Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ޚާއްސަ މަންދޫބު ކިރިލް ޑޮމްޓްރިއެވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާ އާއެކު ބޭއްވި މަޝްވަރާތަކަކީ ވަރަށް ބިނާ ކުރުވަނިވި މަޝްވަރާ ތަކެއް ކަމަށް. އަދި އެކަމާ ގުޅޭ އިތުރު މަޝްވަރާ ތަކެއް އާދީއްތަ ދުވަހު ކުރިއަށް ދާނެ ކަމަށް ވެސް ހާމަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 07:03
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ޚާއްސަ މަންދޫބު ކިރިލް ޑޮމްޓްރިއެވް އަދި ޓްރަމްޕްގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރާޑް ކުޝްނާ

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ޚާއްސަ މަންދޫބު ކިރިލް ޑޮމްޓްރިއެވް އަދި ޓްރަމްޕްގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރާޑް ކުޝްނާ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަޝްވަރާ ތަކުގެ ތެރެއިން، އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ބައްދަލު ކޮށްފި އެވެ. 

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ހޮނިހިރު ދުވަހު ބައްދަލު ކޮށްފައި ވަނީ، އެމެރިކާގެ ފްލޮރިޑާގަ އެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ހަނގުރާމަ ނިންމުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ޤައުމުގެ ވެރިންނަށް ވެސް ބާރު އަޅުއްވަމުން އަންނަ ވަގުތެއްގަ އެވެ. 

މި ބައްދަލުވުން ބާއްވާފައިވާއިރު، ހުކުރު ދުވަހު ޔުކްރެއިން އާއި ޔޫރަޕުގެ އޮފިޝަލުންނާ އެކު އެމެރިކާގެ އޮފިޝަލުން ވަނީ ހުކުރު ދުވަހު މިއާމީގައި ބަައްދަލު ކޮށްފަ އެވެ. މިއީ ތިން އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ މި ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ޚާއްސަ މަންދޫބު ކިރިލް ޑޮމްޓްރިއެވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާ އާއެކު ބޭއްވި މަޝްވަރާތަކަކީ ވަރަށް ބިނާ ކުރުވަނިވި މަޝްވަރާ ތަކެއް ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މަޝްވަރާ ތަކެއް އާދީއްތަ ދުވަހު ކުރިއަށް ދާނެ ކަމަށް ވެސް ހާމަ ކުރެއްވި އެވެ. 

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ، މަޝްވަރާ ތަކުގައި އޭނާ ވެސް ބައިވެރިވެ ވަޑައިގެންފާނެ ކަމަށް ވިދާޅުވެފަ އެވެ. އާދީއްތަ ދުވަހު ބާއްވަން ތާވަލް ކޮށްފައިވާ މަޝްވަރާ ތަކުގައި ވެސް މައިގަނޑު ގޮތެއްގައި ދައްކާނީ ހަނގުރާމަ ނިންމުން އަވަސް ކުރުމުގެ ވާހަކަ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

އެމެރިކާ، ޔުކްރެއިން އަދި ޔޫރަޕުގެ އޮފިޝަލުންނާ ހަވާލާދީ މިދިޔަ ހަފުތާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހަނގުރާމަ ނިންމުމުގެ މަޝްވަރާ ތަކުގެ ބައެއްގެ ގޮތުން ޔުކްރެއިން އަށް ބޭނުންވާ ސަލާމަތީ ޔަގީންކަން ދިނުމުގައި ކުރިއެރުން ތަކެއް ވަނީ ހޯދިފަ އެވެ. ނަމަވެސް، ރަޝިޔާ އިން އެކަން ޤަބޫލު ކުރާނެކަން ޔަގީން ކުރެވިފައި ނުވެ އެވެ. ރޮއިޓާސް ގައި ބުނެފައި ވަނީ، ޑިމިޓްރިއެވް އާއި، ޔުކްރެއިންގެ ފަރާތުން މަޝްވަރާ ތަކުގައި ބައިވެރިވާ އޮފިޝަލުން ބައްދަލު ނުކުރަން ވަނީ ނިންމައިފަ އެވެ. 

މީގެ އިތުރުން ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ، އެމެރިކާ އާއި ޔުކްރެއިން އަދި ރަޝިޔާ ހިމެނޭހެން، ތިން ފަރާތުގެ މަޝްވަރާ ތަކެއް ބޭއްވުމަށް އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުން ޤަބޫލު ކުރާނީ، އެކަމުން ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ފަސޭހަވެ އަދި ޤައުމުގެ ލީޑަރުންގެ ބައްދަލުވުން ތަކަށް މަގު ފަހިވާ ނަމަ އެވެ. އެމެރިކާ އިން ހުށަހަޅާފައި ވަނީ ތިން ޤައުމުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ބައްދަލު ކުރުމަށެވެ. 

އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓެއްގައި ބުނެފައި ވަނީ، ރަޝިޔާގެ ރައީސް ޕުޓިންގެ ނިޔަތަކީ ޔުކްރެއިންގެ ހުރިހާ ސަރަހައްދެއް ހިފުން ކަމަށާއި، އެކަމުގެ އިންޒާރު ވެސް ޕުޓިން ދެއްވާ ކަމަށެވެ. މިކަން ހާމަ ކޮށްފައި ވަނީ އިންޓެލިޖެންސްއާ ގުޅުން ހުރި ބައެއް މަސްދަރުތަކާ ހަވާލާދީ އެވެ. އެހެންކަމުން މިއީ، ރަޝިޔާ އިން އޮތީ މަޝްވަރާ އާއި، ސުލްޙަ އަށް ތައްޔާރަށް ކަމަށް އެމެރިކާ އިން ބުނަމުން އަންނަ ބުނުމާ ފުށުއަރާ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ރަޝިޔާގެ ވެރި ރަށް މޮސްކޯގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވެފައި ވަނީ، ހަނގުރާމަ ނިންމުމަށް 2024 ވަނަ އަހަރު ރަޝިޔާ އިން ކަނޑައަޅާފައިވާ ޝަރުތުތައް އެއްވެސް ވަރަަކަށް ބަދަލު ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ނޭޓޯގައި ބައިވެެރިވުމަށް ޔުކްރެއިން އިން ކުރަމުން އަންނަ އުންމީދު ދޫކޮށްލައި، ރަޝިޔާ ދިން ދައުވާ ކުރަމުން އަންނަ ޔުކްރެއިންގެ ހަތަރު ސަރަހައްދު ފުރިހަމަ އަށް ދޫކޮށްލަން ވާނެ ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ. 

ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަށް ލަފާ ދެއްވާ ރުސްޓެމް އުމެރޮވް ވިދާޅުވެފައި ވަނީ، އެމެރިކާގެ ބައިވެރިންނާ އެކު ކުރިއަށް އޮތް ތަނުގައި މަޝްވަރާތައް ކުރިއަށް ގެންގޮސް، ގުޅިގެން މަސައްކަތް ކުރުމަށް ޔުކްރެއިން އިން އެއްބަސްވެފައި ވާނެ ކަމަށެވެ. އަދި މަޝްވަރާ ތަކުގެ އެންމެ ފަހުގެ މައުލޫމާތު ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ވެސް ހިއްސާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވެފައި ވަނީ، ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަޝްވަރާ ތަކުގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އަދި ވެސް ކުރަން ޖެހޭ ކަންކަން ހުރި ކަމަށާއި، ކުރިއަށް އޮތީ ދިގު ދަތުރެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔުކްރެއިންރައީސް ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންވޮލޮޑިމިރް ޒެލެންސްކީއެމެރިކާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025
އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

އީރާނަށް އަލުން ހަމަލާ ދިނުމާ ބެހޭ ގޮތުން ނަތަންޔާހޫ ޓްރަމްޕް އަށް މައުލޫމާތު ދޭން ޕްލޭން ކުރަނީ: ރިޕޯޓު

20 ޑިސެމްބަރު 2025
އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

އެޕްސްޓީން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ޓްރަމްޕް އަށް ތައާރުފް ކޮށްދީފައި

20 ޑިސެމްބަރު 2025
މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ހަތް މީހަކަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި

މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިމެނޭހެން ހަތް މީހަކަށް އެމެރިކާ އިން އަނެއްކާ ވެސް ފިޔަވަޅު އަޅައިފި

20 ޑިސެމްބަރު 2025
ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

ފިޔަވަޅުތައް އުވާލުމުން، ސީރިއާގެ ޝުކުރު އެމެރިކާ އަށް

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު