Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

ޣައްޒާ ގައި ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުން ރަހީނުން ދޫކޮށް، ފަލަސްތީނު ގައިދީން ދޫކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު، ދެފަރާތުން އެއްބަޔަކު އަނެއްބަޔަކަށް އެއްބަސްވުމާ ހިލާފުވާކަމުގެ ތުހުމަތު ކުރަމުންދެއެވެ. އިޒްރޭލުން ބޭނުން ވަނީ ހަމާސް އެކަހެރި ކުރުމަށެވެ. އަނެއްކޮޅުން ހަމާސް އިން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުވާހާ ހިނދަކު ހަތިޔާރު ދޫނުކުރާނެ ކަމަށް ބުނެފައި.

ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 09:28
ފެންބޮޑުވެފައިވާ ޣައްޒާގެ ޚާން ޔޫނިސް ގައި ފަލަސްތީނުގެ ދަރިވަރުންތަކެއް މަގު ހުރަސް ކުރަނީ

ފެންބޮޑުވެފައިވާ ޣައްޒާގެ ޚާން ޔޫނިސް ގައި ފަލަސްތީނުގެ ދަރިވަރުންތަކެއް މަގު ހުރަސް ކުރަނީ

ޣައްޒާ ސްޓްރިޕް ގައި ދެ އަހަރު ވަންދެން ހިނގި ނުރައްކާތެރި ހަނގުރާމަ ނިންމުމަށް އިޒްރޭލާއި ހަމާސް އާ ދެމެދު އެއްބަސްވުމަކަށް ވާސިލުވިތާ ދެ މަސް ފަހުން، ހަތިޔާރުގެ އަޑުފައްގަނޑު ބޮޑު ތަނުން ކެނޑިއްޖެ އެވެ.

އަނެއްކޮޅުން ދެ ފަރާތުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް އެއްބަސްވުމާ ހިލާފުވުމުގެ ތުހުމަތު ކުރަމުން އަންނަ އިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ކުރިއަށް އޮތް ފިޔަވަހީ ގައި ކަނޑައަޅާފައިވާ ކަންކަން ކުރުމަށް ދެ ފަރާތުން މަސައްކަތް ކުރަމުންދާ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ދެ ފަރާތުން އެއްބަސްވީ ކޮން ކަމަކަށް

ހަނގުރާމަ ހުއްޓުމުގެ އިންތިޒާމުތައް މައިގަނޑު ތިން ލިޔުމެއްގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ތަފްސީލީ ލިޔުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސެޕްޓެމްބަރު މަހު އިއުލާންކުރި 20 ނުކުތާ އެއް ހިމެނޭ ޕްލޭނެކެވެ. މިއީ ހަނގުރާމަ ހުއްޓުމުން ފެށިގެން ހަނގުރާމަ ފުރިހަމަ އަށް ނިންމުމާ ހަމަ އަށް ގެންދިއުމަށް ބާރުއަޅާ ޕްލޭނެކެވެ. މި ޕްލޭނުގައި ހަމާސް އެކަހެރިކޮށް ޣައްޒާ ގެ ވެރިކަމުން ބޭރުކުރުމަށާއި، އިޒްރޭލް އެ ސަރަހައްދުން ފައިބައިގެން ދިއުމަށް ގޮވާލާފައިވެއެވެ. އެހެން ނަމަވެސް ހަމާސް އިން ވެސް އަދި އިޒްރޭލުން ވެސް އެ ޕްލޭނުގެ ހުރިހާ ކަންކަމަށް ފުރިހަމަ އަށް އެއްބަސްވެފައެއް ނުވެއެވެ.

އޮކްޓޯބަރު 9 ގައި، އިޒްރޭލާއި ހަމާސް އިން ޓްރަމްޕްގެ ޕްލޭނުގެ ފުރަތަމަ ބައިތައް ހިމެނޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މީގައި ހަނގުރާމަ ހުއްޓާލުމާއި، އިޒްރޭލުގެ ރަހީނުން ދޫކޮށްލުމުގެ ބަދަލުގައި ފަލަސްތީނުގެ ގައިދީންނާއި ބަންދުކޮށްފައިވާ މީހުން ދޫކޮށްލުމާއި، އިޒްރޭލުން ޣައްޒާ އިން ފައިބައިގެން ދިއުން، އަދި ޣައްޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުން ހިމެނެއެވެ.

ޓްރަމްޕްގެ ޕްލޭނަށް އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރެއް މެދުވެރިކޮށް ފަހުން ތާއީދުކުރި އިރު، އެ ގަރާރުން ޣައްޒާ ގައި ވަގުތީ ވެރިކަން ހިންގާނެ ޖަމާއަތެއް އުފެއްދުމާއި، ބައިނަލްއަގުވާމީ ސްޓެބިލައިޒޭޝަން ފޯސް އެއް އުފެއްދުމަށް ހުއްދަ ދީފައިވެއެވެ.

މިހާތަނަށް އެއްބަސްވުން ތަންފީޒު ކުރުމުގައި ކަން ހިނގާފައި ވަނީ ކިހިނެއް؟

ދިރިތިބި އިޒްރޭލުގެ 20 މީހުން ބަންދުން ދޫކޮށްލި އިރު، އޭގެ ބަދަލުގައި އެތައް ސަތޭކަ ފަލަސްތީނު ގައިދީންނާއި ބަންދުކޮށްފައިވާ މީހުން ދޫކޮށްލި އެވެ. މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތައް ހަވާލުކުރުމަށް އިތުރު ވަގުތު ނެގިއެވެ. އެކަކުގެ ހަށިގަނޑު އަދި ޣައްޒާ ގައި އޮތް އިރު، 27 ހަށިގަނޑެއް ރައްދުކުރި އެވެ. އިޒްރޭލުން ވެސް ކޮންމެ ހަށިގަނޑެއްގެ ބަދަލުގައި ފަލަސްތީނު މީހެއްގެ ހަށިގަނޑެއް ހަވާލުކުރިއެވެ.

އިންސާނީ އެހީތެރިކަމާ ގުޅޭ ގޮތުން ޚިލާފުތައް އަދިވެސް އެބައޮތެވެ. ހަމާސް އިން ބުނާ ގޮތުގައި ޣައްޒާ އަށް ވަންނަ އެހީގެ ލޮރީގެ އަދަދު އެއްބަސްވި އަދަދަށް ވުރެ މަދެވެ. އެހީގެ އޭޖެންސީތަކުން ބުނާ ގޮތުގައި އެހީތެރިކަން އެންމެ ދަށް މިންވަރަށް ވެސް ފުރިހަމަ ނުވާ އިރު، އެތައް މުހިންމު ތަކެއްޗެއް އެތެރެ ކުރުމަށް އިޒްރޭލުން ހުރަސްއަޅަމުން ގެންދެ އެވެ. އިޒްރޭލުން މި ތުހުމަތުތައް ދޮގުކުރަމުން، އެއްބަސްވުމުގެ ދަށުން އެ ފަރާތުގެ ޒިންމާތައް އަދާކުރަމުން އަންނަކަމަށް ބުނަމުންދެ އެވެ.

މިސްރާ ދެމެދު އޮންނަ ރަފަހް ބޯޑަރު ކްރޮސިން ހަނގުރާމަ ހުއްޓުމުގެ ފުރަތަމަ ފިޔަވަހީގައި ހުޅުވަން ޖެހޭނެއެވެ. އެކަމަކު އެއީ އަދިވެސް ބަންދުކޮށްފައިވާ ތަނެކެވެ. ޣައްޒާ އަށް ވަދެ ނުކުމެ އުޅުމަށް ހުއްދަ ދިނުމަށް ޝަރުތުކޮށްފައި ވަނީ މަރުވެފައިވާ ރަހީނުންގެ އެންމެ ފަހު ހަށިގަނޑު ހަވާލު ކުރުމުން ކަމަށްވެ އެވެ.

މުޅި ސަރަހައްދު ވީރާނާވެ ހަލާކުވެފައި

ފުޅާ ދާއިރާއެއްގައި ހިނގި ހަމަލާތަކާ ގުޅިގެން ޣައްޒާ އޮތީ ސުންނާފަތިވެފަ އެވެ. އާންމު ރައްޔިތުން ދިރިއުޅެމުން ގެންދަނީ ނިކަމެތި ހާލުގައި ފެން ނިވާނުވާ ފަދަ އާދައިގެ ފޭލިގެތަކުގައެވެ.

ޑިސެމްބަރު މަހު، ޔުނިސެފް އިން ބުނީ ޣައްޒާ ގައި ކަންބޮޑުވާ ފަދަ މިންވަރަކަށް ކުޑަކުދިންނަށް ކާބޯތަކެތި ނުލިބުމުގެ އަސަރުކުރަމުން އަންނަ ކަމަށެވެ. ބޯކޮށް ވާރޭ ވެހުމުން އެތައް ހާސް ޓެންޓެއް ގައި ފެންބޮޑުވެފައިވާ އިރު، ނަޖިހާއި ކުނިބުނި ސަރަހައްދުގެ އެކި ހިސާބުތަކަށް ފެތުރިފައިވާއިރު، މިކަމުން ކުރިންވެސް ދިމާވި ގޮތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ހިނގައިދާނެ ކަމަށް ބެލެވެއެވެ.

ހައްލުނުވެ އޮތް މައްސަލަތަކަކީ ކޮބާ؟

ޣައްޒާ ގެ ތެރޭގައި ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ސްޓެބިލައިޒޭޝަން ފޯސް އެއް އުފެއްދަން ޖެހޭނެ ނަމަވެސް، އެ ފޯސް ގެ ބައިވެރިން، ދައުރު، އަދި މެންޑޭޓާ ގުޅޭ ސުވާލުތައް ހައްލުވެފައެއް ނުވެއެވެ. އިންޑޮނީޝިޔާ އާއި ޕާކިސްތާން އެ ފޯސް ގައި ބައިވެރިވެދާނެ ގައުމުތަކުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އިޒްރޭލުން ބޭނުން ވަނީ އެފަދަ ފޯސް އެއް ގައި ހަމާސް ބައިވެރި ނުކުރުމަށެވެ. އަނެއްކޮޅުން ގިނަ ގައުމުތަކުން އެފަދަ މަސައްކަތެއް އެ ގައުމުތަކުގެ ސިފައިންނަށް ހަވާލު ކުރުމަށް އަދި ވެސް ދަނީ ފަހަތު ފަޔަށް ބުރަވަމުންނެވެ.

ހަމާސް ނުހިމެނޭ ގޮތަށް ފަލަސްތީނުގެ ޓެކްނޮކްރެޓިކް ގްރޫޕަކުން ވަގުތީ ފިޔަވަހީގެ ކަންކަން ބަލަހައްޓަން ޖެހޭ ގޮތަށް ކަނަޑައަޅާފައި އޮތް ނަމަވެސް، އެ ގްރޫޕު ގައި ހިމެނޭނީ ކޮންކޮން ފަރާތްތަކެއް ކަމެއް ވެސް އަދި އެ ގްރޫޕު އުފައްދާނީ ކޮން އިރަކުން ކަމެއްވެސް އަދި މިހާތަނަށް ހާމަ ކޮށްފަ އެއް ނުވެ އެވެ.

އިޒްރޭލުން  ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކްގެ ބައެއް ސަރަހައްދުތަކުގައި ވެރިކަން ކުރާ ޕެލަސްޓައިން އޮތޯރިޓީން، ޣައްޒާ ހިންގުމުގައި ކުރިމަގުގައި ދައުރެއް އަދާކުރާ ނަމަ އެ އިދާރާ އަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ހުށަހެޅުމުގައިވެ އެވެ. އެހެން ނަމަވެސް އެ އިސްލާހުތަކަކީ ކޮބައި ކަމެއް ނޭނގެ އެވެ. އަދި އެ އިސްލާހުތައް އިއުލާންކޮށްފައެއް ވެސް ނުވެއެވެ.

ޓްރަމްޕްގެ ޕްލޭނުގައިވާ ގޮތުން ޣައްޒާ ގެ ވެރިކަން ހިންގާނީ ޓްރަމްޕް ރިޔާސަތުގައި ބަލަހައްޓަވާ ސުލްހަ ބަލަހައްޓާ ބައިނަލްއަގުވާމީ ކައުންސިލެއްގެ ބެލުމުގެ ދަށުންނެވެ. އޭނާ ވިދާޅުވެފައި ވަނީ 2026 ގެ ކުރީ ކޮޅު އެ ކައުންސިލް އިއުލާނުކުރާނެ ކަމަށެވެ. އެކަމަކު އެ ކައުންސިލްގެ ބައިވެރިން އަދި ސާފެއް ނުވެއެވެ. މި ޕްލޭނުގައި ހަމާސް ނުހިމެނުނަށް ގޮވާލާފައިވާއިރު، މި ޝަރުތު އެ ގްރޫޕުން ބަލައިނުގަނެއެވެ. އެ ގްރޫޕުން ބުނާ ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުން ފިޔަވައި ހަތިޔާރު ދޫނުކުރާނެއެވެ. އަދި ހަތިޔާރު ބަހައްޓާނީ ޣައްޒާ އިން އިޒްރޭލު ސިފައިން މުޅިން ފޭބުމުން ކަމަށް ވެސް ހަމާސް އިން ވަނީ ބުނެފަ އެވެ.

ހަނގުރާމަ ހުއްޓުން ދެމި އޮންނާނެތަ؟

އިޒްރޭލުން ތަކުރާރުކޮށް އިންޒާރު ދީފައިވަނީ ހަމާސް ގެ އަތުން ސުލްހަވެރިކަމާ އެކު ހަތިޔާރު އަތުނުލެވިއްޖެ ނަމަ، ބާރުގެ ބޭނުން ކޮށްގެން އެ ނަތީޖާ ހާސިލު ކުރުމަށް އަސްކަރީ ހަރަކާތްތައް އަލުން ފަށާނެ ކަމަށެވެ. 

ހަނގުރާމަ ހުއްޓުން ދެމި އޮންނާނެތަ؟

މިހާރު ކަންކަން އޮތް ހާލަތުގެ ގޮތުން ޓްރަމްޕް ގެ ޕްލޭން ފުރިހަމަ އަށް ތަންފީޒު ކުރެވިދާނެ ކަމާ މެދު ފަލަސްތީނާއި އިޒްރޭލުގެ ގިނަ ބަޔަކު ޝައްކު ކުރެ އެވެ. އެއާއެކު މިހާރު އޮތް ހާލަތު އިތުރަށް ދިގު ދެމިގެން ހިނގައިދާނެ ކަމަށް ވެސް އެފަރާތްތަކުން ދެކެ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި ހަމާސް އަލުން އިންތިޒާމުވެ، ހަތިޔާރު ހޯދާ 2023 އޮކްޓޯބަރު 7 ގައި ހިންގި ފަދަ ހަމަލާ އެއް ދިނުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.

އަނެއްކޮޅުން، ފަލަސްތީނުގެ ރައްޔިތުން ކަން ބޮޑުވަނީ ވީރާނާ ވެފައި އޮތް ޣައްޒާ އެ އޮތް ގޮތަށް ބާއްވާ އިޒްރޭލު ސިފައިން ޣައްޒާ އިން މުޅިން ފައިބައިގެން ނުގޮސް މިހާރު އޮތް ހާލަތު ދިގު ދެމިގެން ގޮސް ކުރިމަގެއް ނުފެނި ދިގު މުއްދަތަކަށް ތިބެން ޖެހިދާނެ އަތީ އެވެ.

ބައެއް ތަޖުރިބާކާރުންގެ ނަޒަރު ގައި ވެދާނެ އެއް ގޮތަކީ ޣައްޒާ އިތުރަށް ފޮތިވެގެން ދިއުމެވެ. އެތަނުން އެއްބައި އޮންނާނީ ހަމާސް އާ ދެކޮޅަށް މަސައްކަތް ކުރާ އިޒްރޭލުގެ މަދަދުވެރިކަން ލިބޭ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައެވެ. އަނެއްބައި އޮންނާނީ ހަމާސް އިން ކޮންޓްރޯލު ކުރާ ސަރަހައްދެއްގެ ގޮތުގައެވެ.

އިޒްރޭލު-ހަމާސްފަލަސްތީނުރާފަހް ބޯޑަރުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

ޣައްޒާ ގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގަށް ހުރަސް އަޅަން އިޒްރޭލުން ކުރި މަސައްކަތް އައިސީސީ އިން ބޭރު ކޮށްލައިފި

16 ޑިސެމްބަރު 2025
ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާ އިން 16 މީހަކު މަރުވިއިރު، ގަދަ ފިނީގެ ސަބަބުން ތިން ކުޑަ ކުދިން ވެސް މަރުވެއްޖެ

13 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު