Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗައިލްޑް ލައިޓް

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

ކުޑަ އަންހެން ކުދިން ނުރައްކަލަށް ހުށަޅުމަށް ރާއްޖޭގައި ފުރުސަތު ބޮޑު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 04:46
16 ޑޭސް އޮފް އެކްޓިވިޒަމް އާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަން

16 ޑޭސް އޮފް އެކްޓިވިޒަމް އާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަން

ސަރަހައްދުގެ ބައެއް ޤައުމުތަކާއި އަޅާ ބަލާ ނަމަ ނިސްބަތުން ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ ކަމަށާއި، ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ފާހަގަކުރާ "16 ޑޭޒް އޮފް އެކްޓިވިޒަމް" އާއި ގުޅިގެން އެމްޑީޕީ އަންހެނުންގެ ރޫހުން ބޭއްވި ޕެނަލް ޑިސްކަޝަންގަ އެވެ. ޑިޖިޓަލް ބޭސްކޮށް އަންހެންނާއި މެދު ހިނގާ ނޭދެވޭ އަމަލުތަކާއި މެދު ހޭލުންތެރިކުރުމަށް މި އަހަރުގެ ޝިއާރުގެ ދަށުން ބޭއްވި ޕެނަލް ޑިސްކަޝަން އެކެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ރާއްޖޭގައި 85% ވަރަކަށް މީހުން އިންޓަރނެޓް ބޭނުން ކުރާ ކަމަށެވެ. އެކަމުގެ ސަބަބުން އޮންލައިންކޮށް އެކްޕްލޮއިޓްކުރުމަށް އޮންނަ ފުރުސަތު އިތުރުވާ ކަމަށް އޭނާ ވަނީ ދިރާސާގެ އަލީގައި ފާހަގަކުރައްވާފަ އެވެ. ފައުންޑޭޝަން ފޯ ހިއުމަން ޑިގްނިޓީ އިން ޔުނިވަރސިޓީ އޮފް އެޑިމްބަރގްގައި ޤާއިމްކޮށްފައިވާ ޗައިލްޑް ލައިޓް ކިޔާ ޕްރޮގްރާމަކުން ކޮށްފައިވާ ދިރާސާގެ މި އަހަރުގެ ނަތީޖާ އަށް އޭނާ ވަނީ ބައްލަވާލައްވާފަ އެވެ.

"މިފަދަ މައްސަލަތަކުގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހުން ރާއްޖޭގައި އެބަ ހިމެނޭ. މިއީ ނިސްބަތުން އިންޑިއާ އާއި ބަންގްލަދޭޝަށް ވުރެ ވެސް މަތި އަދަދެއް. ކުޑަކުދިންގެ ބަރަހަނާ މަންޒަރު ބަލާ މީހުން އެންމެ ގިނައިން ބަލަނީ އުމުރުން 14 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ވީޑިއޯތައް. މިއީ ތަފާސް ހިސާބުން އެނގޭ ބައިނަލްއަޤުވާމީ އިދާރާތަކުން ހިއްސާކޮށްފައި ހުރި ކަންބޮޑުވުންތައް." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކުޑަކުދިން ގްރޫމް ކުރުމަކީ ވަރަށް އާއްމު ކަމެއް ކަމަށް ކުރީގެ ސީޕީ ވަނީ ވިދާޅުވެފަ އެވެ. ގްރޫމްކޮށްގެން ބޮޑެތި މީހުން ކުޑަ ކުދިންގެ އިތުބާރު ހޯދާ، ކުދިންނަށް ހުޝާމަތުކުރުން ފަދަ ކަންކަން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޮންލައިންކޮށް ކުޑަކުދިންނަށް ދިމާވާ ނޭދެވޭ ކަންކަން ދިމާވަނީ އެފަދަ އޮންލައިން ޕްލެޓްފޯމްތަކުގައި އެކަމަށް މަގުފަހިވެފައި އޮތުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ސީޕީ ހަމީދު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަނީ
ކުރީގެ ސީޕީ ހަމީދު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަނީ

"ފުރަތަމަ ހޯދަނީ އިތުބާރު، ކުއްޖާ ސެކްޝުއަލީ އެކްސްޕްލޮއިޓްކުރަނީ ފަހުގެ މަރުހަލާ އެއްގައި. އެކަންކަން ބަލަން ޖެހޭ. ބެލެނިވެރިން ކޮންމެހެން ނުޖެހޭ އެހާ ބޮޑަށް ޓެކްނޮލޮޖީ އާއި އަހުލުވެރިވާކަށް. ބެލެނިވެރިންނަށް އެކަންކަން ބަލާ ލެވޭނެ. ކުޑަކުދިން އެކްސްޕްލޮއިޓް ކުރަނީ ކުޑަކުދިން އުޅޭ މާހައުލުގައި. އޮންލައިން ޕްލެޓްފޯމްތަކުގައި އެކްސްޕްލޮއިޓްކުރުމުގެ ނުރައްކާ ބޮޑު" ކުރީގެ ސީޕީ ވިދާޅުވި އެވެ.

ކުޑަ އަންހެން ކުދިން ނުރައްކަލަށް ހުށަޅުމަށް ރާއްޖޭގައި ފުރުސަތު ބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކުން ވެސް އަދި އެހެނިހެން ފަރާތްތަކުން ވެސް އެއްވެސް ޕްލެޓްފޯމެއްގައި ކުޑަ ކުދިންނާއި ގުޅުން ހުރި ޗައިލްޑް ޕޯނޯގްރަފީ އާއި ގުޅުން ހުރި އެއްޗެއް ބަލައިފި ނަމަ އެކަން އެނގޭނެ މަގު އޮންނަ ކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެއީ ސްނެޕްޗެޓް، ފޭސްބުކް ފަދަ ޕްލެޓްފޯމްތައް ވިޔަސް އެކަން ބެލޭނެ ކަމަށާއި އެކަންކަން ރިޕޯޓްކުރުމަކީ ބައިނަލްއަޤްވާމީ ގޮތުން ލާޒިމް ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"2019 ވަނަ އަހަރު ވެސް ރާއްޖޭގައި އެކަން ހިނގާ މިންވަރާއި މެދު ވެސް ރިޕޯޓް ކުރި. މިކަންކަމަށް ބަލާ އިރު ވަރަށް ކަންބޮޑުވާން ޖެހޭ. ކުޑަ ކުއްޖަކު އެކަނި ބޭރަށް ދިއައީމަ ކަންބޮޑުވާ ފަދައިން އެބަ ޖެހޭ ކަންބޮޑުވާން ކުއްޖާ އޮންލައިންކޮށް ކުރާ ކަންކަމާއި މެދުގައި ވެސް." އޭނާ ވިދާޅުވި އެވެ.

އޮންލައިންކޮށް ދަރިފުޅު ކުރާ ކަންކަން ބެލޭ މިންވަރަށް ދަރިފުޅާއި ގުޅުން ބޭއްވުން މުހިންމުކަމަށް ސީޕީ ވަނީ ފާހަގަކުރައްވާފަ އެވެ. އެ ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ މިހާރުގެ ހާލަތާއި މެދު ގިނަ ކަންބޮޑުވުންތަކެއް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ކުޑަކުދިން އޮންލައިން އެކްސްޕްލޮއިޓްކުރުންޗައިލްޑް ލައިޓްއަންހެނުންނަށް އަނިޔާކުރުންކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދު

ކޮމެންޓް

އިތުރަށް ކިޔާލަން

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

01 ޑިސެމްބަރު 2025
އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
ސީޕީ މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފި

ސީޕީ މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފި

15 ނޮވެމްބަރު 2023
ފަސް އަހަރު ތެރޭގައި އާންމުންގެ އިތުބާރު ފުލުހުންނަށް ވަނީ ލިބިފައި: ސީޕީ ހަމީދު

ފަސް އަހަރު ތެރޭގައި އާންމުންގެ އިތުބާރު ފުލުހުންނަށް ވަނީ ލިބިފައި: ސީޕީ ހަމީދު

04 ނޮވެމްބަރު 2023
ފުލުހުންގެ މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާމެދު ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން: ސީޕީ ހަމީދު

ފުލުހުންގެ މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާމެދު ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން: ސީޕީ ހަމީދު

20 ޖުލައި 2023

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު