Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025 | ބުރާސްފަތި 06:02

ކޮވިޑު ފެތުރެމުން ދިޔަ ދުވަސްވަރު ކަންތައް ވެގެން ދިޔަ ގޮތުގެ ވާހަކަ ދައްކަވަމުން ސުނާކް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވި އަސަރާއި، އެކަން ކަމާ ކުރިމަތިލާނެ ގޮތް ފޮތެއްގައި ލިޔެފައި ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޑިސެމްބަރު 2025 | ބުރާސްފަތި 06:02
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާކް

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާކް | ރޮއިޓާސް

ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރަށް ހުރިހާ ވަޒީފާ ތަކެއް ސާލަމަތް ކުރެވޭނެ ކަމަށް ނުބެލެވުނު ނަމަވެސް، ސަރުކާރުން ވަނީ އެތައް ވަޒީފާ ތަކެއް ސަލާމަތްކޮށް، ބޮޑު ނުރައްކާތެރި ކަމެއް ހުއްޓުވާފައި ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާކް ވިދާޅުވެއްޖެ އެވެ. 

ކޮވިޑު ފެތުރިގެން ދިޔަ ދުވަސްވަރު އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އައީ ކޮންޒަވޭޓިވް ޕާޓީ އިންނެވެ. އޭރު އެ ޤައުމުގެ ބޮޑު ވަޒީރުގެ މަގާމުގައި ބޮރިސް ޖޮންސަން ހުންނެވިއިރު، ސުނާކް ހުންނެވީ ޗާންސެލަރުގެ މަގާމުގަ އެވެ. ސުނާކް ވިދާލުވީ އެ ދުވަސްވަރު ހުރިހާ ވަޒީފާ ތަކެއް ސަލާމަތް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

ނަމަވެސް، އެ ދަތި ޙާލަތުގައި ވެސް ސަރުކާރުން އެތައް ވަޒީފާ ތަކެއް ސަލާމަތް ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑު ނުރައްކާތެރި ކަމެއް ހުއްޓުވުނު ކަމަށް ސުނާކް ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވައި ސުނާކް ވިދާޅުވީ، އެއީ އިނގިރޭސިވިލާތުގެ ސަރުކާރަށް ހޯދުނު ކާމިޔާބެއް ކަމަށެވެ. އިތުރަށް ސުނާކް ވިދާޅުވީ، ބަލި ފެތުރެން ފެށި ފުރަތަމަ ދަނޑިވަޅުގައި ލަފާ ކުރި ވަރަށް ވުރެ، ވަޒީފާގެ ދާއިރާ އަށް ކުރި އަސަރު ކުޑަ ކަމަށާއި، އެކަން ރަނގަޅު ކަމަށެވެ. 

ކޮވިޑު ފެތުރެމުން ދިޔަ ދުވަސްވަރު ކަންތައް ވެގެން ދިޔަ ގޮތުގެ ވާހަކަ ދައްކަވަމުން ސުނާކް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވި އަސަރާއި، އެކަން ކަމާ ކުރިމަތިލާނެ ގޮތް ފޮތެއްގައި ލިޔެފައި ނެތް ކަމަށެވެ. އެގޮތުން އޭރު ސަރުކާރާއި، ސަރުކާރުގެ ވަޒީރުން ވެސް ކުރިމަތިލާން ޖެހުނީ، މީގެ ކުރިން އެއްވެސް މީހަކު ކުރިމަތިލާފައި ނުވާ ޙާލަތަކާ ކަމަށް ސުނާކް ވިދާޅުވި އެވެ. 

މީގެ އިތުރުން ސުނާކް ވިދާޅުވެފައި ވަނީ ކޮވިޑު ފެތުރިގެން އައި ފުރަތަމަ ދުވަސްވަރު އެއްވެސް ޔަޤީން ކަމެއް ނެތް ކަމަށެވެ. އެގޮތުން އެ ބަލި ފެތުރިގެން ދާނެ ފުޅާ މިނާއި، އެކަމުގައި ހޭދަ ކުރަން ޖެހޭނެ މުއްދަތު އަދި ސަރުކާރުން އަޅާ ފިޔަވަޅު ތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ސާފު އަސަރެއް އަންދާޒާ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާހިރުންނަށް ވެސް އެކަން ކުރުމުގައި އެތައް ގޮންޖެހުން ތަކެއް ދިމާވެފައިވާ ކަމަށް ސުނާކް ވިދާޅުވެފައިވެ އެެވެ. 

ކޮވިޑާ ގުޅިގެން ކުރިއަށް ގެންދިޔަ އިންކުއަރީ ގައި ފާހަގަ ކޮށްފައި ވަނީ، ސަރުކާރުން އެ ވައިރަސް އެހާ ސީރިއަސް ކޮށް ނުނަގާ ކަމަށެވެ. އަދި އެކަން ކުރަން ސަރުކާރު ވަަރަށް ބޮޑު ތަނުން ލަސްވެގެން ދިޔަ ކަމަށާއި، 2020 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ނޭޅި، ލަސް ވެގެން ދިޔަ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ސުނާކް ވިދާޅުވީ، އޭރު އޭނާ ގެ އެންމެ ބޮޑު އަމާޒަކަށްވީ ވަޒީފާގެ ދާއިރާ އަށް ކުރިމަތިވާ ގޮންޖެހުންތައް މަދު ކުރުން ކަމަށެވެ. ޚާއްސަކޮށް އެ ދާއިރާ އަށް ކުރިމަތިވާން އޮތް ނުރައްކާތައް ހުއްޓުވަން ޚާއްސަ ސަމާލު ކަމެއް ދީފައި ވާނެ ކަމަށް ސުނާކް ފާހަގަ ކުރެއްވި އެވެ. އެކަން ފާހަގަ ކުރައްވައި ސުނާކް ވިދާޅުވީ، ވަޒީފާފެ ދާއިރާ ސަލާމަތް ކުރުމަށް އަވަސް ފިޔަަވަޅު ތަކެއް ސަރުކާރުން އަޅަން ޖެހުނު ކަމަށެވެ. 

އޭރު ސުނާކް ވަނީ ވަޒީގެ ދާއިރާ އަށް ޚާއްސަކޮށްގެން ސްކީމެއް ވެސް ތައާރަފު ކުރައްވައިފަ އެވެ. ކަންކަން ކުރުމުގައި ވަރަށް ބޮޑަށް ބަލައިގެން، އަދި ސަމާލުވެގެން ކަންކަން ކުރަން ޖެހުނު ކަަމަށް ފާހަގަ ކުރައްވަމުން ސުނާކް ވިދާޅުވީ، އެ ސްކީމް ވެސް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވުނު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. 

މަސްދަރު: ބީބީސީ

ކޮވިޑް-19އިނގިރޭސިވިލާތްރިޝީ ސުނާކުބޮރިސް ޖޯންސަންކޮންޒަވޭޓިވް ޕާޓީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ
14 އޯގަސްޓު 2026

ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި

14 އޯގަސްޓު 2026
ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި
12 އޯގަސްޓު 2026

ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި

12 އޯގަސްޓު 2026
ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި
10 އޯގަސްޓު 2026

ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!

10 އޯގަސްޓު 2026
ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
30 ޖުލައި 2026

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026
ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!
29 ޖުލައި 2026

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި

29 ޖުލައި 2026
ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި
27 ޖުލައި 2026

އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ

27 ޖުލައި 2026
އަވަސް އިންތިޚާބަކަށް ނުދާނެކަަމަށް ބޮޑު ވަޒީރު ބާންހަމް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް