Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލް އިން ބުނެފައި ވަނީ ނުވަ އަހަރުގެ ހަދީލް އަލް މަސްރީ އާއި، އެންމެ ހަތަރު މަަސް ދުވަހުގެ ތައިމް އަލް ހަވާޖާ ނަމަކަށް ކިޔާ ދެ ކުދިން މަރުވެފައިވާ ކަމަށް. ޚާން ޔުނިސްގައި ހުންނަ އަލް ނާޞިރު ހޮސްޕިޓަލް އިން ބުނީ، އަށް މަސް ދުވަހުގެ ރަފާޙް އަބޫ ޖަޒާރު ނަމަކަށް ކިޔާ ކުއްޖަކު މަރުވެފައިވާއިރު، އެ ކުއްޖާ މަރުވެފައި ވަނީ އަލް މަވާސީގެ ތަންބު ކޭމްޕުގައި ފިނި ގަދަ ވުމުގެ ސަބަބުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޑިސެމްބަރު 2025 | ހޮނިހިރު 03:22
ވިއްސާރައިގެ ސަބަބުން ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި ތުއްތު އަންހެން ކުއްޖަކު

ވިއްސާރައިގެ ސަބަބުން ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި ތުއްތު އަންހެން ކުއްޖަކު

ޣައްޒާގައި ގަދަ ވިއްސާރައިގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަދު ވެގެން 16 މީހަކު މަރުވެފައިވާ ކަމަށް، ޣައްޒާގެ ސިވިލް ޑިފެންސް އިން ހާމަ ކޮށްފި އެވެ. 

ސިވިލް ޑިފެންސް އިން ހާމަ ކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި، ގަދަ ފިނީގެ ސަބަބުން މަރުވި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ. ހަނގުރާމައިގައި ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ ޣައްޒާ އަށް ކުރިމަތިވި ގަދަ ވިއްސާރައިގެ ސަބަބުން ހިނގާފައިވާ މަރުގެ ހާދިސާ ތަކެއް ކަމަށް ބުނެފައިވެ އެވެ. 

މިދިޔަ ބުދަ ދުވަހުން ފެށިގެން ޣައްޒާ ހުރިހާ ސަރަހައްދަކަށް ވެސް ވައި ގަދަވެ ވިއްސާރަ ކޮށްފައިވާއިރު، ބައެއް ސަރަހައްދު ތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. މިއީ ހަނގުރާމައިގެ ސަބަބުން މިހާރު ވެސް އެތައް ދަތި ކަމެއް ކުރިމަތިވެފައިވާ ޣައްޒާގެ ރައްޔިތުުންނަށް ކުރިމަތިވެފައިވާ އިތުރު ދަތި ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ފިނި ގަދަ ވުމުގެ ސަބަބުން މަރުވެފައިވާ ތިން ކުދިންގެ ތެރެއިން، ދެ ކުދިން މަރުވެފައި ވަނީ ޣައްޒާ ސިޓީގަ އެވެ. އަނެއް ކުއްޖާ މަރުވެފައި ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ކަމަށް ސިވިލް ޑިފެންސް އިން ވަނީ ހާމަ ކޮށްފަ އެވެ. 

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލް އިން ބުނެފައި ވަނީ ނުވަ އަހަރުގެ ހަދީލް އަލް މަސްރީ އާއި، އެންމެ ހަތަރު މަަސް ދުވަހުގެ ތައިމް އަލް ހަވާޖާ ނަމަކަށް ކިޔާ ދެ ކުދިން މަރުވެފައިވާ ކަމަށެވެ. ޚާން ޔުނިސްގައި ހުންނަ އަލް ނާޞިރު ހޮސްޕިޓަލް އިން ބުނީ، އަށް މަސް ދުވަހުގެ ރަފާޙް އަބޫ ޖަޒާރު ނަމަކަށް ކިޔާ ކުއްޖަކު މަރުވެފައިވާއިރު، އެ ކުއްޖާ މަރުވެފައި ވަނީ އަލް މަވާސީގެ ތަންބު ކޭމްޕުގައި ފިނި ގަދަ ވުމުގެ ސަބަބުންނެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ ގިނަ އިމާރާތް ތަކެއް ވަނީ ބިމާ ހަމަވެ، ސުންނާފަތިވެފަ އެވެ. މިހާރު ޣައްޒާގެ އެކި ސަރަހައްދު ތަކުގައި ވަނީ އެތައް ހާހުން ވަގުތީ ހިޔާވަހިކަން ޤާއިމު ކޮށްފަ އެވެ. އެ ތަންތަނުގައި ގިނަ ބަޔަކު އަންނަނީ ހިޔާވަހިކަން ހޯދަމުންނެވެ. 

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙުމޫދު ބައްސާލް ވިދާޅުވީ، އުތުރުގައިވާ ބީރު އަލް ނަޖާ ސަރަހައްދުގައި ގެއެއް ވެއްޓިފައިވާ ކަމަށާއި، އެ ހާދިސާގައި ހަ މީހަކު މަރުވެފައިވާ ކަމަށެވެ. ޣައްޒާގެ ޝައިޚް ރަދްވާން ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއިން އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އިތުރަށް ބައްސާލް ވިދާޅުވީ، އިތުރު ފަސް މީހުން މަރުވެފައި ވަނީ ތަފާތު އެކި ހާދިސާ ތަކުގެ ސަބަބުން ކަމަށެވެ. ސިވިލް ޑިފެންސްގެ ބަޔާނުގައި ބުނީ ބޯކޮށް ވިއްސާރަ ވުމުގެ ސަބަބުން ވައިގަދަވެ 13 އިމާރާތެއް ވެއްޓިފައިވާ ކަމަށެވެ. އަދި ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަންނަނީ އެ ތަންތަނުގައި ޙަރަކާތްތެރި ވަމުން ކަމަށް ވެސް ބުނެފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

އިސްރާއީލް-ޣައްޒާޚާން ޔޫނިސްޣައްޒާ ހަނގުރާމަޣައްޒާ ސިޓީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
20 ނޮވެމްބަރު 2025

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

20 ނޮވެމްބަރު 2025
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު