Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް

ޕެސްކޮވް މިހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން މެކްރޮން ވިދާޅުވެފައި ވަނީ ހަނގުރާމަ ނިންމުމަށް ޔޫރަޕުން ޕުޓިން އާއެކު އަލުން ވާހަކަ ދައްކަން ފަށަން ޖެހޭ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމަށް. މެކްރޮން ވިދާޅުވީ ޔޫރަޕާއި، ޔުކްރެއިންގެ ފައިދާއަށް ޓަކައި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މަޝްވަރާތައް އަލުން ފެށުމަށް އެކަށޭނެ ޕްރޭމް ވޯކެއް ހޯދަން ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 04:07
ފްރާންސްގެ ރައީސް މެކްރޮން އަދި ރަޝިޔާގެ ރައީސް ޕުޓިން

ފްރާންސްގެ ރައީސް މެކްރޮން އަދި ރަޝިޔާގެ ރައީސް ޕުޓިން

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލު ކުރައްވަން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ހުންނެވީ ތައްޔާރަށް ކަމަށް ހާމަ ކޮށްފި އެވެ.

އެކަން ހާމަ ކޮށްފައި ވަނީ ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިންނެވެ. ރަޝިޔާގެ ރައީސް ޕުޓިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް އާދީއްތަ ދުވަހު ވިދާލުވީ ޕުޓިން ހުންނެވީ މެކްރޮންއާ ބައްދަލު ކުރައްވަން ތައްޔާރަށް ކަމަށެވެ. 

ރަޝިޔާގެ ސަރުކާރުގެ ނޫސް އެޖެންސީ އާރުއައިއޭ އަށް ދެއްވި އިންޓަވިޔުގައި ޕެސްކޮވް ވިދާޅުވީ، ސިޔާސީ ގޮތުން ދެ ފަރާތުން ވެސް އެކަން ބޭނުންވާ ނަމަ، ވަރަށް ރަނގަޅަށް އެކަން ބަލަން ޖެހޭ ކަމަށެވެ. 

ޕެސްކޮވް މިހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން މެކްރޮން ވިދާޅުވެފައި ވަނީ ހަނގުރާމަ ނިންމުމަށް ޔޫރަޕުން ޕުޓިން އާއެކު އަލުން ވާހަކަ ދައްކަން ފަށަން ޖެހޭ ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ. މެކްރޮން ވިދާޅުވީ ޔޫރަޕާއި، ޔުކްރެއިންގެ ފައިދާއަށް ޓަކައި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މަޝްވަރާތައް އަލުން ފެށުމަށް އެކަށޭނެ ޕްރޭމް ވޯކެއް ހޯދަން ޖެހޭ ކަމަށެވެ. 

ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން ހުކުރު ދުވަހު އެއްބަސްވެފައި ވަނީ ހަނގުރާމައިގެ ހަތަރު އަހަރު ހަމަވާން ކައިރިވެފައިވާއިރު، ޔުކްރެއިން އަށް 90 ބިލިއަން ޔޫރޯ (105 ބިލިއަން އެމެރިކާ ޑޮލަރު)ގެ ލޯނެއް ދިނުމަށެވެ. މި ފައިސާ އަކީ ޔުކްރެއިންގެ ބަޖެޓަށް ކުރިމަތި ވެފައިވާ ބޮޑެތި ދަތިތައް ޙައްލު ކުރުމަށް ދޭ ފައިސާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ނަމަވެސް، އެ ފައިސާ ހޯދުމުގެ ގޮތުން މިހާރު ފްރީޒް ކޮށްފައިވާ ރަޝިޔާގެ އެސެޓުތައް ބޭނުން ކުރުމާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުންނަށް އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ. މިއީ ޔުކްރެއިން އަށް އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ޔޫރަޕުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުން ތަކުގެ ތެރެއިން ކަމެކެވެ. 

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހަނގުރާމަ ހިނގަމުން އަންނަ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެ، ހަތަރު އަހަރުވާން ކައިރިވެފައިވާއިރު، މި ހަނގުރަމަ ނިންމުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ސީދާ ގޮތުން މަޝްވަރާތައް ކުރިއަށް ނުގެންދެވުނު ނަމަވެސް، ޔޫރަޕުގެ ބައެއް ލީޑަރުން ވަނީ ސުލްޙަ އަށް މަގު ފަހި ކުރުމަށް މަސައްކަތް ކުރަން ފައްޓަވައިފަ އެވެ.

މި ހަނގުރާމައިގައި ޔުކްރެއިން އަށް އެންމެ ބޮޑު އެހީތެރި ކަމެއް ދެމުން އަންނަ އެއް ޤައުމަކީ ފްރާންސް އެވެ. މީގެ ކުރިން ފްރާންސްގެ ރައީސް މެކްރޮން ވަނީ ރަޝިޔާގެ ރައީސް ޕުޓިން އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ހަނގުރާމަ ނިންމުމަށް ރަޝިޔާ އާއި ޕުޓިން ބޭނުންފުޅުވާ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް މެކްރޮން ވިދާޅުވެފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ވްލަޑިމިއަރ ޕުޓިންއެމެނުއެލް މެކްރޯންރަޝިޔާ-ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

19 ޑިސެމްބަރު 2025
ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު