Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޒެލެންސްކީގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި، ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް އަދި ނޭޓޯގެ ލީޑަރުންނާ މެދު ދިގު ދެމިގެން ދިޔަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް. އަދި އެ މަޝްވަރާ ތަކަކީ ވަރަށް ރަނގަޅު މަޝްވަރާ ތަކެއް ކަމަށް ވެސް ޓްރަމްޕް ވަނީ ސިފަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 07:03
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ވާސިލުވުން ވަރަށް ބޮޑަށް ކައިރިވެފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާގެ އިސް އޮފިޝަލުންނާއި، ޔޫރަޕުގެ ލީޑަރުން ބައްދަލު ކުރައްވާފައި ވަނިކޮށެވެ. 

ޖަރުމަނުގެ ވެރި ރަށް ބާލިންގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، އެ ބައްދަލުވުމުގައި ވަނީ ހަނގުރާމަ ނިންމުމަށް ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައެއް ހުށަހެޅުން ތަަކަށް ވާހަކަ ދައްކަވާފައިވާއިރު، އެކަމާ ގުޅިގެން ރަޝިޔާ އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނެތެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޒެލެންސްކީގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި، ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް އަދި ނޭޓޯގެ ލީޑަރުންނާ މެދު ދިގު ދެމިގެން ދިޔަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާ ތަކަކީ ވަރަށް ރަނގަޅު މަޝްވަރާ ތަކެއް ކަމަށް ވެސް ޓްރަމްޕް ވަނީ ސިފަ ކުރައްވައިފަ އެވެ. 

އެ މަޝްވަރާ ތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ ޓްރަމްޕްގެ މަންދޫބުންނާ އެކު ބޭއްވެވި މަޝްވަރާތައް ފަސޭހަ ނޫން ކަމަށެވެ. ނަމަވެސް، އެ މަޝްވަރާ ތަކުގައި ޔުކްރެއިންގެ ސަލާމަތަށް ބޭނުންވާ ޔަގީންކަން ހޯދުމުގައި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ޒެލެންސްކީ ފާހަގަ ކުރެއްވި އެވެ. އެމެރިކާފެ ފަރާތުން ބޭނުންވާ ސަލާމަތީ ޔަގީންކަން ފާހަގަ ކުރައްވާފައި ވީ ނަމަވެސް، ރަޝިޔާ އިން ހުށަހަޅާފައިވާ ޔުކްރެއިންގެ ބިމުން ބައެއް ދޫކޮށްލުމުގެ މައްސަލައިގައި އަދި ވެސް ޚިޔާލު ތަފާތުވުންތައް އެބަ އޮތެވެ. 

މީގެ އިތުރުން ޖަރުމަނުގެ ޗާންސެލަރު މާޒް ވިދާޅުވެފައި ވަނީ، އެ މަޝްވަރާ ތަކުން ހަގީގީ ސުލްޙަ ހޯދުމުގެ މަގަކަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި އެމެރިކާ އިން ސަލާމަތީ ޔަގީންކަން ދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ތައުރީފު ކުރައްވާ ކަމަށް ވެސް މާޒް ވަނީ ވިދާޅުވެފަ އެވެ. 

ޔޫރަޕުގެ ލީޑަރުން އެކުވެގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައި، ސުލްޙައިގެ ދުވަސްވަރު ޔުކްރެއިންގެ ސިފައިންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ދިނުމަަށް 800،000 (އައް ލައްކަ) ސިފައިން ބައި ތިއްބަން ޖެހޭނެ ކަމަށެވެ. އަދި އެމެރިކާ ސަރުކާރުގެ އިސް ނެގުމުގެ ދަށުން ހަނގުރާމަ ހުއްޓުމުގެ ޙާލަތު ބަލަން ޖެހޭނެ ކަމަށާއި، އެކަންކަން ތަހުގީގު ކުރެވޭނެ ނިޒާމެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ޔުކްރެއިން އިން އެއްބަސްވުން ޤަބޫލު ކުރަން ޖެހޭނެ ކަމަށާއި، އެއީ ނޭޓޯގެ ފަސް ވަނަ މާއްދާއާ އެއްގޮތަށް، ސަލާމަތީ ޔަގީންކަން ދޭނެ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް، އެއީ ދާއިމީ ގޮތެއްގައި ދެމި އޮންނާނެ ޔަގީން ކަމެއް ނޫން ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ރަޝިޔާ އާާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ ޓްރަމްޕްގެ ވަރަށް ބޮޑު ވައުދެކެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ޓްރަމްޕް ވައުދުވެ ވަޑައިގެންފައި ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށެވެ. މި ހަނގުރާމަ އަށް ތިން އަހަރު ވެގެންދާއިރު، ހަނގުރާމަ ހުއްޓާލުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ކާމިޔާބުވެފައި ނުވެ އެވެ.

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔުކްރެއިންރައީސް ޑޮނަލްޑް ޓްރަމްޕްވޮލޮޑިމިރް ޒެލެންސްކީސުލްޙައިގެ އެއްބަސްވުންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފެށިއްޖެ

ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފެށިއްޖެ

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު