Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާ ތަރައްގީ ކުރަން ޓްރަމްޕް ގެ "ޕްރޮޖެކްޓް ސަންރައިޒް" ހާމަ ކޮށްފި

އެ ހުށަހެޅުމުގައި ލަގްޒަރީ ފެންވަރުގެ ބީޗު ފްރޮންޓް ރިސޯޓު ތަކާއި، ހައި ސްޕީޑް ރެއިލް އާއި، އޭއައި އޮޕްޓިމައިޒްޑް ސްމާޓް ގްރިޑްތައް އަދި އާންމު ދަތުރު ފަތުރުގެ ހަބުތައް ވެސް ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2025 | އާދީއްތަ 09:08
ލަގްޒަރީ ބީޗް ރިސޯޓްތަކާއި، ހައި ސްޕީޑް ރޭލާއި، އޭއައި ޕަވަރޑް ސްމާޓް ގްރިޑްތަކާއި، ޒަމާނީ އާބަން ހަބެއް ހިމެނޭ ހައިޓެކް ކޯސްޓަލް މެޓްރޮޕޮލިސް އަކަށް ޣައްޒާ ބަދަލުކުރާނެ ކަމަށް ބުނޭ

ލަގްޒަރީ ބީޗް ރިސޯޓްތަކާއި، ހައި ސްޕީޑް ރޭލާއި، އޭއައި ޕަވަރޑް ސްމާޓް ގްރިޑްތަކާއި، ޒަމާނީ އާބަން ހަބެއް ހިމެނޭ ހައިޓެކް ކޯސްޓަލް މެޓްރޮޕޮލިސް އަކަށް ޣައްޒާ ބަދަލުކުރާނެ ކަމަށް ބުނޭ

އިޒްރޭލުން ޣައްޒާގައި ހިންގާފައިވާ ޒަރީމާތަކުގެ ސަބަބުން މުޅި ޣައްޒާ ސުންނާފަތި ވެފައިވާއިރު، ޣައްޒާ އަލުން އާރާސްތު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން "ޕްރޮޖެކްޓް ސަންރައިޒް"ގެ ނަމުގައި ހިމެނޭ ތަރައްގީގެ ހުށަހެޅުމެއް ބޭރުގެ ސަރުކާރުތަކާއި އިންވެސްޓަރުންނަށް ހުށަހަޅައިފި އެވެ.

އެކަން ހާމަ ކޮށްފައި ވަނީ ހުކުރު ދުވަހު ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގަ އެވެ. 

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޖުމުލަ 32 ސަފުހާގެ ޕަވަޕޮއިންޓް ޕްރެޒެންޓޭޝަން ތައްޔާރު ކޮށްފައި ވަނީ ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާ އާއި، ޓްރަމްޕްގެ ފަރާތުން މެދު އިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްގެ ބެެއްލެވުމުގެ ދަށުންނެވެ. މި ހުށަހެޅުމުގައި ޣައްޒާ ހަލާކުވުން ހުޅަނގު އޭޝިއާގެ ރިވިއޭރާ އަކަށް ބަދަލު ކުރުމުގެ ވިޝަން ހިމަނާފައިވެ އެވެ. 

އެ ހުށަހެޅުމުގައި ލަގްޒަރީ ފެންވަރުގެ ބީޗު ފްރޮންޓް ރިސޯޓު ތަކާއި، ހައި ސްޕީޑް ރެއިލް އާއި، އޭއައި އޮޕްޓިމައިޒްޑް ސްމާޓް ގްރިޑްތައް އަދި އާންމު ދަތުރު ފަތުރުގެ ހަބުތައް ވެސް ހިމެނެ އެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ އެ ހުށެހެޅުން ގަލްފުގެ ޤައުމު ތަކާއި، ތުރުކީ އަދި މިޞްރާ ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.  

ނަމަވެސް، އެ ހުށަހެޅުމުގައި ފާހަގަ ކޮށްފައިވާ މަޝްރޫއަށް ފައިސާ ހޯދާނެ ގޮތެއް ބުނެފައި ނުވެ އެވެ. އެގޮތުންް އެ ފައިސާ ހޯދާނީ ކޮން ސަރުކާރު ތަކަކުން ކަމެއް ނުވަތަ ކުންފުނި ތަކަކުން ކަމެއް ބަޔާން ކޮށްފައި ނުވެ އެވެ. އަދި އަލުން ޣައްޒާ ބިނާ ކުރުމުގެ މަރުޙަލާގައި، ޣައްޒާ އިން ބަދަލުވެފައިވާ ދެ މިލިއަން ފަލަސްޠީނުގެ ރައްޔިތުންނަށް ދިރިއުޅުމުގެ އިންތިޒާމު ހަމަޖައްސާނެ ގޮތެއް ވެސް އެ ހުށަހެޅުމުގައި ބުނެފައި ނުވެ އެވެ. 

އެ ޕްލޭންގައި ވަނީ 20 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ރޯޑް މެޕެއް ކަނޑަ އަޅައިފަ އެވެ. މި ޕްލޭން ފަށާނީ ފުޅާ ދާއިރާއެއްގައި އިންސާނީ އެހީތެރިކަަން ދިނުމާ އެކު، ހަލާކުވެ ސުންނާފަތި ވެފައިވާ އިމާރާތްތައް ނައްތާލުމުންނެވެ. ދެން އޮންނާނީ ފިޔަވަޅަކަށް ފަހު، ފިޔަވަޅަކުން އަލުން ބިނާ ކުރުމުގެ މަރުޙަލާ އެވެ. އެކަން ފެށުމަށް ރާވާފައި ވަނީ ދެކުނު ޣައްޒާ އިން ފެށިގެން އުތުރަށެވެ. 

ފުރަތަމަ ފިޔަވަހީގައި ފޯކަސް ކުރާނީ ރަފަޙު އަދި ޚާން ޔޫނިސް އަށް ކަމަށް ހިމަނާފައިވެ އެވެ. ދެން ފުޅާ ކުރާނީ މެދު ތެރޭގެ ސަރަހައްދު ތަކާއި، އެންމެ ފަހުން ޣައްޒާ ސިޓީ އަށެވެ. "ނިއު ރަފަޙު"ގެ ނަމުން ހިމެނޭ ސަފުހާގައި އެ ސިޓީ ދައްކާފައި ވަނީ ޣައްޒާގެ މުސްތަޤުބަލުގެ އިދާރީ ހަބުގެ ގޮތުގަ އެވެ. އެ ސިޓީގައި 500،000 (ފަސް ލައްކަ) އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވެން ހުންނާނެ އެވެ. 100،000 (އެއް ލައްކަ) އަށް ވުރެ ހިނަ ހައުސިން ޔުނިޓުތަކާއި، 200 އަށް ވުރެ ގިނަ ސްކޫލް ތަކާއި، ޞިއްޙީ ޚިދުމަތް ދޭ މަދުވެގެން 75 ތަނެއް އަދި 180 އަށް މިސްކިތާއި ސަޤާފީ މަރުކަޒުތައް ހިމެނޭނެ އެވެ. 

މި ބޮޑު މަޝްރޫއު ކުރިއަށް ގެންދާއިރު، 10 އަހަރު ދުވަހުގެ ތެރޭގައި ޖުމުލަ 112.1 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. މީގެ ތެރޭގައި ސަރުކާރުގެ ދާއިރާގެ މުސާރަތައް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން 60 ބިލިއަން އެމެރިކާ ޑޮލަރާ ގާތް ކުރާ އަދަދެއް ލިބޭނީ ގްރާންޓުންނާއި، އައު ލޯނު ތަކުންނެވެ. އެމެރިކާ އިން ހުށަހަޅާފައި ވަނީ މަ ފައިސާގެ ތެރެއިން، މަދު ވެގެން 20 އިންސައްތަ އެ ޤައުމުން ދޭ ގޮތަށެވެ. ވޯލްޑް ބޭންކުން ވެސް މި މަޝްރޫއު އަށް ފައިސާ ހޯދުމުގައި ބައިވެރިވާނެ ކަމަށް ލަފާ ކުރެވެ އެވެ. 

އެ ހުށަހެޅުމުގަައި ބުނެފައިވާ ގޮތުން ފުރަތަމަ 10 އަހަރަށް ފަހު، ދެން އަންނަ 10 އަހަރުގެ ތެރޭގައި ޚަރަދު ކުޑަ ވާނެ ކަމަށް ލަފާ ކުރެވެ އެވެ. 10 ވަނަ އަހަރުން ފެށިގެން ޣައްޒާގެ ކޯސްޓްލައިންގެ 70 އިންސައްތަ މަނިޓަރައިޒް ކުރުމުގެ ޕްލޭން ހިމެނެ އެވެ. މި ދިގު މުއްދަތުގެ ތެރޭގައި 55 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. 

އެ ހުށަހެޅުމުގައި ބަޔާން ކޮށްފައިވާ މުހިންމު ޝަރުތު ތަކުގެ ތެރޭގައި، ޣައްޒާ އަލުން ބިނާ ކުރުމަށް، މިހާރު ފަލަސްޠީނުގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތް މުޅިން އެކަހެރި ކުރަން ޖެހޭނެ އެވެ. އެމެރިކާާގެ އޮފިޝަލުން ބުނެފައި ވަނީ ސަލާމަތީ ޙާލަތު ހުއްދަ ދިނުމުން، ދެ މަސް ދުވަހުގެ ތެރޭގައި އެ ޕްލޭން ފެށިދާނެ ކަމަށެވެ. 

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ އިންވެސްޓްމަންޓް ހޯދުމަށް ދިގު މުއްދަތުގެ ހަމަ ޖެހުމެއް ބޭނުން ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދެ އަހަރު ނުވަތަ ތިން އަހަރުގެ ތެރޭގައި އަނެއްކާ ވެސް ހަނގުރާމަ ފެށޭނެ ކަމަށް ޤަބޫލު ކުރާ ނަމަ، ޣައްޒާ އަށް ފައިސާ އިންވެސްޓް ކުރުމަށް އެއްވެސް މީހަކު ޤަބޫލު ނުކުރާނެ ކަަމަށެވެ. 

މަސްދަރު: ޕްރެސް ޓީވީ

އިސްރާއީލް-ޣައްޒާޕްރޮޖެކްޓް ސަންރައިޒްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

ވެސްޓް ބޭންކްގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލައިފި

21 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު