮށް ގަދަފަދަ ހަމަލާތައްދީ މީހުން މަރަމުންދާ ކަމަށް. ނަމަވެސް ހަމަނުޖެހުން މޮނިޓަރ ކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި ހަމަނުޖެހުންތަކުގައި މުސްލިމުންނަށް ވުރެ ގިނައިން މަސީހީން މަރުވާކަމުގެ ހެއްކެއް ނެތް.

ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2025 | ހުކުރު 02:39
ރައީސް ޑޮނަލްޑް ޓްރަމްޕް

ރައީސް ޑޮނަލްޑް ޓްރަމްޕް

ނައިޖީރިއާގެ ހުޅަނގު އުތުރުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައި.އެސް) ޖަމާޢަތަށް ނިސްބަތްވާ ފަރާތްތަކަށް އެމެރިކާ އިން "ގަދަފަދަ އަދި ނުރައްކާތެރި ހަމަލާތަކެއް" ދީފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ގައި މިހަމަލާ އާ ބެހޭ ގޮތުން ލިޔުއްވަމުން އެމެރިކާގެ އެންމެ އިސް ވެރިޔާ އިސްލާމިކް ސްޓޭޓް ޖަމާޢަތް ސިފަކުރައްވާފައި ވަނީ "ޓެރަރިސްޓް ކުނި" ބައެއްގެ ގޮތުގައެވެ. އަދި އެ ޖަމާޢަތުން ހާއްސަކޮށް، މަސީހީ ދީނުގެ އެއްވެސް ކުށެއްނެތް މީހުންނަށް އަމާޒުކޮށް، ވަރަށް ގަދަފަދަ ކަމާއެކު އެ މީހުން މަރަމުންދާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވާފައިވެ އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ ސިފައިން "ގިނަ އަދަދެއްގެ ގަދަފަދަ ހަމަލާތައް" ދީފައިވާ ކަމަށެވެ. މީގެ އިތުރުން ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވެފައިވަނީ "ނައިޖީރިއާ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުވެރިވާ،" ކަމަށެވެ. 

އެމެރިކާގެ އެފްރިކާ ކޮމާންޑުން ފަހުން ބުނީ، މި ހަމަލާތައް ދީފައިވަނީ ސޮކޮޓޯ ސްޓޭޓްގައި ނައިޖީރިއާ އާ ގުޅިގެން ކަމަށެވެ. އަދި މީގެ އިތުރުން ނައިޖީރިއާ ގެ ޚާރިޖީ ވަޒީރު ޔޫސުފް މައިތާމާ ތުއްގާރް ބީބީސީ އަށް ވިދާޅުވެފައިވަނީ، މިއީ "ގުޅިގެން ހިންގި އޮޕަރޭޝަނެއް" ކަމަށެވެ.

ނޮވެމްބަރު މަހު ޓްރަމްޕް ވަނީ ނައިޖީރިއާ ގައި ހަރަކާތްތެރިވާ އިސްލާމިސްޓް ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާ ސިފައިންނަށް އަމުރުކުރައްވާފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ "އަޅުގަނޑުގެ ވެރިކަމުގެ ދަށުން، ހައްދުފަހަނަޅާފައިވާ އިސްލާމިކް ޓެރަރިޒަމް ފުޅާވުމަކަށް ފުރުސަތެއް ނުދޭނަން،" ކަމަށެވެ.

ނޮވެމްބަރު މަހު އެމެރިކާގެ ވެރިޔާ ދެއްވި އިންޒާރުގައި އިޝާރާތް ކުރެއްވީ ކޮން ހާދިސާ އަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް، ނައިޖީރިއާގެ މަސީހީންނާ ދެކޮޅަށް ނަސްލީ ގަތުލުއާއްމެއް ހިންގަމުންދާ ކަމުގެ ވާހަކަތައް އެމެރިކާގެ ބައެއް ހަރުކަށި ފިކުރުގެ ފަރާތްތަކުން މި ދިޔަ ދުވަސްތަކުގައި ފަތުރަމުން ގޮސްފައިވެ އެވެ.

ހަމަ ނުޖެހުންތައް މޮނިޓަރ ކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި ނައިޖީރިއާ ގައި ހިނގާ ހަމަނުޖެހުންތަކުގައި މުސްލިމުންނަށް ވުރެ ގިނައިން މަސީހީން މަރުވާ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. 

ނައިޖީރިއާގެ ރައީސް ބޮލާ ޓިނޫބޫގެ މުޝީރެއް ކަމަށްވާ ޑެނިއަލް ބްވާލާ، ބީބީސީ އަށް ވިދާޅުވީ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް އެއްވެސް އަސްކަރީ ހަރަކާތެއް ކުރިއަށް ގެންދަންވާނީ ގުޅިގެން ކަމަށެވެ.

ބްވާލާ ވިދާޅުވީ އިސްލާމިސްޓް ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާގެ އެހީތެރިކަން ނައިޖީރިއާ އިން ބަލައިގަންނާނެ ކަމަށާއި، ނަމަވެސް އެ ޤައުމަކީ "މުސްތަގިއްލު" ޤައުމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އަދި ހަނގުރާމަވެރިންނަކީ ވަކި ދީނެއްގެ މީހުންނަށް އަމާޒުކުރާ ބައެއް ނޫން ކަމަށާއި، އެމީހުން ހުރިހާ ދީންތަކުގެ މީހުންނާއި، ދީން ގަބޫލު ނުކުރާ މީހުން ވެސް މަރާފައިވާ ކަމަށް ބްވާލާ ވިދާޅުވިއެވެ.

ރައީސް ޓިނޫބޫ ވެސް ވިދާޅުވެފައިވަނީ ޤައުމުގައި ދީނީ އެއްބައިވަންތަކަން އޮތް ކަމަށާއި، ސަލާމަތީ ގޮންޖެހުންތައް "ހުރިހާ ދީންތަކުގެ މީހުންނާއި، ހުރިހާ ސަރަހައްދުތަކެއްގެ" މީހުންނަށް ވެސް ކުރިމަތިވާ ކަމަށެވެ.

ޓްރަމްޕް ކުރިން އިއުލާން ކުރައްވާފައިވަނީ، ނައިޖީރިއާ ގައި ދިރިއުޅޭ މަސީހީންނަށް ކުރިމަތިވެފައިވާ "ފުރާނަޔަށް ނުރައްކާވާފަދަ" ހާލަތައް ބަލާފައި އެ ޤައުމަކީ "ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ޤައުމެއް" ކަމަށް އޭނާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެތައް ހާސް ބަޔަކު މަރާލެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއްވެސް ހެއްކެއް ދައްކަވާފަ އެއް ނުވެއެވެ.

ޓިނޫބޫ ވިދާޅުވީ އޭނާގެ ސަރުކާރުން އެމެރިކާ އާއި ބައިނަލްއަގްވާމީ މުޖުތަމަޢާ ގުޅިގެން ހުރިހާ ދީންތަކެއްގެ މީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ބޮކޯ ހަރާމް އާއި އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސް (އައި.އެސް.ޑަބްލިއު.އޭ.ޕީ) ފަދަ ޖިހާދީ ޖަމާޢަތްތަކުން ނައިޖީރިއާގެ ހުޅަނގު އުތުރުގައި އެތައް އަހަރެއް ވަންދެން ހަމަނުޖެހުން އުފައްދާ، އެތައް ހާސް ބަޔަކު މަރާލާފައިވެއެވެ. ނަމަވެސް، ދުނިޔޭގެ ސިޔާސީ ހަމަނުޖެހުންތައް ދިރާސާ ކުރާ ޖަމާޢަތެއް ކަމަށްވާ އެކްލެޑް އިން ބުނާ ގޮތުގައި، މި ޖަމައާތްތަކުން މެރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މުސްލިމުންނެވެ.

މީގެ އިތުރުން މެދުތެރޭ ނައިޖީރިއާ ގެ ސަރަހައްދު ގައި ޖަނާވާރު ގެންގުޅޭ މުސްލިމުންނާއި ދަނޑުވެރިކަން ކުރާ މަސީހީ ދީނުގެ މީހުންނާ ދެމެދު ވަސީލަތްތައް ބޭނުން ކުރުމުގައި ދެބަސްވުންތައް އުފެދި ހަމަނުޖެހުންތައް ހިންގައެވެ.

އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި ވެސް އެތައް ހާސް ބަޔަކު މަރާލެވިފައިވާއިރު، ދެ ފަރާތުން ވެސް ޖަރީމާތައް ހިންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި ވަކި ދީނެއްގެ ބަޔަކަށް އަމާޒު ކުރުމުގެ ގޮތުން މަސީހީންނަށް ނުރައްކާތައް އަމާޒުކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

ނައިޖީރިއާއިސްލާމިކް ސްޓޭޓްރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ނައިޖީރިއާބޯކޯ ހަރާމްބޮލާ ޓިނޫބޫ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ޓްރަމްޕް ތާއީދު ކުރެއްވި އަސްފޫރާ

25 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ޓްރަމްޕް ތާއީދު ކުރެއްވި އަސްފޫރާ
25 ޑިސެމްބަރު 2025

ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވުމުގެ ހާދިސާގައި ހަތް މީހަކު މަރުވެއްޖެ

25 ޑިސެމްބަރު 2025
ނައިޖީރިއާގެ މިސްކިތެއްގައި ބޮމެއް ގޮއްވުމުގެ ހާދިސާގައި ހަތް މީހަކު މަރުވެއްޖެ
23 ޑިސެމްބަރު 2025

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

23 ޑިސެމްބަރު 2025
އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި
23 ޑިސެމްބަރު 2025

ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

23 ޑިސެމްބަރު 2025
ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް
23 ޑިސެމްބަރު 2025

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

23 ޑިސެމްބަރު 2025
ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު