Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

ރޭނާ އަލުން އެނބުރި ކެބިނެޓަށް ވަޑައިގެންފާނެތޯ ސުވާލު ކުރުމުން ސްޓާމާ ވިދާޅުވީ، އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމަށް. އަދި ރޭނާ އަކީ ވަރަށް ހުނަރުވެރި ބޭފުޅެއް ކަމަށާއި، އޭނާ އަކީ އެހާމެ ބޮޑު ޚިދުމަތްތެރިއެއް ކަމަށް ސްޓާމާ ވިދާޅުވެފައިވޭ. ރޭނާ އަކީ ބޮޑު ވަޒީރު ސްޓާމާގެ އެންމެ އަރިހުގައި ހުންނެވި އެއް ބޭފުޅާ.

ޓެކްސް ސްކޭންޑަލެއްގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހު އިސްތިއުފާ ދެއްވި އެންޖެލާ ރޭނަރު ނައިބު ލޭބަރ ލީޑަރުކަމުގެ ބަދަލުގައި ލޫސީ ޕަވެލް އައީ ޕާޓީގެ މެމްބަރުންގެ އިންތިހާބަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 05:41
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ، އަދި ބޮޑު ވަޒީރުގެ ކުރީގެ ނައިބު ރޭނާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ، އަދި ބޮޑު ވަޒީރުގެ ކުރީގެ ނައިބު ރޭނާ

އިނގިރޭސިވިލާތު ގެ ބޮޑު ވަޒީރުގެ ނައިބުގެ މަޤާމުން އިސްތިއުފާ ދެއްވި އެންޖެލާ ރޭނާ އަލުން އެނބުރި ކެބިނެޓަށް ވަޑައިގަންނަވާނެ ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ.

ބޮޑު ސްޓާމާ ގެ ސަރުކާރުގެ ހައުސިން ސެކްރެޓަރީގެ މަޤާމުގައި ވެސް ހުންނެވި ރޭނާ، މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ހައުސިން ސެކްރެޓަރީ އާއި، ބޮޑު ވަޒީރުގެ ނައިބުގެ އިތުރުން، ވެރިކަން ކުރާ ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުން ވެސް ރޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ރޭނާ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ، މަދުން ޓެކްސް ދައްކާފައިވާ ކަމަށް ފެންމަތިވުމާ ގުޅިގެންނެވެ. އެގޮތުން ހޯވްގައި ހުރި 800،000 (އަށް ލައްކަ) ޕައުންޑުގެ ގެއެއް ގަތުމުގައި ސްޓޭމްޕް ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާހެ ޞައްޙަ އަދަދު ދައްކާފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

އެ މައްސަލައިގައި ތަހުގީގުގައި ބުނެފައި ވަނީ، ރޭނާ އަމަލު ކުރައްވާފައި ވަނީ ރަނގަޅަށް ކަމަށާއި، ނަމަވެސް ޓެކްސް ދެއްކުމުގައި ހޯދާފައިވާ ލަފަ އަކީ ރަނގަޅު ލަފައެއް ނޫން ކަމަށެވެ. އަދި އެއީ ވަޒީރުންގެ މަޤާމު ތަކަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އިސްތިއުފާ ދެއްވަމުން އޭރު ރޭނާ ވިދާޅުވެފައި ވަނީ އެއީ ގަސްދުގައި އޭނާ ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ނުރަނގަޅު ލަފައެއް ލިބިފައި ވުމުން ހިނގާފައިވާ ކަމެއް ކަމަށެވެ.

ދަ އޮބްޒާވާ އަށް ދެއްވި އިންޓަވިޔުއެއްގައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ ރޭނާ އަކީ، ލޭބާ ޕާޓީ އާއި އެ ޕާޓީގެ ޙަރަކާތް ތަކުގައި ވަރަށް ވަރުގަދަ އަޑެއް ކަމަށެވެ. އަދި އޭނާ އަކީ އެ ޕާޓީގައި ސާބިތުކަމާ އެކު ދެމި ހުންނެވި މީހެއް ކަމަށް ސްޓާމާ ފާހަގަ ކުރެއްވި އެވެ. ސްޓާމާ ވިދާޅުވީ ކުޑައިރު ވަރަށް ފަޤީރު ޙާލުގައި ރޭނާ ދުވަސްތައް ހޭދަ ކުރެއްވި ކަމަށާއި، އުމުރުން އެންމެ 16 އަހަރުގައި ސްކޫލާ ވެސް ދުރަށް ދާން ޖެހިފައިވާ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ސްޓާމާ ވިދާޅުވީ، އިނގިރޭސިވިލާތުގައި އެންމެ މޮޅު ސޯޝަލް މޮބިލިޓީ ވާހަކަ އަކީ ވެސް ރޭނާގެ ވާހަކަ ކަމަށެވެ. އިސްތިއުފާ ދެއްވުމަށް ރޭނާ ވަޑައިގެންނެވުމުން ރޭނާގެ މަތިން ހަނދާންވޭތޯ ސުވާލު ކުރުމުން ސްޓާމާ ވިދާޅުވީ، ޝައްކެއް ވެސް ނެތް ގޮތުގައި ހަނދާންވާ ކަމަށެވެ.

އެއާ އެކު، ރޭނާ އަލުން އެނބުރި ކެބިނެޓަށް ވަޑައިގެންފާނެތޯ ސުވާލު ކުރުމުން ސްޓާމާ ވިދާޅުވީ، އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. އަދި ރޭނާ އަކީ ވަރަށް ހުނަރުވެރި ބޭފުޅެއް ކަމަށާއި، އޭނާ އަކީ އެހާމެ ބޮޑު ޚިދުމަތްތެރިއެއް ކަމަށް ސްޓާމާ ވިދާޅުވެފައިވެ އެވެ. ރޭނާ އަކީ ބޮޑު ވަޒީރު ސްޓާމާގެ އެންމެ އަރިހުގައި ހުންނެވި އެއް ބޭފުޅާ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ރޭނާއާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ދައްކަވާފައިވާ މި ވާހަކަ އަކީ ވަރަށް ބޮޑު ޔަޤީންކަމަކާ އެކު ދައްކަވާފައިވާ ވާހަކައެއް ކަމަށެވެ. އަދި ބޮޑު ވަޒީރުގެ ވާހަކަ ތަކުން، އޭނާގެ ސަރުކާރުގައި ރޭނާގެ މުހިންމުކަމާއި، ލޭބާ ޕާޓީ އަށް އޭނާގެ ބޭނުންތެރިކަން ހާމަވާ ކަމަށް ވެސް ފާހަގަވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކުރިއަށް ދިޔަ ޖީ20 ސަމިޓުގައި ބައިވެރިވެ ވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން ސްޓާމާ ވިދާޅުވެފައި ވަނީ، ދައުރުގެ ކޮންމެ ވެސް ހިސާބަކުން ރޭނާ އަލުން އެނބުރި ސަރުކާރަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ޔަޤީންކަމާ އެކު ދަންނަވާ ކަމަށެވެ.

ލޭބާ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުން ރޭނާ އިސްތިއުފާ ދެއްވުމާ އެކު، ޑެޕިއުޓީ ލީޑަރު ކަމަށް ވަނީ އެހެން މީހަކު އިންތިޚާބު ކޮށްފަ އެވެ. އެ މަޤާމަށް މީހަކު އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައި، ޑެޕިއުޓީ ލީޑަރުގެ މަޤާމަށް ވަޑައިގެންފައި ލޫސީ ޕަވެލް އެވެ. ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރުގައި އޭނާ ހުންނެވި ނަމަވެސް، ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އޭނާ ސަރުކާރުން ވަކި ކުރައްވައިފަ އެވެ.

އިސްތިއުފާ ދެއްވުމަށް ފަހު ރޭނާ ވަޑައިގެންނެވި ފަހުން، އޭނާ ހުންނަވަނީ ސިޔާސީ މައިދާނާ ދުރުގަ އެވެ. އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ބަޔާނެއް ނެރުއްވިއިރު، ސަރުކާރުން ދުރަށް ވަޑައިގެންނެވި ފަހުން ހައުސް އޮފް ކޮމަންސްގައި ވެސް ރޭނާ ވާހަކަ ދައްކަވާފައި ވަނީ އެންމެ ފަހަރަކު އެވެ.

ސްކައި ނިއުސްއާ ވާހަކަ ދައްކަވަމުން ވޯކް އެންޑް ޕެންޝަންސް ސެކްރެޓަރީ ޕެޓް މެކްފެޑަން ވިދާޅުވެފައި ވަނީ ރޭނާ އަކީ ވަރަށް ހުނަރުވެރި ބޭފުޅެއް ކަމަށާއި، އޭނާ އަލުން އެނބުރި ސަރުކާރަށް ވަޑައިގަންނަވާ ނަމަ އެކަމަށް މަރުޙަބާ ދަންނަވާނެ ކަމަށެވެ. އަދި އެކަން ވާނީ ބޮޑު ވަޒީރުގެ ނިންމުމަކަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މަސްދަރު: ބީބީސީ

އެންޖެލާ ރޭނަރލޭބާ ޕާޓީ - ޔޫކޭކެއި ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)އިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

10 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު