Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

ޒެލެންސްކީ ވިދާޅުވެފައި ވަނީ، އަންނަ އަހަރަކީ ހަނގުރާމައިގެ އައު އަހަރަކަށް ހެދުމަށް ރަޝިޔާ އިން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތާއި، އެކަމަށް ތައްޔާރު ވަމުން އަންނަ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 08:57
ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިޔާގެ ރައީސް  ވްލަޑިމިއަރ ޕުޓިން ބޭނުންފުޅު ވަނީ ކުރިއަށް އޮތް 2026 ވަނަ އަހަރު ވެސް، ޔުކްރެއިންއާ ދެކޮޅަށް އައު ހަނގުރާމައެއް ކުރަން ކަމަށް، ޔުކްރެއިންގެ ރައީސް  ވުލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު ޒެލެންސްކީ މިހެން ވިދާޅުވެފައި ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން ދައްކަވާފައިވާ ވާހަކައާ ގުޅިގެންނެވެ. އެގޮތުން ޕުޓިން ވިދާޅުވެފައި ވަނީ، ރަޝިޔާ އިން ހަނގުރާމައިގެ މަޤުސަދުތައް ކަށަވަރުކޮށް ޙާސިލު ކުރާނެ ކަމަށެވެ. ޕުޓިން މިހެން ވިދާޅުވެފައިވާއިރު، މިއީ ހަނގުރާމަ ނިންމުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ވަގުތެކެވެ. 

ޒެލެންސްކީ ވިދާޅުވެފައި ވަނީ، އަންނަ އަހަރަކީ ހަނގުރާމައިގެ އައު އަހަރަކަށް ހެދުމަށް ރަޝިޔާ އިން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތާއި، އެކަމަށް ތައްޔާރު ވަމުން އަންނަ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. 

ޔުކްރެއިންގެ ބިމުން ބައި ތަކެއް ހޯދުން ހިމެނޭ ގޮތުން، ޔުކްރެއިންއާ ދެކޮޅަށް ރަޝިޔާ އިން ކުރަމުން އަންނަ ހަނގުރާމައިގެ މަޤުސަދުތައް ޙާސިލު ކުރައްވާނެ ކަމަށް ޕުޓިން ވިދާޅުވެފައިވެ އެވެ. މީގެ ކުރިން ވެސް ރަޝިޔާ އިން ބުނެފައި ވަނީ، ޔުކްރެއިން އިން އެ ޤައުމުގެ ބިމުން ބަައި ތަކެއް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެކަމަކީ ޔުކްރެއިން އިން ފާޅުގައި ދެކޮޅު ހަދަމުން އަންނަ ކަމެކެވެ. 

ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލިންނާ ބައްދަލު ކުރައްވައި ޕުޓިން ވިދާޅުވީ، ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ އިން ރަޝިޔާ ބޭނުންވާ ކަންކަން ޙާސިލުވާން ޖެހޭނެ ކަމަށެވެ. އަދި އެއީ ރަޝިޔާ އިން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއް ކަމަށާއި، ރަޝިޔާގެ މަޤުސަދު އަބަދު ވެސް ސާފުވާ ކަމަށް ޕުޓިން ވިދާޅުވެފައިވާ ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ޕުޓިން ވިދާޅުވެފައި ވަނީ ޑިޕްލޮމެޓިކް ގޮތުން ކަންކަން ޙައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ނަމަވެސް، ޔުކްރެއިން އިން މާނަ ހުރި މަޝްވަރާ ތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދައިފި ނަމަ، ރަޝިޔާ އިން ދައުވާ ކޮށްފައިވާ ޔުކްރެއިންގެ ބިންތައް "ފޫ އަޅުވާލައިގެން" ނަމަވެސް ހޯއްދަވާނެ ކަމަށް ޕުޓިން ވިދާޅުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ޕުޓިން މި ފަދަ ވާހަކަ ތަކެއް ދައްކަވާފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބުން ވަނީ، ޖަރުމަނުގެ ވެރި ރަށް ބާލިންގައި ޒެލެންސްކީ އަދި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ޔުކްރެއިން އިން ބުނެފައި ވަނީ، އެ ޤައުމަށް ލިބޭ ސަލާމަތާއި ރައްކާތެރި ކަމުގެ މައްސަލައިގައި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށެވެ.  

ނަމަވެސް، ޒެލެންސްކީ ވިދާޅުވެފައި ވަނީ ޔުކްރެއިންގެ ބިމުން ބައި ތަކެއް ރަޝިޔާ އަށް ދޫކުރަން ބުނާ މައްސަލައިގައި އަދިވެސް ޚިޔާލު ތަފާތުވުން ތަކެއް ހުރި ކަމަށެވެ. އެމެރިކާގެ ފުރަތަމަ ހުށަހެޅުމުގައި ބުނެފައި ވަނީ، ޔުކްރެއިންގެ އިރުމަތީގެ ޑޮނެސްކް ސަރަހައްދު ދޫކޮށްލުމާއި، ޑޮނެސްކް، ކްރައިމިއާ އަދި ލުޚާންސް ސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑަ އެޅުމަށް އެމެރިކާ އިން އެދޭ ކަމަށެވެ. ނަމަވެސް، ޔުކްރެއިން އާއި އެ ޤައުމުގެ ބައިވެރިން ވަނީ އެ ހުށަހެޅުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. 

މީގެ އިތުރުން ޔުކްރެއިން އާއި ޔޫރަޕުގެ ޤައުމު ތަކުން ބުނެފައި ވަނީ އެމެރިކާގެ އެ ހުށަހެޅުމަކީ ރަޝިޔާ އަށް ވަރަށް ބޮޑަށް ފައިދާވާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށާއި، އެ ހުށަހެޅުން އިސްލާޙު ކުރަން ޖެހޭ ކަމަށެވެ. އޭގެ ފަހުން ޔޫރަޕުގެ ލީޑަރުންނާއި، އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވަނީ އެކި ފަހަރު މަތިން ބައްދަލު ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

ވްލަޑިމިއަރ ޕުޓިންވޮލޮޑިމިރް ޒެލެންސްކީރަޝިޔާ-ޔުކްރެއިންރައީސް ޑޮނަލްޑް ޓްރަމްޕްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި

18 ޑިސެމްބަރު 2025
ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

18 ޑިސެމްބަރު 2025
ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

18 ޑިސެމްބަރު 2025
ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު