Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ތުރުކެމިނިސްތާނުގައި ކުރިއަށް ދިޔަ ސަމިޓެއްގެ ތެރެއިން ޕުޓިން އާއި އުރުދުޣާން ވަނީ ބައްދަލު ކުރައްވާފައި. އެގޮތުން ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތަކީ ވަރަށް އަގު ހުރި މަސައްކަތެއް ކަމަށާއި، އެކަން ކާމިޔާބު ވާާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އުރުދުޣާން ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2025 | ހޯމަ 02:01
ތުރުކީގެ ރައީސް އުރުދުޣާން އަދި ރަޝިޔާގެ ރައީސް ޕުޓިން

ތުރުކީގެ ރައީސް އުރުދުޣާން އަދި ރަޝިޔާގެ ރައީސް ޕުޓިން

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަަށް، ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ. 

އުރުދުޣާން މިހެން ވިދާޅުވެފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ މަޝްވަރާ ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހަނގުރާމައިގެ ސުލްޙަ ޤާއިމު ކުރުން އެއީ ދުރުގައި އޮތް ކަމެއް ނޫން ކަަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގިރުރާމައިގައި ބަނދަރުތަކާއި، ހަކަތައިގެ ވަސީލަތް ތަކަށް ދެމުން އަންނަ ހަމަލާ ތަކަށް އިޝާރާތް ކުރައްވައި އުރުދުޣާން ވިދާޅުވެފައި ވަނީ، އެ ހަމަލާތައް ވީ އެންމެ އަވަހަކަށް ހުއްޓާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ތުރުކެމިނިސްތާނުގައި ކުރިއަށް ދިޔަ ސަމިޓެއްގެ ތެރެއިން ޕުޓިން އާއި އުރުދުޣާން ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތަކީ ވަރަށް އަގު ހުރި މަސައްކަތެއް ކަމަށާއި، އެކަން ކާމިޔާބު ވާާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އުރުދުޣާން ވިދާޅުވެފައިވެ އެވެ. 

އުރުދުޣާން މިހެން ވިދާޅުވެފައިވާއިރު، ކަޅު ކަނޑުގައި ރަޝިޔާއާ ގުޅުން ހުރި ބައެއް އުޅަނދު ތަކަށް ހަމަލާ ދީފައިވާއިރު، ރަޝިޔާ އިން ބުނެފައި ވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޔުކްރެއިން އިން ކަމަށެވެ. އެއާ އެކު، ޔުކްރެއިން އިން ވަނީ ބައެއް ހަމަލާ ތަކުގެ ޒިންމާ ނަގާ ކަމަށް ހާމަ ކޮށްފަ އެވެ. އެ ހަމަލާތައް ދީފައި ވަނީ ޑްރޯން ބޭނުން ކޮށްގެން ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. 

އެ ހަމަލާތަކާާ ގުޅިގެން ތުރުކީ އިން ވަނީ ރަޝިޔާ އާއި ޔުކްރެއިންގެ ސަފީރުން ހާޒިރު ކޮށްފަ އެވެ. އަދި އެފަދަ ހަމަލާ ތަކަކީ ކަންބޮޑުވާން ޖެހޭ ފަދަ ހަމަލާ ތަކެއް ކަމަށާއި، އެ ފަދަ ހަމަލާ ދިނުން ހުއްޓާލުމަށް ވެސް ދެ ޤައުމަށް އަންގާފައިވާ ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. 

އެކަމާ ގުޅޭ ގޮތުން މި ފަހުން ވާހަކަ ދައްކަވަމުން ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވެފައި ވަނީ، ހަކަތައިގެ ވަސީލަތްތަކާއި، ދަތުރުފަތުރާ ގުޅޭ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ތަކެއް ތުރުކީ އިން ރާވަމުން އަންނަ ކަަމަށެވެ. އަދި އެކަމުގެ މައުލޫމާތު ތުރުކީގެ ރައީސް އުރުދުޣާން ހިއްސާ ކުރައްވާފައިވާ ކަމަށާއި، އެކަމަށް ޔުކްރެއިން އިން ތާއީދު ކުރާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. 

އިތުރަށް ޒެލެންސްކީ ވިދާޅުވީ، ތުރުކީގެ ރައީސް އުރުދުޣާން ހުށަހަޅުއްވާފައި ވަނީ އެކަމާ ގުޅޭ ގޮތުން ބައްދަލުވުން ތަކެއް ބާއްވަވަން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޓީމު ފެންވަރުގައި ބައްދަލުވުން ބޭއްވުމަށް ފަހު، ލީޑަރުންގެ ފެންވަރުގައި ބައްދަލުވުމެއް ބާއްވަން ހުށަހަޅުއްވާފައިވާ ކަމަށާއި، އެކަމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެމެރިކާ އިން މިހާރު ޤަބޫލު ކުރަނީ ޔުކްރެއިން އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތަށް ދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެއްބަސްވުމެއްގައި ސޮއި ކުރުމެއް ނެތި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ނުވާާނެ ކަމަށް ރަޝިޔާ އިން އެމެރިކާ އަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ. 

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޔުކްރެއިން އާއި އެ ޤައުމުގެ ބައިވެރިންނާ އެކު އޮތް ބައްދަލުވުމެއްގައި ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައި ވަނީ ބަނދަރު އިންފްރާސްޓްރަކްޗާއާ ގުޅޭ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ، ސުލްޙައިގެ ފުރިހަމަ އެއްބަސްވުމަކަށް މަޝްވަރާ ކުރުމުގެ އަސާސެއް ކަމަށެވެ.

ނޮވެމްބަރު މަހު އުކްރެއިންގެ ބައިވެރިންގެ އޮންލައިން ބައްދަލުވުމެއްގައި އެރުދުގާން ވިދާޅުވީ އެނާޖީ އާއި ބަނދަރު އިންފްރާސްޓްރަކްޗާއާ ގުޅޭ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކީ ފުރިހަމަ ސުލްހަ އެއްބަސްވުމަކަށް މަޝްވަރާކުރުމުގެ އަސާސެއް ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔުކްރެއިންރަޖަބް ތައްޔިބް އުރުދުޣާންވްލަޑިމިއަރ ޕުޓިންވޮލޮޑިމިރް ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު