Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ހުކުރު ދުވަހު އެކަން ހާމަ ކޮށްފައި ވަނީ ޔުކްރެއިންގެ ސެކިއުރިޓީ ސާވިސްގެ އޮފިޝަލެއް. އެ މަސްދަރުން ބުނެފައި ވަނީ، ޔުކްރެއިންގެ ސެކިއުރިޓީ ސާވިސްގެ ޑްރޯން ތަކުން ފިލަނޮވްސްކީ އާއި ކޯޗަގިން ތެޔޮ ރިގްތަކަށް ހަމަލާ ދީފައިވާ ކަމަށް. މި ދެ ރިގް ވެސް ނިސްބަތް ވަނީ ރަޝިޔާގެ ލުކޯއިލް ކުންފުންޏަކަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޑިސެމްބަރު 2025 | ހޮނިހިރު 06:20
ޔުކްރެއިންގެ ސެކިއުރިޓީ ސާވިސަސް އިން އާންމު ކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ ޝޮޓެއް

ޔުކްރެއިންގެ ސެކިއުރިޓީ ސާވިސަސް އިން އާންމު ކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ ޝޮޓެއް

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ދެ ތެޔޮ ރިގަކަށް ޑްރޯން ބޭނުން ކޮށްގެން ޔުކްރެއިން އިން ހަމަލާ ދީފި އެވެ. 

ހުކުރު ދުވަހު އެކަން ހާމަ ކޮށްފައި ވަނީ ޔުކްރެއިންގެ ސެކިއުރިޓީ ސާވިސްގެ އޮފިޝަލެކެވެ. އެ މަސްދަރުން ބުނެފައި ވަނީ، ޔުކްރެއިންގެ ސެކިއުރިޓީ ސާވިސްގެ ޑްރޯން ތަކުން ފިލަނޮވްސްކީ އާއި ކޯޗަގިން ތެޔޮ ރިގްތަކަށް ހަމަލާ ދީފައިވާ ކަމަށެވެ. މި ދެ ރިގް ވެސް ނިސްބަތް ވަނީ ރަޝިޔާގެ ލުކޯއިލް ކުންފުންޏަށެވެ. 

ރަޝިޔާގެ އެންމެ ބޮޑު ކޭސްޕިއަން ތެޔޮ ހިސާބުގެ ބައެއް ކަމަށްވާ ފިލަނޮވްސްކީ ރިގަށް މި ހަފުތާގެ ކުރީ ކޮޅު ވެސް ވަނީ ހަމަލާ ދީފަ އެވެ. ޔުކްރެއިން އިން ރަޝިޔާގެ ތެޔޮ އަދި ގޭސް އުފެއްދުން ހުއްޓުވުމަށް ހިންގަމުންދާ ޙަރަކާތްތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައި، މިއީ ހަނގުރާމައިގެ ތެރޭގައި ދެވުނު މި ބާވަތުގެ ފުރަތަމަ ހަމަލާ އެވެ. 

އެ މަސްދަރުން ބުނެފައި ވަނީ، ދެ ޕްލެޓްފޯމްގައި ވެސް ހުރި މުހިންމު އާލާތްތަކަށް ޑްރޯން ތަކުން ހަމަލާ ދީ ގެއްލުން ދީފައިވާއިރު، އުފެއްދުން ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް، ރޮއިޓާސް އިން ބުނެފައި ވަނީ މި ރިޕޯޓު ވަގުތުން ޔަގީން ކުރެވިފައި ނުވާ ކަަމަށެވެ. ލުކޯއިލްގެ ބަހެއް ހޯދުމަށް ރޮއިޓާސް އިން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވެފައި ނުވެ އެވެ. 

ޔުކްރެއިން އިން މި ހަމަލާ ދީފައި ވަނީ ކޮން ތަނަކުން ކަމެއް އަދި ސާފެއް ނުވެ އެވެ. ކޭސްޕިއަން ކަނޑަކީ ޔުކްރެއިންގެ އެންމެ ކައިރި ސަރަހައްދުން ހަތް ސަތޭކަ ކިލޯ މީޓަރަށް ވުރެ ބޮޑު ދުރުމިނެއްގައި އޮންނަ ކަނޑެކެވެ. 

ރަޝިޔާގެ ހަނގުރާމަ އަށް ފައިސާ ހޯދުމުގެ ޤާބިލުކަން ދަށް ކުރުމުގެ ބޭނުމުގައި ޔުކްރެއިން މިއަހަރުގެ ތެރޭގައި ވަނީ، ރަޝިޔާގެ ގިނަ ތެޔޮ ވަސީލަތް ތަކަށް ޑްރޯން ބޭނުން ކޮށްގެން އެތައް ހަމަލާ ތަކެއް ދީފަ އެވެ. މި ހަމަލާތައް ޚާއްސަ ގޮތެއްގައި އަމާޒު ކޮށްފައި ވަނީ ޔޫރަޕުގެ ހިސާބުގައި އޮންނަ ތެޔޮ ރިފައިނަރީ ތަކަށެވެ. 

ޔުކްރެއިން އިން ފާއިތުވި މަހު މި ޙަރަކާތްތައް ފުޅާ ކުރި ކަޅު ކަނޑުން ރަޝިޔާގެ ތެޔޮ ޤަވާއިދާ ޚިލާފަށް އުފުލާ ޓޭންކަރު ތަކަށް ހަމަލާ ދީގެންނެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި މިފަދަ ތިން ތަނަކަށް ޔުކްރެއިންގެ ޑްރޯން ތަކުން ހަމަލާ ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

ރަޝިޔާ-ޔުކްރެއިންލުކޯއިލްތެޔޮ ރިގްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު