Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޖަރުމަނުގައި އޮންނަ މަޝްވަރާގައި ޔޫރަޕުގެ ލީޑަރުންގެ ތެރެއިން ބައިވެރި ވާނީ ކޮން ލީޑަރުންނެއް ކަމަށް މިހާތަނަށް ޔަގީންވެފައި ނުވޭ. ނަމަވެސް، އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ކީ ސްޓާމާ އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް މި މަޝްވަރާގައި ބައިވެރިވެ ވަޑައިގަންނަނަވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2025 | އާދީއްތަ 06:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިޓްކޮފް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ވިޓްކޮފް

ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. 

ކުރިއަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި އޮންނަ އެ މަޝްވަރާ ތަކުގައި، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރިއަށް ގެންދާ މަތީ ފަންތީގެ މަޝްވަރާ ތަކާ މެދު ވާހަކަ ދައްކަވާނެ އެވެ. 

ޖަރުމަނުގެ ވެރި ރަށް ބާލިންގައި އޮންނަ އެ މަޝްވަރާ ބައްދަލުވުމުގައި، އެމެރިކާ އިން ކުރަމުން އަންނަ މަސައްކަތް ތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ވިޓްކޮފް ހިއްސާ ކުރައްވާނެ އެވެ. ޓްރަމްޕް އާއި އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަނީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމަށެވެ. އެކަމުގައި މިހާތަނަށް ވަނީ ޔުކްރެއިން އާއި ރަޝިޔާގެ އޮފިޝަލުންނާ ދެމެދު ގިނަ ބައްދަލުވުން ތަކެއް ބާއްވައިފަ އެވެ. 

ޖަރުމަނުގައި އޮންނަ މަޝްވަރާގައި ޔޫރަޕުގެ ލީޑަރުންގެ ތެރެއިން ބައިވެރި ވާނީ ކޮން ލީޑަރުންނެއް ކަމަށް މިހާތަނަށް ޔަގީންވެފައި ނުވެ އެވެ. ނަމަވެސް، އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ކީ ސްޓާމާ އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް މި މަޝްވަރާގައި ބައިވެރިވެ ވަޑައިގަންނަނަވާނެ އެވެ. 

މި ބައްދަލުވުން ބާއްވަން ތައްޔާރު ވަމުން އަންނައިރު،  ދާދި ފަހުން ޔުކްރެއިން އިން ވަނީ އެމެރިކާ އިން ހުށަހަޅާފައިވާ ސުލްޙައިގެ ޕްލޭން އިސްލާޙު ކުރުމަށް ބޭނުންވާ ކަމަށް ހާމަ ކޮށްފަ އެވެ. އެއާ އެކު، ޔޫރަޕުގެ ލީޑަރުންނާއި ޒެލެންސްކީ، ލަންޑަންގައި ބޭއްވި ބައްދަލުވުމުގައި އެކަން ކަަމަށް މަޝްވަރާ ކޮށްފައިވާ ކަމަށާއި، އިސްލާޙު ގެންނަން ބޭނުންވާ ކަންކަން އެމެރިކާ އަށް އަންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ، 

ރަޝިޔާ އިން އަންނަނީ ހުއްޓުމެއް ނެތި ޔުކްރެއިން އަށް އެކި ފަހަރު މަތިން ހަމަލާތައް ދެމުންނެވެ. ދާދި ފަހުން ވެސް ރަޝިޔާ އިން ޔުކްރެއިން އަށް ހަމަލާ ދީފައިވާއިރު، ޒެލެންސްކީ ވިދާޅުވެފައި ވަނީ އާންމު ތަންތަނާއި، ހަކަތަ އަދި ސިނާއީ ބިނާ ތަކަށް ވެސް ރަޝިޔާ އިން ހަމަލާ ދީފައިވާ ކަމަށެވެ. އެ ހަމަލާ ތަކުގައި 450 އަށް ވުރެ ގިނަ ޑްރޯން އަދި 30 މިސައިލް ބޭނުން ކޮށްފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ. ހަމަލާ ތަކުގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، ހަތް ސަރަަހައްދެއްގައި ކަރަންޓު ކެނޑުގެ މައްސަލަ ވަނީ ދިމާވެފަ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ބޮޑު މި ހަނގުރާމަ ނިންމުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއް ޤައުމަކީ އެމެރިކާ ކަމަށްވާއިރު، ރަޝިޔާގެ މަސްލަޙަތު ހިމާޔަތް ކުރުމަށް އެ ޤައުމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އެމެރިކާ އަށް ނުރުހުން އަމާޒުވެފައިވެ އެވެ. ނަމަވެސް، އެމެރިކާ އިން ވަނީ އެކަން ދޮގު ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

ސްޓީވް ވިޓްކޮފްރަޝިޔާ-ޔުކްރެއިންޖަރުމަނުވުލެޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމައެމަނުއަލް މެކްރޯންކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)ފްރީޑްރިކް މޭޓްޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު