Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުރޫފް ޒާކިރު

މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

13 ޑިސެމްބަރު 2025 | ހޮނިހިރު 16:38

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހޮނިހިރު ދުވަހު އައިޖީއެމްއެޗްގައި ކުއްލި ސަރޖަރީއެއް ކުރި. ލޭ ކްލޮޓް ހުރުމުން ސްޓޭބިލައިޒް ކުރުމަށް ކުޑަ ސަރޖަރީއެއް ކުރި ކަމަށާއި ފަހުން އިތުރު ސަރޖަރީއެއް ކުރަން ޖެހޭނެ ކަމަށް ޤާނޫނީ ވަކީލު ނިޝާން ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޑިސެމްބަރު 2025 | ހޮނިހިރު 16:38
މެމްބަރު މައުރޫފް ސަރޖަރީ އަށް ފަހު ބާއްވާފައި ވަނިކޮށް ނަގާފައިވާ ފޮޓޯ އެއް

މެމްބަރު މައުރޫފް ސަރޖަރީ އަށް ފަހު ބާއްވާފައި ވަނިކޮށް ނަގާފައިވާ ފޮޓޯ އެއް

މަސްވެރިން ގެ އިހުތިޖާޖުން އަނިޔާވެރި ކަމާ އެކު ހައްޔަރުކޮށް ފުލުހުން ގެ ބަންދުގައި ބަހައްޓާފައި ހުރި ކެންދޫ ދާއިރާ ގެ މެންބަރު، މައުރޫފް ޒާކިރު ކުއްލި ސަރޖަރީ އެއް ކޮށްފި އެވެ.

އޭނާ ސަރޖަރީ އެއް ކުރީ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގަ އެވެ. އޭނާ ގެ ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ރާއްޖެ އެމްވީ އަށް ވިދާޅުވީ މައުރޫފްގެ އޮޕަރޭޝަން އައިޖީއެމްއެޗުން ކުރަން އޭނާ ގެ އާއިލާ އިން ވެސް، ޤާނޫނީ ވަކީލުން ވެސް އަދި އެމްޑީޕީ ޕީޖީ އިން ވެސް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މި ވަގުތު ސަރޖަރީ ކުރީ އެ ނޫން ގޮތަކަށް އެކަން ކުރެވެން ނެތުމުން ކަމަށް ނިޝާން ވަނީ ވިދާޅުވެފަ އެވެ. ނިޝާން ވަނީ މި އޮޕަރޭޝަނަކީ ލޭ ކްލޮޓް ހުރުމުން ކުރި ސަރޖަރީ އެއް ކަމަށް ވެސް ބުނެފަ އެވެ.

"ކުޑަ ސަރޖަރީ އެއް މި ކުރީ. ހައްޔަރު ކުރުމު ގެ ތެރޭގައި ސިޑިން ދެމުމުން ވެސް އަނިޔާވެފައި ވެސް އެބަ ހުރި. އަދި ފަހުން އިތުރު ސަރޖަރީ އެއް ކުރަން ޖެހޭނެ. މިހާރު މި ކުރީ ކުޑަ ސަރޖަރީ އެއް. މި ވަގުތު ކުރީ ހަމަޖެހިގެން ހުރުމަށް ކުރަން ޖެހޭ ކުޑަ ސަރޖަރީ އެއް މި ކުރީ. މިއީ ސްޓޭބިލައިޒް ކުރަން ކުރި ކަމެއް." ނިޝާން ވިދާޅުވި އެވެ.

މައުރޫފް ހައްޔަރު ކުރީ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މަސްވެރިން ގެ އިހުތިޖާޖުން ކަނޑުމަތިންނެވެ. އޭގެ ފަހުން ހުކުރު ދުވަހު ކްރިމިނަލް ކޯޓުން އޭނާ ގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފަ އެވެ.

އޭނާ ހައްޔަރު ކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވެސް ބުނެ އެވެ. އަދި މެންބަރު މައުރޫފް ޒާކިރު ފުލުހުން ގެ ބެލުމު ގެ ދަށަށް ގެންގޮސްފައިވާ މައްސަލަ މަޖިލީހު ގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ބަލައި ދިނުމަށް އެދި ސިޓީ އެއް ވެސް ހުށަހަޅާފައިވެ އެވެ.   މިއީ ކަނޑައެޅިގެން މަޖިލީހު ގެ މެންބަރުން ގެ ކަރާމާތައް އަރައިގަތުން ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ދެކެ އެވެ.

މެމްބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ އައިޕީޔޫ އަށާއި އައިއެލްއޯ އަށް ވެސް އެމްޑީޕީ އިން ވަނީ ހުށަހަޅާފަ އެވެ.

މައުރޫފް ޒާކިރުމަސްވެރިންގެ މުޒާހަރާއެމްޑީޕީ ޕީޖީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
13 ޑިސެމްބަރު 2025

މަސްވެރިންގެ ހައްގުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގާނޫނާ ޚިލާފަށް މުއިއްޒު ސަރުކާރުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރި މައްސަލަ އައިއެލްއޯ އަށް ހުށަހަޅައިފި

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
12 ޑިސެމްބަރު 2025

ވަގުތުން ވަގުތަށް މެމްބަރު މައުރޫފް ދޫކޮށްލުމަށް ރައީސް ޞާލިހް ގޮވާލައްވައިފި

12 ޑިސެމްބަރު 2025
ވަގުތުން ވަގުތަށް މެމްބަރު މައުރޫފް ދޫކޮށްލުމަށް ރައީސް ޞާލިހް ގޮވާލައްވައިފި
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި
12 ޑިސެމްބަރު 2025

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"
12 ޑިސެމްބަރު 2025

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް