Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެންމެ މަތީ ފެންވަރުގައި އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް އެއްބަސްވެފައިވާ ކަމަށް. ޒެލެންސްކީ މިހެން ވިދާޅުވެފައިވާއިރު، އޭގެ ކުރިން ބުރާސްފަތި ދުވަހު އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، އަދި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާއާ ވެސް ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 07:14
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޒެލެންސްކީ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޒެލެންސްކީ

ދާދި އަވަަހަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރައްވަން ރާވާފައިވާ ކަމަށް، ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައި މި ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް އެމެެރިކާ އާއި، ބައިނަލްއަޤުވާމީ މުޖުތަމައުން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އަދި ސުލްޙައިގެ އެއްބސްވުމަކަށް އެމެރިކާ އިން ވަރަށް ބޮޑަށް ބާރު އަޅަމުން އަންނަ ވަގުތެއްގަ އެވެ. 

ވަރަށް އަވަހަށް ޓްރަމްޕްއާ ބައްދަލު ކުރައްވަން ރާވަފައިވާ ކަމަށް ވިދާޅުވެ، ޒެލެންސްކީ ވިދާޅުވީ އައު އަހަރު ފެށުމުގެ ކުރިން ވަރަށް ގިނަ ކަންކަން ނިންމޭނެ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު އެހެން ތަފްސީލެއް ޒެލެންސްކީ ދެއްވާފައި ނުވެ އެވެ. 

އިތުރަށް ޒެލެންސްކީ ވިދާޅުވެފައި ވަނީ ސަރަހައްދީ ކަންކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، ދެ ފަރާތުން ވެސް ޚިޔާލު ބަދަލުކޮށް، އަދި ވެރިންގެ ފެންވަރުގައި މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޒެލެންސްކީ ވިދާޅުވީ، ޔުކްރެއިން އިން މަސައްކަތް ކުރަމުން އަންނަނީ ސީދާ ޓްރަމްޕްއާ ބައްދަލު ކުރުމަށެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ޔުކްރެއިން ސަރުކާރުގެ އިސްވެރިންނާއި، އެމެރިކާގެ އިސް އޮފިޝަލުން ވަނީ ބައްދަލު ކޮށްފަ އެވެ. އެމެރިކާގައި ކުރިއަށް ދިޔަ މަޝްވަރާ ތަކުގައި ގިނަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާއިރު، އެ ބައްދަލުވުން ތަކުގެ އެންމެ ފުރިހަމަ މައުލޫމާތު ޒެލެންސްކީއާ ވަނީ ހިއްސާ ކުރައްވައިފަ އެވެ. 

އެ ބައްދަލުވުން ތަކަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެންމެ މަތީ ފެންވަރުގައި އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ. ޒެލެންސްކީ މިހެން ވިދާޅުވެފައިވާއިރު، އޭގެ ކުރިން ބުރާސްފަތި ދުވަހު އޭނާ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، އަދި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާއާ ވެސް ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފަ އެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ޒެލެންސްކީ ވަނީ ހަނގުރާމަ ނިންމުމަށް ބޭނުންވާ ސުލްޙައިގެ 20 ނުކުތާގެ ޕްލޭނެއް ހުށަހަޅައިފަ އެވެ. އެ ޕްލޭން ގައި ވަނީ، ރަޝިޔާ އިން ކުރިމަތި ވެދާނެ އިތުރު ހަމަލާ އަކުން ސަލާމަތް ވުމަށް ބޭނުންވާ ސަލާމަތީ ޔަގީންކަން ލިބޭނެ ގޮތް ބަޔާން ކޮށްފަ އެވެ. ނަމަވެސް، ޔުކްރެއިންގެ ބިމުން ދޫކޮށްލަން ޖެހޭނެ ކަމަށް ރަޝިޔާ އިން ބުނެފައިވާ ބައިތަކާ ގުޅޭ ގޮތުން އެ ހުށަހެޅުގައި ކަމެއް ހިމަނާފައި ނުވެ އެވެ. 

ހަނގުރާމަ ނިންމުމަށް ރަޝިޔާ އަބަދު ވެސް ކުރާ ޝަރުތު ތަކުގެ ތެރޭގައި ޔުކްރެއިންގެ ބިމުން ބައި ތަކެއް ދޫކޮށްލުން ހިމެނޭއިރު، ޔުކްރެއިން އިން އެކަމާ ދެކޮޅު ހަދަ އެވެ. އަދި ޔުކްރެއިން އަށް ތާއީދު ކުރާ ޔޫރަޕުގެ ޤައުމު ތަކުން ވެސް އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

މަސްދަރު: ރޮއިޓާސް

ރައީސް ޑޮނަލްޑް ޓްރަމްޕްވޮލޮޑިމިރް ޒެލެންސްކީރަޝިޔާ-ޔޫކްރެއިންސުލްހައިގެ ޕްލޭންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

26 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ޓްރަމްޕް ތާއީދު ކުރެއްވި އަސްފޫރާ

ހޮންޑޫރަސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ޓްރަމްޕް ތާއީދު ކުރެއްވި އަސްފޫރާ

25 ޑިސެމްބަރު 2025
ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ

ސުލްޙައިގެ އެއްބަސްވުމަށް ފަހު އިންތިޚާބު ބާއްވާނަން: ޒެލެންސްކީ

24 ޑިސެމްބަރު 2025
އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

އިރުމަތީ ޕެސިފިކް ކަނޑުގައި އެމެރިކާ އިން ދިން ހަމަލާގައި މީހަކު މަރާލައިފި

23 ޑިސެމްބަރު 2025
ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

ބުއްދިވެރި ގޮތަކީ މަދޫރޯ ވެރިކަމުން ދުރުވުން: ޓަރްމްޕް

23 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު