Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އަންހެނުންނާއި ކުޑަ ކުދިންނަށް އަނިޔާ ކުރުމަކީ، ޤައުމީ ބޮޑު މައްސަލަ އެއް: ހޯމް ސެކްރެޓަރީ ޝަބާނާ މަހުމޫދު

16 ޑިސެމްބަރު 2025 | އަންގާރަ 03:37

ހޯމް ސެކްރެޓަރީ ވިދާޅުވީ ސަރުކާރުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، އެކަމަނާ އަށް ނިންމަން ޖެހުނު އެންމެ ހިތާމަވެރި ނިންމުމަކީ ވެސް އެއީ ކަމަށް. އެގޮތުން، އަދުލު އިންސާފު ޤާއިމު ކުރުމުގެ ނިޒާމު އޮތީ އަންހެނުންނަށް ފެއިލްވެފައި ކަމަށް އެކަމަނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޑިސެމްބަރު 2025 | އަންގާރަ 03:37
އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޝަބާހާ މަހުމޫދު

އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޝަބާހާ މަހުމޫދު

އަންހެނުންނާއި ކުޑަ ކުދިންނަށް އަނިޔާ ކުރުމަކީ ޤައުމީ ބޮޑު މައްސަލައެއް ކަމަށް، އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޝަބާހާ މަހުމޫދު ވިދާޅުވެއްޖެ އެވެ. 

އެކަމަނާ މިހެން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތާއި، ވޭލްސްގައި ޖިންސީ ކުށްތައް ތަހުގީގު ކުރުމަށް ޚާއްސަ ޓީމުތައް ޤާއިމުކޮށް، އެކަން ރާވައި އިއުލާން ކުރައްވަމުންނެވެ. 

މިކަމަކީ ދިގު މުއްދަތަކަށް ލަސްވެފައިވާ ކަމެއް ކަމަށްވާއިރު، މިހާރު ރާވާފައިވާ ކަންކަމުގެ ބޭނުމަކީ އަންހެނުންނާއި ކުޑަ ކުދިންނަށް ގެއްލުން ދެމުން އަންނަ މިންވަރު ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަދު ކުރުމެވެ. މިކަމުގައި، އޮންލައިންކޮށް ޙަރަކާތްތެރިވާ ސިއްރު ފުލުހުންގެ ޔުނިޓު ތަކަށް ފަންޑު ފޯރުކޮށްދިނުމާއި، ގެވެށި އަނިޔާ އިން ރައްކާތެރި ވުމުގެ އަމުރުތައް ތަންފީޒު ކުރުން ވެސް ހިމެނެ އެވެ. މިކަން އިއުލާން ކުރުމަށް މިއަހަރުގެ ތެރޭގައި ވަނީ ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފަ އެވެ. 

ހޯމް ސެކްރެޓަރީ ވިދާޅުވީ ސަރުކާރުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، އެކަމަނާ އަށް ނިންމަން ޖެހުނު އެންމެ ހިތާމަވެރި ނިންމުމަކީ ވެސް އެއީ ކަމަށެވެ. އެގޮތުން، އަދުލު އިންސާފު ޤާއިމު ކުރުމުގެ ނިޒާމު އޮތީ އަންހެނުންނަށް ފެއިލްވެފައި ކަމަށް އެކަމަނާ ފާހަގަ ކުރެއްވި އެވެ. ޚާއްސަކޮށް އެކި ސަރަހައްދު ތަކުގައި ފުލުހުން މައްސަލަތައް ތަހުގީގު ކުރާ ގޮތް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށް ވެސް ހޯމް ސެކްރެޓަރީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، އަލަށް އެކުލަވާލާފައިވާ ޓީމު ތަކުގައި، ޖިންސީ ކުށްތައް ތަހުގީގު ކުރުމުގެ ޚާއްސަ ހުނަރު ތަކެއް ލިބިފައިވާ އޮފިސަރުން ޙަރަކާތްތެރި ވާނެ އެވެ. އެގޮތުން މުވައްޒަފުންނަށް އަނިޔާ ދިނުމުގެ ކުށް ކުރާ މީހުންނާއި، އެކަމުގެ ޝިކާރަ އަކަށް ވެފައިވާ މީހުންގެ ވިސްނުން ދެނެގަތުމަށް ރަނގަޅު ތަމްރީނު ލިބިފައި ހުންނާނެ ކަމަށް ހާމަ ކޮށްފައިވެ އެވެ. މިހާރު ވެސް، ފުލުހުންގެ ބާރު ތަކުގެ ތެރެއިން 50 އިންސައްތަ އަށް ވުރެ ގިނަ ބާރު ތަކުގައި މިފަދަ ޓީމުތައް އޮތްއިރު، 2029 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ބާރު ތަކެއްގައި މި ޓީމު ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

މީގެ އިތުރުން ގެވެށި އަނިޔާ އިން ރައްކާތެރި ވުމުގެ އަމުރުތައް އިނގިރޭސިވިލާތް އަދި ވޭލްސްގެ އެކި ސަރަހައްދު ތަކުގައި ތަންފީޒު ކުރާނެ އެވެ. މި އަމުރު ތަކުން ކުށްވެރިޔާ އަށް އެހެން މީހުންނަށް ގެއްލުން ދިނުމާއި، މީހުންގެ ގެތަކަށް ވަނުން އަދި އޮންލައިންކޮށް ގެއްލުންދޭ އެންމެހާ ކޮންޓެންޓު ޕޯސްޓުތައް ވެސް މަނާ ކުރެވޭނެ އެވެ. އެ އަމުރާ ޚިލާފު ވުމަކީ ބޮޑު ކުށެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ. 

ހޯމް ސެކްރެޓަރީ ވިދާޅުވީ އެ އަމުރު ތަކުގެ ފައިދާ އަށް ބަލާ ނަމަ، ފުރަތަމަ ފިޔަވަހީގެ ނަތީޖާ ފެންނަނީ ވެސް ވަރަށް ރަނގަޅަށް ކަމަށެވެ. އަމުރުތަކާ ޚިލާފުވި މީހުން ހައްޔަރު ކުރުމުގެ އަދަދު ވެސް އިތުރު ކަމަށް ފާހަގަ ކުރައްވައި އެކަމަނާ ވިދާޅުވީ، އިންޓަނެޓުގައި އަންހެނުންނާއި ކުޑަ ކުދިންނަށް އަނިޔާ ކުރާ މީހުން ހޯދުމަށް ބޮޑު ހޭދައެއް ކުރައްވާނެ ކަަމަށެވެ. އެކަމަށް ޙަރަކާތްތެރިވާާ ސިއްރު ފުލުހުންގެ ޔުނިޓު ތަކަށް ދެ މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ ޚަރަދު ކުރާނެ ކަމަށް ހޯމް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ. 

މަސްދަރު: ބީބީސީ

ޝަބާނާ މަހްމޫދުއިނގިރޭސިވިލާތްއަންހެނުންނަށް އަނިޔާކުރުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

13 ޑިސެމްބަރު 2025
ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި
13 ޑިސެމްބަރު 2025

ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި

13 ޑިސެމްބަރު 2025
ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި
13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
01 ޑިސެމްބަރު 2025

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

01 ޑިސެމްބަރު 2025
"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"
30 ނޮވެމްބަރު 2025

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
30 ނޮވެމްބަރު 2025

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް
25 ނޮވެމްބަރު 2025

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި
24 ނޮވެމްބަރު 2025

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް