Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުއިއްޒު

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް، 10 ޑިސެމްބަރުން ފެށިގެން 4 ރަށެއްގައި ހުންނަ އެސްޓީއޯ ނުވަތަ އެފްއެސްއެމް ސައިޓްތަކުން "އެސްޓީއޯ ރޭޓު" ގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވީ މިދިއަ އަހަރުގެ ޑިސެމްބަރު 9 ވަނަ ދުވަހު ކ. ގާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެވެ. އެ ޔަގީންކަން ދެއްވިތާ 1 އަހަރު ފަހުން ރައީސް މިވަނީ ހޮނިހިރު ދުވަހު މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރ. ދުވާފަރު ގައި ހުޅުވާދެއްވާފަ އެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 10:35
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

މިދިއަ 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކަމުގައި ވާ ޑިސެމްބަރު 10 ވަނަ ދުވަހުން ފަށައިގެން، 4 ރަށަކުން  އެސްޓީއޯ ރޭޓު ގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ދެއްވުމަށް ފަހު އޭގެ 1 އަހަރު ފަހުން އެ ރޭޓަށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.

2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް، 10 ޑިސެމްބަރުން ފެށިގެން  4 ރަށެއްގައި ހުންނަ އެސްޓީއޯ ނުވަތަ އެފްއެސްއެމް ސައިޓްތަކުން "އެސްޓީއޯ ރޭޓު" ގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވީ މިދިއަ އަހަރުގެ ޑިސެމްބަރު 9 ވަނަ ދުވަހު ކ. ގާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެވެ. 

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެ 4 ރަށަކީ ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ. ފެލިވަރު އަދި ސ. ހުޅުމީދޫ ކަމަށެވެ.  އަދި ގއ. ކޫއްޑޫ، އަދި ޅ. ފެލިވަރު ސަރަޙައްދު ގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުން ވެސް "އެސްޓީއޯ ރޭޓު" ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ. 

އެ ޔަގީންކަން ދެއްވިތާ 1 އަހަރު ފަހުން ރައީސް މިވަނީ ހޮނިހިރު ދުވަހު  މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރ. ދުވާފަރު ގައި ހުޅުވާދެއްވާފަ އެވެ. ނަމަވެސް މިދިޔަ އަހަރު ތޮޔޮ ލިބޭނެ ކަމަށް ވިދާޅުވި ރަށަކުން އެއްވެސް ރަށެއްގައި މިފަދަ ޝެޑެއް ހުޅުވާފައެއް ނުވެއެވެ.  

ޖުމުލަ 18 ފިއުލް ސްކިޑެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު އެ ފިއުލް ސްކިޑުތައް އަންނަ މާޗު މަހުގެ ނިޔަލަށް ގާއިމު ކުރެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ދީފައިވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދުވާފަރަށް ވަޑައިގެންފައި ވަނީ ބޮޑު ކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ބުނެ، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖު ކުރި ނަމަވެސް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވުމަށް ފަހުގަ އެވެ.

10 ޑިސެމްބަރުގައި ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ގުޅިގެން ބޮޑުކަންނެލި މަސްވެރިން ވަނީ ކަނޑުމަތީގައި އިހުތިޖާޖު ކޮށްފަ އެވެ. 49 ދޯންޏާއެކު ފެށި އިހުތިޖާޖުގައި ބޮޑުކަންނެލި މަސްވެރިން ބުނަމުންދަނީ  މި ސަރުކާރުން އެ މަސްވެރިންނަށް ވީ ވައުދުތައް ފުއްދައިދިނުމަށެވެ.

މި އިހުތިޖާޖު ގައި މަސްވެރިން މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ 3 ޑިމާންޑެކެވެ.

އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމަސްވެރިންމަސްވެރިންގެ މުޒާހަރާއެސްޓީއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު