Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025 | ބުދަ 03:37

ޔުކްރެއިންގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަމުން އަންނަ ފްރާންސް އިން ބުނެފައި ވަނީ، ބިމުގެ މައްސަލައިގައި މަޝްވަރާތައް ކުރުމުގެ ކުރިން، ޔުކްރެއިން އަށް ބޭނުންވާ ސަލާމަތީ ޔަޤީންކަން ކަށަވަރު ވާން ޖެހޭ ކަމަށް އެ ޤައުމުން ދެކޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޑިސެމްބަރު 2025 | ބުދަ 03:37
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރަމުން އަންނައިރު، ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ ޓީމުން ބުނެފި އެވެ.  

މެކްރޮންގެ ޓީމުން މިހެން ބުނެފައި ވަނީ، ހަނގުރާމަ ނިންމުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަޝްވަރާ ތަކުގައި ފްރާންސް އަކީ އިސް ދައުރެއް އަދާ ކުރަމުން އަންނަ ޤައުމެކެވެ. 

ރަޝިޔާ އިން ވަނީ، ޔުކްރެއިން އިން އެ ޤައުމުގެ ބިމުގެ ބައި ތަކެއް ދޫކޮށްލަން ޖެހޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، މިހާތަނަށް ޔުކްރެއިން އިން އެކަމާ އެއްބަސްވެފައި ނުވާއިރު، ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ގެންދަވަނީ ތަކުރާރުކޮށް އެކަމާ އިންކާރު ކުރައްވަމުންނެވެ. 

މެކްރޮންއާ ހަވާލާދީ އޭނާ ގެ ޓީމުން ބުނެފައި ވަނީ، ރަޝިޔާ އަށް ޔުކްރެއިންގެ ބިމުން ބައެއް ދޫކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ ކުރިން، ޚަރުދަނާ ގޮތެއްގައި ޔުކްރެއިން އަށް ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ ކަމަށެވެ. ޔުކްރެއިން އަށް ސަލާމަތީ ޔަޤީންކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށާއި، އެއީ އެކަމުގައި އެމެރިކާ އިން އެހީތެރިކަން ދިނުމަށް ނިންމާފައިވާތީ ކަމަށް ބުނެފައިވެ އެވެ. 

މި ވާހަކަތައް މެކްރޮންގެ ޓީމުން ދައްކާފައިވާއިރު، ޔުކްރެއިންގެ ރައީސް ޒެލެންސްކީ އާއި، ޔޫރަޕުގެ ލީޑަރުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބުންނާ ބައްދަލު ކުރައްވައިފަ އެވެ. ޖަރުމަނުގެ ވެރި ރަށް ބާލިންގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މެކްރޮންގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. 

ޓްރަމްޕްގެ ޚާއްސަ މަންދޫބުން ކަަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރާޑް ކުޝްނާއާ އެކު ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ހަނގުރާމަ ނިންމުމަށް އެއްބަސްވުމެއް ޤާއިމު ކުރުމެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ ނިންމުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ފްރާންސް އިން ފާހަގަ ކޮށްފައިވާ ގޮތުގައި ޔުކްރެއިން އަށް ރައްކާތެރިކަން ދިނުމުގެ ކަންކަން ސާފު ކުރުމަކީ މުހިންމު ކަމެކެވެ. ޔުކްރެއިންގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަމުން އަންނަ ފްރާންސް އިން ބުނެފައި ވަނީ، ބިމުގެ މައްސަލައިގައި މަޝްވަރާތައް ކުރުމުގެ ކުރިން، ޔުކްރެއިން އަށް ބޭނުންވާ ސަލާމަތީ ޔަޤީންކަން ކަށަވަރު ވާން ޖެހޭ ކަމަށް އެ ޤައުމުން ދެކޭ ކަމަށެވެ. 

ހަނގުރާމަ ނިންމުމަށް މިހާތަނަށް ވެސް ގިނަ މަސައްކަތް ތަކެއްކޮށް، އެތައް މަޝްވަރާ ތަކެއް ބާއްވާފައިވާއިރު، ޔުކްރެއިންގެ ބިން ތަކާއި އެ ޤައުމުގެ ސިޔާދަތު ރައްކާތެރިކޮށް، ކަށަވަރު ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް އަންނަނީ ގޮވާލަމުންނެވެ. އަދި ރަޝިޔާ އިން ކުރާ ހުރިހާ ޑިމާންޑަކަށް ދީލާާލައިގެން ނުވާނެ ކަމަށް ވެސް އެ ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. 

ޖަރުމަނުގެ ބާލިންގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ބަލާއިރު، އެ މަޝްވަރާ ތަކަކީ ހަނގުރާމަ ނިންމުމަށް ހައްލު ހޯދުމަށް މުހިންމު މަޝްވަރާ ތަކެއް ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. 

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔުކްރެއިންއެމެނުއެލް މެކްރޯންވޮލޮޑިމިރް ޒެލެންސްކީރައީސް ޑޮނަލްޑް ޓްރަމްޕްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

17 ޑިސެމްބަރު 2025
އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި
16 ޑިސެމްބަރު 2025

ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި

16 ޑިސެމްބަރު 2025
ޕެސިފިކުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކޮށް ބޯޓުތަކަށް އެމެރިކާ އިން ހަމަލާދީ 8 މީހުން މަރާލައިފި
16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފެށިއްޖެ

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް