Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި

އިނގިރޭސިވިލާތުގެ ޞިއްޙީ ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ފާއިތުވި ހަފުތާގައި ދުވާލަކު މެދު ނުކެނޑި ދެހާސް ހަ ސަތޭކަ ފަސްދޮޅަށް މީހުން ފްލޫގެ ފަރުވާ އަށް ހޮސްޕިޓަލްގައި އެޑްމިޓު ކޮށްފައިވާ ކަމަށް. މިއީ މި ދުވަސްވަރަށް ގިނަ އަދަދެއް ކަމަށް ފާހަގަ ކޮށްފައިވާއިރު، އެއީ ކުރީ ހަފުތާއާ އަޅާ ބަލާއިރު 55 މީހުންގެ އިތުރު ވުމެއް ކަމަށް ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 05:12
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އަންނަ ހަފުތާގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަޅުތާލުގައި ބައިވެރި ނުވުމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ޑޮކްޓަރުންނަށް ގޮވާލައްވައިފި އެވެ. 

ސްޓާމާ ވިިދާޅުވީ އިނގިރޭސިވިލާތުގެ ހުރިހާ ސަރަހައްދެއްގައި ވެސް ނުރައްކާތެރި ހުމެއް ފެތުރެމުން އަންނަ ކަަމަށާއި، މިއީ ކޮރޯނާ ވައިރަސް ފެތުރުނު ދުވަސްވަރަށް ފަހު އެންމެ ނުރައްކާތެރި އެއް ދުވަސްވަރަށް ވެދާނެ ކަމަށް ލަފާ ކޮށްފައިވާ ކަމަށެވެ. މި ދަނޑިވަޅުގައި ޑޮކްޓަރުން ހަޅުތާލު ބާއްވައިފި ނަމަ، ޞިއްޙީ ނިޒާމު އަދި ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ. 

ޑޮކްޓަރުންގެ ޔޫނިއަން ކަމަށްވާ، ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން އިން މިހާރު އަންނަނީ، ހަޅުތާލު ކެންސަލް ކުރުމަށް އެ ޔޫނިއަންގެ މެމްބަރުންގެ ޚިޔާލު ހޯދަމުންނެވެ. އެގޮތުން ހަޅުތާލު ކެންސަލް ކުރުމަށް ޔޫނިއަންގެ މެމްބަރުން އެއްބަސްވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އެއަށް ފަހު، މެމްބަރުން ނިންމާ ގޮތެއް ހޯމަ ދުވަހު ހާމަ ކުރާނެ ކަމަށް ބެލެވެ އެވެ.

އެހެން  ނަމަވެސް، ހަޅުތާލު ފަސް ކުރުމާ ނުވަތަ ކެންސަލް ކުރުމާ ދެކޮޅަށް ޔޫނިއަންގެ މެމްބަރުން ވޯޓު ދީފި ނަމަ ޑިސެމްބަރު މަހުގެ 17 ވާ ބުދަ ދުވަހު އެ ހަޅުތާލު ފަށާނެ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން އެ ހަޅުތާލު ކުރިއަށް ގެންދާނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށް ރިޕޯޓު ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ޔޫނިއަންގެ ތަރުޖަމާނަކު ވިދާޅުވީ މުސާރަ އާއި، މަސައްކަތުގެ ޙާލަތު އަދި ޞިއްޙީ ނިޒާމުގެ އިތުބާރާ ގުޅޭ ގޮތުން ސަރުކާރުގެ ހުށަހެޅުމެއް ލިބުމުން ހަޅުތާލު ހުއްޓާލާނެ ކަމަށެވެ. އެ ހަޅުތާލު ކުރިއަށް ގެންދާ ނަމަ، އެކަމުގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑު ވަޒީރު ސްޓާމާގެ ސަރުކާރަށް ޕްރެޝަރު ބޮޑު ވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. 

ދިރާސާ ތަކުން ދައްކާ ގޮތުގައި އާންމުކޮށް ހުން ފަތުރޭ ދުވަސްވަރަށް ވުރެ ހަލުވިކޮށް ހުން ފެތުރުމުގެ ފުރުސަތު އެބަ އޮތެވެ. ވައިރަހުގެ އައު ވައްތަރެއް ފެތުރެމުންދާތީ، މިއަހަރުގެ ފްލޫ މޫސުމަކީ ވަރަށް ނުރައްކާތެރި މޫސުމަކަށް ވެދާނެ ކަމަށް ޞިއްޙީ މާހިރުން ވަނީ ބުނެފަ އެވެ. ގިނަ ބަޔަކު އެކަމަށް ސުޕަ ފްލޫ ކިޔަމުން އަންނަ ނަމަވެސް، އެއީ ފަރުވާ ހޯދުމަށް އުނދަގޫ ބައްޔެއް ނޫން ކަމަށް ބުނެފައިވެ އެވެ. 

އިނގިރޭސިވިލާތުގެ ޞިއްޙީ ޚިދުމަތް ދެމުން އަންނަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ފާއިތުވި ހަފުތާގައި ދުވާލަކު މެދު ނުކެނޑި ދެހާސް ހަ ސަތޭކަ ފަސްދޮޅަށް މީހުން ފްލޫގެ ފަރުވާ އަށް ހޮސްޕިޓަލްގައި އެޑްމިޓު ކޮށްފައިވާ ކަމަށެވެ. މިއީ މި ދުވަސްވަރަށް ގިނަ އަދަދެއް ކަމަށް ފާހަގަ ކޮށްފައިވާއިރު، އެއީ ކުރީ ހަފުތާއާ އަޅާ ބަލާއިރު 55 މީހުންގެ އިތުރު ވުމެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ސްކޮޓްލޭންޑާއި، ވޭލްސް އަދި އުތުރު އަޔަލެންޑުގައި ވެސް ފްލޫގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކަ އެވެ. 

މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި ކުޑަ ކުދިންނާއި، ޒުވާނުން މި ބަލީގައި ވަރަށް ބޮޑަށް ބަލުވެ، ޙާލު ދެރަވެފައިވެ އެވެ. ގާޑިއަން ނޫހަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، ހަޅުތާލު ބާއްވައިގެން ނުވާނެ ކަމަށާއި، ރެޒިޑެންޓް ޑޮކްޓަރުން ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް ހަޅުތާލު ހުއްޓާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

މަސްދަރު: ބީބީސީ

ކިއަ ސްޓާމާއިނގިރޭސިވިލާތްބްރިޓިޝް މެޑިކަލް އެސޯސިއޭޝަންޑޮކްޓަރުންގެ ހަޅުތާލު

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު