Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

ރަސްގެފާނު ވިދާޅުވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ނުވަ މިލިއަން މީހުން، ކެންސަރު ހުރިތޯ ބެލުމުގެ ޕްރޮގްރާމްގައި ބައިވެރި ނުވާ ކަމަށް ހާމަ ކުރައްވާފައި. އަދި އިންތިހާ އަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ރަސްގެފާނު ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 04:23
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ

ކެންސަރަށް މިހާރު ހޯއްދަވަމުން ގެންދަވާ ފަރުވާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާރލްސް ތިން ވަނަ ވިދާޅުވެއްޖެ އެވެ. 

ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ރަސްގެފާނު ޗާރލްސް މިހެން ވިދާޅުވީ، ހުކުރު ދުވަހު ޗެނަލް ފޯ ޓެލެވިޝަންއާ ވާހަކަ ދައްކަވަމުންނެވެ. މިއީ ކެންސަރު ދިރާސާ ތަކަށް ފައިސާ ހޯދުމަށް ބާއްވާ ސްޓޭންޑް އޮފް ޓު ކެންސަރު ކެމްޕެއިން އަށް އޭނާ ދެއްކެވި ވާހަކަ އެވެ. 

އުމުރުފުޅުން 77 އަހަރުގެ ޗާރލްސް ވިދާޅުވީ ކުރީ ކޮޅު ކެންސަރު ބަލި ދެނެގަތުމާއި، ޚަރުދަނާ ފަރުވާ އަދި ޑޮކްޓަރުންގެ ފުރިހަމަ އިރުޝާދު ތަކަށް ތަބާވުމުގެ ސަބަބުން އޭނާގެ ކެންސަރު ފަރުވާ އައު އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ރަސްގެފާނު ޗާރލްސް އަށް ކެންސަރު ބަލި ޖެހިފައިވާކަން ހާމަ ކުރައްވާފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް، އެއީ ކޮން ބާވަތެއްގެ ކެންސަރު ބައްޔެއް ކަމެއް ހާމަ ކޮށްފައި ނުވެ އެވެ. 

ބައްޔާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރަސްގެފާނު ވިދާޅުވީ ކެންސަރު ބައްޔެއް ދެނެގަތުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް ހީވެދާނެ ކަމަށެވެ. ނަމަވެސް، ކުރީ ކޮޅު ބަލި ދެނެގަތުމަކީ ފަރުވާގެ ދަތުރު ބަދަލު ކޮށްލެވޭނެ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމުގެ ސަބަބުން ފަރުވާ ދެއްވާ ޑޮކްޓަރުންނަށް ވެސް ގިނަ ވަގުތު ލިބިގެންދާ ކަަމަށާއި، އާއިލާ އާއި ގާތް ރަޙުމަތްތެރިންނަށް އުންމީދު ލިބިގެން ދާ ކަމަށް ވެސް ރަސްގެފާނު ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން ރަސްގެފާނު ވިދާޅުވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ނުވަ މިލިއަން މީހުން، ކެންސަރު ހުރިތޯ ބެލުމުގެ ޕްރޮގްރާމްގައި ބައިވެރި ނުވާ ކަމަށް ހާމަ ކުރައްވާފައި އެވެ. އަދި އިންތިހާ އަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ރަސްގެފާނު ފާހަގަ ކުރެއްވި އެވެ. އެ މީހުން އެކަން ކޮށްފި ނަމަ، ކުރީ ކޮޅު ބަލި ދެނެގަތުމުގެ ފުރުސަތު ވަރަށް ގިނަ ބަޔަކަށް އޮންނާނެ ކަމަށް ވެސް ރަސްގެފާނު ވަނީ ވިދާޅުވެފަ އެވެ. 

ހަމަ އެހެންމެ، ކެންސަރަށް ފަރުވާ ދިނުމުގައި ހޯދާފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވައި، ރަސްގެފާނު ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. ރަސްގެފާނުގެ ވާހަކަފުޅާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ ވިދާޅުވެފައި ވަނީ، ކުރީ ކޮޅު ކެންސަރު ބަލި ދެނެގަނެވިއްޖެ ނަމަ، ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި ރަސްގެފާނުގެ ފަރުވާ އަވަހަށް ނިންމާލެވޭނެ ކަމުގެ އުންމީދު އޮތުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި އެވެ. 

ރަސްގެފާނު ޗާރލްސްގެ ޞިއްޙީ ޙާލަތާ ގުޅޭ ގޮތުން އާންމު ގޮތެއްގައި ވާހަކަ ދައްކަވަމުން ގެންދަވާއިރު، މީގެ ކުރިން ރަސްގެފާނުގެ މަންމާާފުޅު ރާނީ އެލިޒަބަތު ދެ ވަނައިގެ ޞިއްޙީ ޙާލު ކޮޅު ވަރަށް ބޮޑަށް ސިއްރު ކޮށްފައި އޮތް ކަމަށް ރިޕޯޓު ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެއާ ޚިލާފަށް، ރަސްގެފާނު ގެންދަވަނީ އޭނާގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުން ކަމަަށް ބުނެފައިވެ އެވެ.

ކެންސަރަށް ފަރުވާ ހޯދުމަށް ފަށާފައިވާ ކެމްޕެއިން ސްޓޭންޑް އަޕް ޓު ކެންސަރުން ވަނީ މިހާތަނަށް ވިހި ވައްތަރަށް ވުރެ ގިނަ ކެންސަރު ބައްޔަަށް ދިރާސާ ކުރުމަށް އެއް ސަތޭކަ ތޭރަ މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ ހޯދައިފަ އެވެ. 

މަސްދަރު: އޭއެފްޕީ

ރަސްގެފާނު ޗާލްސް ތިންވަނަކެންސަރުއިނގިރޭސިވިލާތްސްޓޭންޑް އަޕް ޓު ކެންސަރުކިއަ ސްޓާމާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު