Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އެގޮތުން ސްޓާމާގެ ވާހަކަފުޅުގައި ވިދާޅުވާނީ ޗާންސެލަރުގެ ބަޔާނުން ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ ދަތިތައް ކުޑަ ކުރުމަށާއި، އިންފްލޭޝަން ދަށް ކުރުމަށާއި، އިޤްތިޞާދީ ސްޓެބިލިޓީ ކަށަވަރު ކުރުމަށް އެހީތެރި ވާނެ ކަމަށެވެ.

ބްރިޓަނުގެ ކޮންޒަވޭޓިވް ޕާޓީން ތުހުމަތު ކުރަނީ ޗާންސެލަރު ރީވްސް އިގްތިސާދީ ކުރިމަގާ ބެހޭ ގޮތުން ވަރަށް ނޭދެވޭ ގޮތަކަށް ވާހަކަ ދައްކައި އާންމުންނަށް ދޮގު ހަދާފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 13:54
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އަދި ރީވްސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އަދި ރީވްސް

އިނގިރޭސިވިލާތުގެ ޗާންސެލަރު ރޭޗަލް ރީވްސް ހުށަހަޅުއްވާފައިވާ ބަޖެތަށް ތާއީދު ކުރައްވައި، ބޮޑު ވަޒީރު ކިއާ ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވާނެ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ބަޖެޓާ ގުޅޭ ގޮތުން ހޯމަ ދުވަހު ބޮޑު ވަޒީރު ސްޓާމާ ދައްކަވާ ވާހަކަފުޅުގައި ސަރުކާރުން އިޤްތިޞާދީ ކުރިއެރުމަށް ހިންގާ މަސައްކަތައް އިތުރަށް އަވަސް ކުރައްވާނެ ކަމަށް ވިދާޅުވާނެ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެގޮތުން ސްޓާމާގެ ވާހަކަފުޅުގައި ވިދާޅުވާނީ ޗާންސެލަރުގެ ބަޔާނުން ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ ދަތިތައް ކުޑަ ކުރުމަށާއި، އިންފްލޭޝަން ދަށް ކުރުމަށާއި، އިޤްތިޞާދީ ސްޓެބިލިޓީ ކަށަވަރު ކުރުމަށް އެހީތެރި ވާނެ ކަމަށެވެ.

ބޮޑު ވަޒީރު ސްޓާމާ މި ވާހަކަފުޅު ދައްކަވަން ނިންމަވާފައި ވަނީ، ބަޖެޓު ހުށަހެޅުމުގެ ކުރިން ދައުލަތުގެ މާލީ ޙާލަތު ގޮތް ގޮތް ޓްރެޒަރީ އިން ބަޔާން ކުރި ގޮތާ ގުޅިގެން ސުވާލު އެފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީ އިން ތުހުމަތު ކޮށްފައި ވަނީ، އޮފިޝަލް ޕޯކާސްޓު ތަކުން އިތުރު އުންމީދީ ދަސްވީރެއް ދައްކާފައިވާއިރު، އިޤްތިޞާދީ ކުރިމަގާ ގުޅޭ ގޮތުން ޗާންސެލަރު ރީވްސް ނޭދެވޭ ގޮތެއްގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ދޮގު ހައްދަވައި ރީވްްސްް ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް އެ ޕާޓީ އިން ވަނީ ތުހުމަތު ކޮށްފަ އެވެ.

ނަމަވެސް ބޮޑު ވަޒީރުގެ ރަސްމީ އޮފީސް، ނަންބަރު 10 ޑައުނިން ސްޓްރީޓް އިން ވަނީ ރީވްސް ދިފާއު ކޮށްފަ އެވެ. އަދި އާންމުންނަށް އޮޅޭ ގޮތަށް އޭނާ ވާހަކަ ދައްކަވާފައި ނުވާ ކަމަށާއި، އޭނާގެ ވާހަކަ ތަކަަށް ތާއީދު ކުރާ ކަމަށް ވެސް، އެ އޮފީހުން ވަނީ ބުނެފަ އެވެ.

އޮފީސް ފޯ ބަޖެޓު ރެސްޕޮންސިބިލިޓީ (އޯބީއާރު) އިން އަންނަ އަހަރުން ފެށިގެން އިޤްތިޞާދީ ކުރިއެރުމުގެ ލަފާ ދަށްކޮށްފައި ވީ ނަމަވެސް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވާނީ އިޤްތިޞާދީ ކުރިއެރުން ލަފާ ކޮށްފައިވާ މިންވަރަށް ވުރެ ރަނގަޅު ނަމަވެސް، އެކަން އިތުރަށް ރަނގަޅު ކުރުމަށް ސަރުކާރުން އިތުރު މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ސްޓާމާގެ ވާހަކަފުޅުގައި އިންވެސްޓްމަންޓާއި ރައްޔިތުންނަށް ދޭ ޚިދުމަތްތައް ރައްކާތެރި ކުރުމަކީ، މާލީ ކުރިއެރުން އިތުރަށް ދަފްތަރު ކުރާނެ ކަމެއް ކަމަށް ވެސް ސްޓާމާ ވިދާޅުވާނެ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ.

ބަޖެޓު ހުށަހެޅިތާ ފަސް ދުވަސް ފަހުން ހޯމަ ދުވަހު ބޮޑު ވަޒީރު ސްޓާމާ ދައްކަވާ ވާހަކަފުޅަކީ، ސަރުކާރުގެ އިޤްތިޞާދީ ޕްލޭންތައް އާންމުން ޤަބޫލު ކުރާ ގޮތާ މެދު ކަންބޮޑުވުމެއް އޮތް ކަމުގެ އިޝާރާތެއް ކަމަށް ބެލެވުނު ނަމަވެސް، ޑައުނިން ސްޓްރީޓް އިން ބުނަނީ މި ބަޔާން ކުރިން ވެސް ރާވާފައިވާ ކަމަށެވެ.

މަސްދަރު: ބީބީސީ

ސަރ ކިއަރ ސްޓާމަރރޭޗަލް ރީވްސްބަޖެޓް ކޮންޒަވޭޓިވް ޕާޓީއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ

ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ

25 ނޮވެމްބަރު 2025
އަޅުގަނޑުމެންގެ ބަޖެޓުން ޚަރަދު ކުރަނީ ފެނާއި ނަރުދަމާ އަށް ވުރެ ބޮޑަށް ބަރު ހަތިޔާރު ގަތުމަށް، މިއީ ރާއްޖެ އަށް ރަނގަޅު ގޮތެއް ނޫން : ޝަމްހީދު

އަޅުގަނޑުމެންގެ ބަޖެޓުން ޚަރަދު ކުރަނީ ފެނާއި ނަރުދަމާ އަށް ވުރެ ބޮޑަށް ބަރު ހަތިޔާރު ގަތުމަށް، މިއީ ރާއްޖެ އަށް ރަނގަޅު ގޮތެއް ނޫން : ޝަމްހީދު

25 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު