Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝް

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

3 ޑިސެމްބަރު 2025 | ބުދަ 05:08

ޑާކާގެ ކޯޓުން ކޮށްފައިވާ ޙުކުމުގައި ފަނޑިޔާރު ރަބީއުލް އަލަމް ވިދާޅުވެފައި ވަނީ، ފަސް އަހަރު ދުވަސް ކުރިން ހިނގާފައިވާ އެ މުއާމަލާތުގައި ހަސީނާ ބޮޑު ވަޒީރު ކަމުގެ ނުފޫޒު އަދި މަގާމުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ހަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ ޤައުމު ދޫކުރައްވައި ވަޑައިގެން، އިންޑިއާގެ ހިމާޔަތް ހޯއްދަވައިފަ އެވެ. ހަސީނާ ޙާޒިރު ނުވުމުގެ ސަބަބުން ޙުކުމް އިއްވާފައި ވަނީ ޣައިރު ޙާޒިރުގަ އެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ކޮރަޕްޝަންގެ ދައުވާތަކުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2025 | ބުދަ 05:08
ލޭބަރ ޕާޓީގެ މެމްބަރު ޓިއުލިޕް ސިއްދީގް

ލޭބަރ ޕާޓީގެ މެމްބަރު ޓިއުލިޕް ސިއްދީގް

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޓިއުލިޕް ސިއްދީގަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި އެވެ.

ޓިއުލިޕް އަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާގެ އާއިލާ އަށް ނިސްބަތްވާ ފަރާތެކެވެ. އެގޮތުން އޭނާ އަކީ ހަސީނާގެ ދައްތަގެ ދަރި އެކެވެ.

ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ހިންގި ސަރުކާރުގެ ޕްރޮޖެކްޓެއްގައި ބިން ހޯދުމުގައި ހިންގި ކޮރަޕްޝަންއާ ގުޅިގެން ޓިއުލިޕްގެ މައްޗަށް އިއްވާފައި ވަނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ޑާކާގެ ކޯޓުން ކޮށްފައިވާ ޙުކުމުގައި ފަނޑިޔާރު ރަބީއުލް އަލަމް ވިދާޅުވެފައި ވަނީ، ފަސް އަހަރު ދުވަސް ކުރިން ހިނގާފައިވާ އެ މުއާމަލާތުގައި ހަސީނާ ބޮޑު ވަޒީރު ކަމުގެ ނުފޫޒު އަދި މަގާމުގެ ފައިދާ ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ހަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ ޤައުމު ދޫކުރައްވައި ވަޑައިގެން، އިންޑިއާގެ ހިމާޔަތް ހޯއްދަވައިފަ އެވެ. ހަސީނާ ޙާޒިރު ނުވުމުގެ ސަބަބުން ޙުކުމް އިއްވާފައި ވަނީ ޣައިރު ޙާޒިރުގަ އެވެ.

އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީ އަށް ނިސްބަތްވާ ޓިއުލިޕް މި މައްސަލައިގައި ކުށްވެރި ވެފައި ވަނީ، ނުރަނގަޅު ގޮތުގައި ހަސީނާ އަށް ނުފޫޒު ފޯރުވައިދީ، އޭނާގެ މަންމަ ޝައިޚް ރެހާނާ އާއި ދެ ބޭބެ އަށް ޑާކާ ގައި ހިންގި ސަރުކާރުގެ ޕްރޮޖެކްޓުން ބިން ހޯދައި ދިނުމަށް އެހީތެރިވެދީފައި ވާތީ އެވެ. ހަސީނާގެ ދައްތަ މިހާރު ދިރިއުޅެމުން އަންނަނީ ބަންގްލަދޭޝްގައި ކަމަށް ނުބެލެވޭއިރު، ޣައިރު ޙާޒިރުގައި އޭނާގެ މައްޗަށް ވަނީ ހަތް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ.

ކޯޓުން އިއްވާފައިވާ ޙުކުމުގައި ބުނެފައި ވަނީ، އެ މައްސަލައިގައި އެ ތިން މީހުން ވެސް 100،000 ޓަކާ ނުވަތަ 820 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އަދި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ، އިތުރު ހަ މަސް ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މި މައްސަލައިގައި ދައުވާ ކުރި އިތުރު 14 މީހުންނަށް ވެސް ވަނީ، ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޕްރޮސެކިއުޓަރު ހާމް މައިނުލް ޙަސަން ވިދާޅުވެފައި ވަނީ، ހަސީނާގެ ޕްރިންސިޕަލް ސެކްރެޓަރީ ސަލާހުއްދީން އަޙުމަދާއި، ޓިއުލިޕް ބައްދަލު ކުރެއްވި ކަމަށާއި، އެކަމުގެ ތަފްސީލު ވެސް ހުރި ކަމަށެވެ. އަދި އެ ދެ މީހުން ބަދަލު ކޮށްފައިވާ މެސެޖު ތަކުގެ ތަފްސީލުތައް މައްސަލައިގެ ތަހުގީގު ޓީމަށް ލިބިފައިވާ ކަމަށާއި، އެހެންވެ މި މައްސަލައިގައި ޓިއުލިޕް ކުށްވެރި ވާނެ ކަމަށް ހާމަވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ހަސީނާ އާއި ޓިއުލިޕް ވެސް ދައުވާ ތަކުން ދިފާއުވުމަށް ޤާނޫނީ ވަކީލުން ހަމަޖައްސާފައި ނުވެ އެވެ. ދެ ބޭފުޅުން ވެސް ވަނީ ދައުވާތައް ބާތިލު ކަމަށް ވިދާޅުވެ، އެއީ ސިޔާސީ ބޭނުމެއް ކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ލަންޑަންގެ ހެމްޕްސްޓެޑް އެންޑް ހައިގޭޓް ދާއިރާގެ މެމްބަރު ޓިއުލިޕް މި މައްސަލައިގައި އާންމުކޮށް ވާހަކަ ދައްކަވާފައި ނުވެ އެވެ. މީގެ ކުރިން އޭނާ ވިދާޅުވެފައި ވަނީ އެ ދައުވާތައް ބާތިލު ކުރުމަށް އެދޭ ކަމަށާއި، ސަބަބަކީ އެއީ ސިޔާސީ ބޭނުމެއްގައި ކުރާ ދޮގު ދައުވާ ތަކަކަށް ވުމުން ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

ބަންގްލަދޭޝްޝެއިހް ހަސީނާޓިއުލިޕް ސިއްދީގުއިނގިރޭސިވިލާތްކޮރަޕްޝަން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި

01 ޑިސެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ފިލިޕީންސްގައި ކުރި މުޒާހަރާގައި ރައީސް މާކޯސްގެ އިސްތިއުފާ އަށް ގޮވައިފި
30 ނޮވެމްބަރު 2025

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް