Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެން ކަމަށް. އެ މަޝްވަރާ ތަކުގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި، ދާއިމީ ގޮތެއްގައި ހަނގުރާމަ އަށް ޙައްލެއް ހޯދުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޑިސެމްބަރު 2025 | އަންގާރަ 04:32
އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރައްވައިފި އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެން ކަމަށެވެ. އެ މަޝްވަރާ ތަކުގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި، ދާއިމީ ގޮތެއްގައި ހަނގުރާމަ އަށް ޙައްލެއް ހޯދުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. 

މީގެ އިތުރުން ޑައުނިން ސްޓްރީޓް އިން ބުނެފައި ވަނީ ސްޓާމާ އާއި ޓްރަމްޕް މަޝްވަރާ ކުރައްވާފައި ވަނީ، އެމެރިކާާގެ ފްލޮރިޑާގައި އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު އެވެ. ހަމަ އެހެންމެ ސްޓާމާ އާއި ޓްރަމްޕް ވަނީ، ޔުކްރެއިން އަށް އެހީތެރިވުމަށް ޤައުމު ތަކުން އުފައްދާފައިވާ ކޯލިޝަން އޮފް ދަ ވިލިންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފަ އެވެ. 

ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނައިރު، އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވަނީ ރަޝިޔާ އަދި ޔުކްރެެއިންގެ އޮފިޝަލުންނާ ވެސް ބައްދަލު ކޮށްފަ އެވެ. އެގޮތުން އެންމެ ފަހުގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ފްލޮރިޑާގަ އެވެ. މިއީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު އެއްބަސްވުމެއް ޤާއިމުކޮށް، ދެ ޤައުމު އެއްބަސްވުމަކަށް ގެނައުމަށް އެމެެރިކާ އިން ކުރަމުން އަންނަ ސިލްސިލާ މަސައްކަތުގެ ބައެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

މީގެ އިތުރުން އެމެރިކާގެ އޮފިޝަލުން ވަނީ މިއާމީގައި ޔުކްރެއިންގެ އޮފިޝަލުންނާ އެކު ވެސް ބައްދަލު ކޮށްފަ އެވެ. 2022 ވަނަ އަހަރު ރަޝިޔާ އިން ފެށި ހަނގުރާމަ އަށް ހަތަރު އަހަރުވާން ކައިރިވެފައިވާއިރު، ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި އުންމީދު އައުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. 

ޑައުނިން ސްޓްރީޓް އިން ބުނެފައިވާ ގޮތުގައި އެ ފޯނު ކޯލުގައި ސްޓާމާ އާއި ޓްރަމްޕް ވަނީ ބައެއް އެހެން ދާއިރާ ތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން އިނގިރޭސިވިލާތުން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕީޓާ މެޑެލްސަންގެ ބަދަލުގައި، އެ މަޤާމަށް ކްރިސްޓިއަން ޓާނާ އައްޔަން ކުރެއްވުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އވެ. މެޑެލްސަން ސަފީރު ކަމުން ވަކި ކޮށްފައި ވަނީ، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓައިން އަށް އެއްބާރުލުން ދިނުމުގެ ގޮތުން އީމެއިލް ފޮނުވާފައިވާކަން އެނގުމުންނެވެ. 

މަސްދަރު: ރޮއިޓާސް

ކިއަ ސްޓާމާރައީސް ޑޮނަލްޑް ޓްރަމްޕްރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔޫކޭ-ޔޫއެސް

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި

22 ޑިސެމްބަރު 2025
އެމެރިކާ އިން ވެނެޒުއެލާގެ ތިން ވަނަ ތެޔޮ ޓޭންކަރެއް ވެސް ހިފައިިފި
22 ޑިސެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް

22 ޑިސެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް
21 ޑިސެމްބަރު 2025

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި
21 ޑިސެމްބަރު 2025

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި
20 ޑިސެމްބަރު 2025

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

20 ޑިސެމްބަރު 2025
އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު