Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ފަލަސްޠީން

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ގަލަންޓަށް ނެރުނު ހައްޔަރު ކުރުމުގެ ވޯރަންޓުތައް މިހާރު ވެސް ސައްހަ ކަމަށް ކޯޓުން ނިންމި.

ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2025 | އަންގާރަ 10:49
ފަލަސްތީނުގެ ސިވިލް ޑިފެންސްގެ މެމްބަރުން ބޮޑީ ބޭގެއް ގައިި އިޒްރޭލުގެ ހަމަލާ އެއް ގައި ޝަހީދުވި މީހެއްގެ ހަށިގަނޑު އުފުލަނީ، ޑިސެމްބަރު 15، 2025

ފަލަސްތީނުގެ ސިވިލް ޑިފެންސްގެ މެމްބަރުން ބޮޑީ ބޭގެއް ގައިި އިޒްރޭލުގެ ހަމަލާ އެއް ގައި ޝަހީދުވި މީހެއްގެ ހަށިގަނޑު އުފުލަނީ، ޑިސެމްބަރު 15، 2025

ޣައްޒާ ގައި ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިޒްރޭލުން ހުށަހެޅި ހުށަހެޅުމެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ އިސްތިއުނާފު މަޖިލީހުން ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.

ހޯމަ ދުވަހު ކޯޓުން އާންމު ކުރި ނިންމުމުގައި، 2023 އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ދެކުނަށް ދިން ހަމަލާއަށް ފަހު، ޣައްޒާ އަށް އިޒްރޭލުން ދިން ހަމަލާތަކުގައި ހިންގި ކަމަށް ބުނާ ޖަރީމާ ތަކުގެ ތަހުގީގު ހިންގުމަށް އައިސީސީ އިން ޕްރޮސިކިއުޓަރަށް ދިން ހުއްދަ ބާތިލް ކުރުމަށް ފަނޑިޔާރުން ދެކޮޅު ހަދާ ކަމަށް ބުނެފައި ވެއެވެ.

މި ނިންމުމާ އެކު، ކޯޓުން ކުރިއަށް ގެންދާ ތަހުގީގަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަގު ފަހިވެގެން ދާނެ ކަމަށް ބެލެ އެވެ.

މި ތަހުގީގު ގެ ދަށުން ހުސްވި އަހަރުގެ ނޮވެމްބަރު މަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރުމުގެ އަމުރެއް އައިސީސީ އިން ވަނީ ނެރެފަ އެވެ.

ދަ ހޭގް ގައި ހުންނަ މި ކޯޓުގެ ގާނޫނީ ހައިސިއްޔަތު އިޒްރޭލުން ގަބޫލު ނުކުރާއިރު، ޣައްޒާ ގައި ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބުނާ ވާހަކަ އެތައް ފަހަރަކު އިޒްރޭލުގެ ވެރިން ދޮގުކޮށްފައިވެ އެވެ.

އައިސީސީ ން ހަމާސްގެ ލީޑަރު އިބްރާހިމް އަލް-މަސްރީ ހައްޔަރު ކުރުމަށް ވެސް ވޯރަންޓެއް ނެރުނެވެ. ނަމަވެސް އޭނާ މަރުވި ކަމުގެ އިތުބާރު ހުރި ރިޕޯޓުތައް ލިބުމުން އެ ވޯރަންޓު ފަހުން އަނބުރާ ގެންދިޔައެވެ.

ކޯޓުގެ ނިންމުމުގައި ވަނީ ނަތަންޔާހޫ އާއި ގަލަންޓަށް ނެރުނު ހައްޔަރު ކުރުމުގެ ވޯރަންޓުތައް މިހާރު ވެސް ސައްހަ ކަމަށެވެ.

މި ހުކުމް ނެރެވުނީ، އިޒްރޭލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުން ވަރަށް ބޮޑަށް ގެއްލުން ލިބެމުން އަންނަ ދަނޑިވަޅެއްގައެވެ. 2025 އޮކްޓޯބަރު 11 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އަމުރު ތަންފީޒު ކުރަން ފެށި ފަހުން، ޣައްޒާ ގެ ސިއްހަތާ ބެހޭ އޮފިޝަލުން ބުނާ ގޮތުގައި، މަދުވެގެން 391 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ އިރު، 1،063 މީހުން ޒަހަމް ވެފައިވެއެވެ. އަދި މަރުވެފައިވާ 632 މީހުންގެ ހަށިގަނޑު ހޯދިފައިވެއެވެ.

2023 އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން، މަދުވެގެން 70،663 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ އިރު، 171،139 މީހުން ޒަހަމް ވެފައިވެއެވެ.

އިޒްރޭލް-ފަލަސްޠީންއައިސީސީބެންޖަމިން ނަތަންޔާހޫހަމާސްޔޯވް ގަލަންޓްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

13 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު