Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ16 ޑޭޒް އޮފް އެކްޓިވިޒްމް

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025 | އަންގާރަ 13:10

ޑިސެމްބަރ 10 އާ ހަމައަށް ކުރިއަށްދާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހިންގޭ 16 ދުވަހުގެ ކެމްޕެއިންގައި އެމްޑީޕީ އަންހެނުންގެ ރޫހު ބައިވެރިވާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ނޮވެމްބަރު 2025 | އަންގާރަ 13:10
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ނޫސްވެރިންގެ ބައްދަލުވުން

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް އިިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ ގެ އަންހެނުންގެ ރޫހުން ގޮވާލައިފި އެވެ.

އެމްޑީޕީ ގެ އަންހެނުން ގެ ރޫހުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިން ގެ ބައްދަލުވުމުގައި އެ ރޫހު ގެ ރައީސާ އަދި މަޖިލީހު ގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ "ބައިނަލްއަޤްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހިންގޭ 16 ދުވަހު ގެ" ކެމްޕެއިންގައި މި އަހަރު ވެސް އެ ޕާޓީ އިން ބައިވެރިވާނެ ކަަމަށެވެ. ޑިސެމްބަރ 10 އާއި ހަމައަށް ކުރިއަށް ގެންދާ މި ކެމްޕެއިން ގެ މި އަހަރު ގެ ޝިއާރާއި ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން މި އަހަރު ގެ ޝިއާރައި އެއްގޮތަށް، އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން އަންހެނުންނަށާއި ކުޑަކުދިންނަށް ޚާއްސަކޮށް ކުޑަ އަންހެން ކުދިންނަށް ކުރާ އަނިޔާ ދެނެގަނެ އެކަމާއި މެދު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ރާއްޖޭގައި މިފަދަ ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް ރޮޒައިނާ ވަނީ ގޮވާލާފައެވެ.

" ސަރުކާރާއި ރައްޔިތުން ގެ މަޖިލީހަށް އޮންލައިންކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޤާނޫނުތައް ހެދުމަށް ގޮވާލަން. ޤާނޫނުތައް ނެތުމުން އެފަދަ އަމަލުތައް ހުއްޓުވުމުގައި އަޅަންޖެހޭ ފިޔަވަޅުތައް ސާފު ނުވޭ. ރައްޔިތުންނަށް ހައްގުތައް އެނގޭނެ ޤާނޫނީ އޮނިގަނޑެއް ނެތް. " ރޮޒައިނާ ވިދާޅުވި އެވެ.

ޑިޖިޓަލް އަނިޔާ ގެ ތަފްސީލްތަކަށް ރޮޒައިނާ ވަނީ އަލިއަޅުވާލައްވާފަ އެވެ. އޭ ގެ ތެރޭގައި ސައިބަރ ބުލީ ކުރުމާއި، ބަރަހަނާ ފޮޓޯތައް އާއްމުކުރުމާއި، ދޮގު މައުލޫމާތު ފެތުރުމާއި، ހަޑި ހުތުރު އެއްޗެހި ގޮވުމު ގެ އިތުރުން ޓްރޮލިންގ ފަދަ ކަންކަން ދިމާވާކަން އޭނާ ފާހަގަކުރެއްވި އެވެ. ހަމައެހެންމެ ޑީޕް ފޭކް މެދުވެރިކޮށް ހިންގާ އަމަލުތަކާއި، މީހުންނަށް ފާރަލުމު ގެ ކަންކަން ކުރިމަތިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އެ ފަދަ ކަންކަން ހައްލުކުރުމަށް އިދާރާތައް ހަރުދަނާކުރަން ޖެހޭ ކަމަށާއި، ޤާނޫނުތައް ވެސް އިތުރަށް ވަރުގަދަ ވާން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އާދަމްއަންހެނުންނަށް އަނިޔާކުރުންއޮންލައިން އަނިޔާސައިބަރ ބުލީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

01 ޑިސެމްބަރު 2025
"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"
30 ނޮވެމްބަރު 2025

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް
23 ސެޕްޓެމްބަރު 2025

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި

23 ސެޕްޓެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން "އަންހެނުންގެ އަޑު" ހަރަކާތް މާލޭގައި ކުރިއަށް ގެންގޮސްފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
17 ސެޕްޓެމްބަރު 2025

މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

17 ސެޕްޓެމްބަރު 2025
މަޖިލިސް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރި މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލަ އެމްޑީޕީން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި
08 ޖުލައި 2025

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
04 ފެބުރުއަރީ 2025

ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ

04 ފެބުރުއަރީ 2025
ޕާޓީތަކުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމުގައި މިންތީގެ ހަމަހަކަން ގެނައުން މުހިންމު - ރޮޒައިނާ
11 ޑިސެމްބަރު 2024

ޤާނޫނުއަސާސީއަށް އިސްލާހުގެންނަން ދިން ވޯޓުގެ ނަތީޖާ ފެންނަ އިރު އެ މެމްބަރުން ހިތާމަކުރާނެ - ރޮޒައިނާ

11 ޑިސެމްބަރު 2024
ޤާނޫނުއަސާސީއަށް އިސްލާހުގެންނަން ދިން ވޯޓުގެ ނަތީޖާ ފެންނަ އިރު އެ މެމްބަރުން ހިތާމަކުރާނެ - ރޮޒައިނާ
06 މެއި 2024

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

06 މެއި 2024
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
22 އެޕްރީލު 2024

93 ގޮނޑީގެ ތެރެއިން އެންމެ 3 ގޮނޑި އަންހެނުންނަށް ލިބުން ލަދުވެތި، ކޯޓާ ސިސްޓަމްގެ ބޭނުން ބޮޑު - ރޮޒައިނާ

22 އެޕްރީލު 2024
93 ގޮނޑީގެ ތެރެއިން އެންމެ 3 ގޮނޑި އަންހެނުންނަށް ލިބުން ލަދުވެތި، ކޯޓާ ސިސްޓަމްގެ ބޭނުން ބޮޑު - ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް