Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

ކާރު ބޮމެއް ގޮއްވާލައިގެން ރަޝިޔާ ގެ އިސް ޖެނެރަލަކު މަރާލައިފި، ޔޫކްރެއިން އާ ގުޅުމެއް އޮތްތޯ ތަހުގީގު ކުރަނީ

ޔޫކްރެއިން ހަނގުރާމަ ނިންމުމަށް މިއާމީގައި ބޭއްވި މަޝްވަރާތަކަށް ފަހު މޮސްކޯގެ ދެކުނުގައި ރަޝިޔާގެ ޖެނެރަލް ސްޓާފްގެ ތަމްރީނު ބައިގެ ވެރިޔާ 56 އަހަރުގެ ލެފްޓިނަންޓް ޖެނެރަލް ފާނިލް ސަރްވަރޯވް ކާރު ބޮމަކުން މަރާލައިފި. ރަޝިޔާގެ ތަހުގީގުކުރާ ފަރާތްތަކުން ބުނީ މި ހަމަލާއާ ޔޫކްރެއިންގެ ޚާއްސަ ފައުޖުތަކާ ގުޅުންހުރިތޯ ބަލަމުންދާ ކަމަށް.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 11:55
ރަޝިޔާގެ ޖެނެރަލް ސްޓާފްގެ ސިފައިންގެ އޮޕަރޭޝަނަލް ޓްރެއިނިން ޑިރެކްޓަރޭޓްގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ފަނިލް ސާވަރޯވް، ޑިސެމްބަރު 22، 2025 ގައި މޮސްކޯގައި ކާރު ބޮމެއް ގޮއްވާލައިގެން މަރާލި ސަރަހައްދު ގައި ތަހުގީގު ކުރާ މީހަކު ހަރަކާތްތެރި ވަނީ.

ރަޝިޔާގެ ޖެނެރަލް ސްޓާފްގެ ސިފައިންގެ އޮޕަރޭޝަނަލް ޓްރެއިނިން ޑިރެކްޓަރޭޓްގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ފަނިލް ސާވަރޯވް، ޑިސެމްބަރު 22، 2025 ގައި މޮސްކޯގައި ކާރު ބޮމެއް ގޮއްވާލައިގެން މަރާލި ސަރަހައްދު ގައި ތަހުގީގު ކުރާ މީހަކު ހަރަކާތްތެރި ވަނީ.

ހޯމަ ދުވަހުގެ ހެނދުނު މޮސްކޯގެ ދެކުނުގައި ކާރު ބޮމެއް ގޮއްވާލައިގެން ރަޝިޔާގެ އިސް ޖެނެރަލެއް މަރާލައިފި އެވެ.

މި ހާދިސާ ހިނގާފައި މިވަނީ  ޔޫކްރެއިން ހަނގުރާމަ ނިންމުމަށް ރަޝިޔާ އާއި ޔޫކްރެއިންގެ ވަފުދުތަކުން މިއާމީ ގައި ބައްދަލުކޮށް މަޝްވަރާކުރިތާ ގަޑިއިރުކޮޅެއް ގެ ތެރޭގަ އެވެ.

މި ހާދިސާ އާ ބެހޭގޮތުން ޔޫކްރެއިން އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ރަޝިޔާގެ ތަހުގީގުކުރާ ފަރާތްތަކުން ބުނީ މި ހާދިސާ އާ ޔޫކްރެއިންގެ ޚާއްސަ ފައުޖުތަކާ ގުޅުންހުރިތޯ ބަލަމުންދާ ކަމަށެވެ.

މި ހަމަލާ ދީފައިވަނީ، ޔޫކްރެއިން އިން ހިންގި ކަމަށް އެނގިފައިވާ، ނުވަތަ ޔޫކްރެއިން އިން ހިންގި ކަމަށް ބޮޑަށް ގަބޫލުކުރެވޭ، ޖެނެރަލުންނާއި ހަނގުރާމަ އަށް ތާއީދުކުރާ ފަރާތްތައް މަރާލަން ދިން އެހެނިހެން ހަމަލާތަކާ އެއްގޮތަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަޝިޔާގެ ޖެނެރަލް ސްޓާފްގެ ތަމްރީނު ބައިގެ ވެރިޔާ، 56 އަހަރުގެ ލެފްޓިނަންޓް ޖެނެރަލް ފާނިލް ސަރްވަރޯވް މަރުވެފައި ވަނީ، އޭނާގެ ކާރު ޕާކްކޮށްފައި އޮއްވާ، ކާރުގެ ދަށުގައި ހަރުކޮށްފައިވާ ބޮމެއް ގޮވުމުންނެވެ.

ހާދިސާ ހިނގި ސަރަހައްދުން އެއެފްޕީގެ ރިޕޯޓަރުންނަށް ފެނިފައި ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ހުދު ކުލައިގެ އެސްޔޫވީއެކެވެ. އެ ކާރުގެ ދޮރުތަކާއި ފަހަތު ބިއްލޫރިގަނޑު ވަނީ ވިއްސައިގެން ގޮސްފަ އެވެ. ކާރު އޮތީ ވަރަށް ބޮޑަށް އަނދާފަ އެވެ.

ހާދިސާ ހިނގި ސަރަހައްދު ގެ މީހުން ބުނެފައިވަނީ ބާރުގަދަ އަޑެއް އިވުނު ކަމަށެވެ.

ބޮޑެތި ކުށްތައް ތަހުގީގުކުރާ ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނީ، މި މަރުގެ މައްސަލަ  ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން، މި ޖަރީމާ ޔޫކްރެއިންގެ ޚާއްސަ ފައުޖުތަކުން ރޭވީ ކަމަށް ވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ސަރްވަރޯވްގެ ރަސްމީ ބަޔޮގްރަފީ ގައި، ރަޝިޔާގެ ދިފާއީ ވުޒާރާގެ ވެބްސައިޓުގައިވާ ގޮތުން، އޭނާ ވަނީ 1990ގެ އަހަރުތަކުގައި ޗެޗްނިޔާ ހިމެނޭ ގޮތަށް، އުތުރު ކޯކަކަސަސް ގައި ހިންގި ރަޝިޔާ ސިފައިންގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

އަދި 2015-2016 ވަނަ އަހަރު ސީރިޔާ ގައި ހަރަކާތްތެރިވި ރަޝިޔާ ސިފައިންނަށް ވެސް އޭނާ ވަނީ ކޮމާންޑްކޮށްފައެވެ.

ރަޝިޔާ-ޔޫކްރެއިންލެފްޓިނަންޓް ޖެނެރަލް ފާނިލް ސަރްވަރޯވްކާރު ބޮން ހަމަލާޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް

22 ޑިސެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރައްވަން ޕުޓިން ހުންނެވީ ތައްޔާރަށް
21 ޑިސެމްބަރު 2025

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި
19 ޑިސެމްބަރު 2025

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

19 ޑިސެމްބަރު 2025
ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ
17 ޑިސެމްބަރު 2025

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް
16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު