Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

ޓައިމްސް ނޫހުގައި ބުނެފައިވާ ގޮތުން، ލޭބާ ޕާޓީގެ އެތެރޭގެ ހިސާބުތައް ދައްކާ ގޮތުގައި އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 250،000 އަށް ވުރެ ދަށްވެފައި. އެއާ އެކު، ރިފޯމް ޔޫކޭ އިން ބުނެފައި ވަނީ އެ ޕާޓީގެ ފައިސާ ދައްކާފައިވާ މެމްބަރުންގެ އަދަދު 260،000 އިން މައްޗަށް އަރާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 07:02
ލޭބާ ޕާޓީގެ ލީޑަރު އަދި ބޮޑު ވަޒީރު ސްޓާމާ، އާއި ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖް

ލޭބާ ޕާޓީގެ ލީޑަރު އަދި ބޮޑު ވަޒީރު ސްޓާމާ، އާއި ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖް

އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީ އަށް ވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރު ވެއްޖެ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ. 

ރިފޯމް ޔޫކޭ އިން މިހެން ބުނެފައިވާއިރު، ބޮޑު ވަޒީރު ކިއާ ސްޓާމާ ލީޑަރުކަން ކުރައްވާ ލޭބާ ޕާޓީގެ މެމްބަރުންގެ އަދަދު ބޮޑު ތަނުން ދަށްވާން ފަށާފައިވާ ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެވެ. ބޮޑު ވަޒީރު ސްޓާމާ އާއި، އޭނާގެ ސަރުކާރާ މެދު އެތައް ބަޔެއްގެ ނުރުހުން އޮތްއިރު، ސްޓާމާގެ މަޤުބޫލުކަން ދަށްވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. 

ޓައިމްސް ނޫހުގައި ބުނެފައިވާ ގޮތުން، ލޭބާ ޕާޓީގެ އެތެރޭގެ ހިސާބުތައް ދައްކާ ގޮތުގައި އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 250،000 (ދެ ލައްކަ ފަންސާސް ހާސް) އަށް ވުރެ ދަށްވެފަ އެވެ. އެއާ އެކު، ރިފޯމް ޔޫކޭ އިން ބުނެފައި ވަނީ އެ ޕާޓީގެ ފައިސާ ދައްކާފައިވާ މެމްބަރުންގެ އަދަދު 260،000 (ދެ ލައްކަ ފަސްދޮޅަސް ހާސް) އިން މައްޗަށް އަރާފައިވާ ކަމަށެވެ. 

މިއީ ހަގީގަތަކަށް ވެއްޖެ ނަމަ، ރިފޯމް ޔޫކޭ ވެގެން ދާނީ އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނުގައި އެންމެ މެމްބަރުން ގިނަ ޕާޓީ އަށެވެ. މި ފަހުން އާންމު ކުރަމުން އަންނަ، އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ތަކުގައި ވެސް ކުރި ހޯދާފައި ވަނީ ރިފޯމް ޔޫކޭ ކަމަށްވާއިރު، އެ ޕާޓީއާ ދެކޮޅަށް ވަރުގަދަ އަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައިވެ އެވެ. 

ޓައިމްސްގައި ބުނެފައިވާ އަދަދުތަކާާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ލޭބާ ޕާޓީ އިން ވަނީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނުމަށް ދެކޮޅު ހަދައިފަ އެވެ. ލޭބާ ޕާޓީގެ ތަރުޖަމާނު ވިދާޅުވީ، އެ ޕާޓީގެ މެމްބަރުންގެ އަދަދު އަހަރީ ރިޕޯޓުގައި ޝާއިއު ކުރާނެ ކަމަށެވެ. ސިޔާސީ ޕާޓީ ތަކުން، އެ ޕާޓީގެ މެމްބަރުންގެ އަދަދު ހާމަ ކުރުމަށް ޤާނޫނުން ލާޒިމު ކޮށްފައި ނުވެ އެވެ. 

ރިފޯމް ޕާޓީ އިން މެމްބަރުންގެ އަދަދު ބަލަނީ އިންޓަނެޓުގައި ހުރި ލައިވް ކައުންޓަރަކުންނެވެ. އެ ޕާޓީ އިން ބުނެފައިވާ ގޮތުގައި އެ އަދަދު ގައި ހިމެނެނީ އަހަރަށް ފަންސަވީސް ޕައުންޑު، ނުވަތަ ފަންސަވީސް އަހަރުން ދަށުގެ މީހުންނަށް ދިހަ ޕައުންޑު ދައްކާފައިވާ މީހުން ކަމަށެވެ. 

އެކަމަމާ ގުޅޭ ގޮތުން ރިފޯމް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ވިދާޅުވީ، މިއީ އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑު ޕާޓީ އަކަށް ރިފޯމް ޔޫކޭ ވުމުގެ ތާރީޚީ ދުވަހެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ދެ ސިޔާސީ ޕާޓީގެ ދައުރު ނިމިއްޖެ ކަމަށެވެ. މީގެ ކުރިން އިނގިރޭސިވިލާތުގައި ލީޑު ކުރަމުން އައީ ލޭބާ ޕާޓީ އާއި، ކޮންސަވޭޓިވް ޕާޓީ އިންނެވެ. 

ލޭބާ ޕާޓީގެ މެމްބަރުން އަދަދު ދަށްވާން ފަށާފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުގައި 2020 ވަނަ އަހަރު އެ ޕާޓީގެ ލީޑަރުގެ މަޤާމަށް މިހާރުގެ ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި ފަހުންނެވެ. ލޭބާ ޕާޓީގެ އަހަރީ ހިސާބު ތަކުގައި ބުނެފައިވާ ގޮތުން، ފާއިތުވި އަހަރު އެ ޕާޓީގެ މެމްބަރުންގެ އަދަދު 333،000 (ތިން ލައްކަ ތިރީސް ތިން ހާސް) އަށް ދިޔަ އެވެ. މިއީ ޖެރެމީ ކޯބިންގެ ދައުުރުގައި 530،000 (ފަސް ލައްކަ ތިރީސް ހާސް) އަށް ދިޔަ އަދަދަށް ވުރެ، ބޮޑު ތަނުން ދަށް އަދަދެކެވެ. 

ވެރިކަން ކުރާ ލޭބާ ޕާާޓީގެ ސްޓޭންޑާޑް މެމްބަޝިޕް ފީ އަކީ، އަހަރަކަށް ހަތް ދިހަ ޕައުންޑާއި، ފަންސާސް ޕެންސް އެވެ. 

މީގެ އިތުރުން އިނގިރޭސިވިލާތުގެ ގްރީން ޕާޓީ އިން ބުނެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޕާޓީގެ ލީޑަރުގެ މަގާމަށް ޒެކް ޕޮލަންސްކީ ވަޑައިގެންނެވި ފަހުން، މެމްބަރުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މެމްބަރުންގެ އަދަދު 70،000 (ހަތްދިހަ ހާސް) އިން، 180،000 (އެއް ލައްކަ އަށްޑިހަ ހާސް) އަށް އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ކޮންޒަވޭޓިވް ޕާޓީ އިން، އެ ޕާޓީގެ މެމްބަރުންގެ އަދަދު ދާއިމީ ގޮތެއްގައި ޝާއިއު ނުކުރެ އެވެ. މިދިޔަ އަހަރު އޮތް އާންމު އިންތިޚާބުގައި ވޯޓުލީއިރު، 131،000 (އެއް ލައްކަ ތިރީސް އެއް ހާސް) އިން މަތީގައި ޕާޓީގެ މެމްބަރުންގެ އަދަދު ހުރިއިރު، މިހާރު އެ އަދަދު 123،000 (އެއް ލައްކަ ތޭވީސް ހާސް) އަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮންޒަރވޭޓިވް ޕާޓީން މެންބަރުންގެ އަދަދު ދާއިމީ ގޮތެއްގައި ޝާއިއު ނުކުރެ އެވެ. ފާއިތުވި އަހަރުގެ ލީޑަރު އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބުނު އެއްލައްކަ ތިރީސް ހާހާއި ހަ ސަތޭކަ އަށްދިހަ މެންބަރުން ތިބި ނަމަވެސް މިހާރު އެ އަދަދު އެއްލައްކަ ތޭވީސް ހާހަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިނގިރޭސިވިލާތްލޭބާ ޕާޓީ - ޔޫކޭރިފޯމް ޔޫކޭކިއަ ސްޓާމާނައިޖެލް ފަރާޖްކޮންޒަވޭޓިވް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި

ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު