Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ މުޒާހަރާ

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ސުލްހަވެރި މުޒާހަރާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުން ހައްޔަރުކޮށްފައިވާއިރު މަސްވެރިން ބުނީ ސަރުކާރުން ބިރުދައްކަން މިކަންކުރީ ކަމަށް. މަސްވެރިން އަންނަނީ ބޮޑު ކަންނެލީގެ މަހަށް ހަމަ އަގު ހޯދުމަށް އެދި އާދޭސްކުރަމުން. ސަރުކާރުން ވީ ވައުދު ފުއްދާނީއްކަމާމެދު މަސްވެރިން ކަންބޮޑުވުން ފާޅުކޮށް ވައުދުތައް ފުއްދާންދެން މުޒާހަރާ ކުރިއަށްގެންދާނެ ކަމަށް ބުނެފައިވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 08:47
މަސްވެރިންގެ ކަންބޮޑުވުންތައް ރާއްޖެ އެމްވީ އާއި ހިއްސާކުރަނީ

މަސްވެރިންގެ ކަންބޮޑުވުންތައް ރާއްޖެ އެމްވީ އާއި ހިއްސާކުރަނީ

ސުލްހަވެރިކަމާއި އެކު މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް ކަމަށް މަސްވެރިއަކު ސިފަކޮށްފި އެވެ.

އޭނާ އެފަދައިން ސިފަކޮށްފައި ވަނީ މަސްވެރިންގެ ޝުޢޫރުތައް ރާއްޖެ އެމްވީ އާއި ހިއްސާކުރުމަށް ދިން ބަސްތީގަތުމެއްގަ އެވެ.  

Advertisement - newsAdvertisement

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބިރުދައްކަން ކަމަށާއި މަސްވެރިން ތިބީ ސަރުކާރުން ދައްކާ ބިރަކަށް ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށް  އޭނާ ވަނީ ބުނެފަ އެވެ. އަދި ފުލުހުން ހައްޔަރު ކުރި ބިދޭސީންގެ ތެރޭގައި ޤާނޫނާއި އެއްގޮތަށް ހަރަކާތްތެރިވަމުން އައި މީހުން ތިބި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ސަރުކާރުން ކޮންމެ ކަމެއް ކުރިއަސް ހައްގު ހޯދަން މަސައްކަތް ކުރާނަން. ސަރުކާރުގެ ލަދެއް ނެތް. ވެރިކަމަށް އައީ އާދޭސްކޮށްގެން މަސްވެރިކަން އާ ހަރުފަތަކަށް ގެންދާނަމޭ ކިޔައިގެން." އޭނާ ވަނީ ބުނެފަ އެވެ.

 ރާއްޖެ އެމްވީ އާއި ވާހަކަދެއްކި ޒުވާން މަސްވެރިއަކު ބުނީ ސަރުކާރުން ވީ ވައުދެއް ނުފުއްދައިގެން ސުވާލުކުރުމުން މަސްވެރިން ކުށްވެރިކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އިތުރު ޒުވާނަކު ބުނީ މަސްވެރިން ސަރުކާރަށް ވަރަށް ވަގުތު ދިން ކަމަށް ޤަބޫލު ނުކާ ކަމަށެވެ. މަސްވެރިން އެދެނީ މަސްވެރިން ބާނަ މަހަށް ހަމަ އަގު ހޯދުމަށް ކަމަށާއި އެކަން ކޮށްދޭން އެދި އާދޭސްކުރަން ނުޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"މިކަން ހުއްޓާލާނީ ބޮޑުކަންނެލި މަސްވެރިންނަށްވީ ވައުދު ފުއްދުމުން. ފަހަތަކަށް ނުޖެހޭނަން. ޖަލަށް ދާން ޖެހުނަސް އެކަން ވެސްކުރާނަން ހައްގު ހޯދަން." އޭނާ ވަނީ ބުނެފަ އެވެ.

އިތުރު މަސްވެރި އަކު ވަނީ އައިސް ނުލިބިގެން އާދޭސް ކުރަން ސަރުކާރުން މަޖުބޫރުކުރުވާފައިވާ ކަމަށް ބުނެފަ އެވެ. އާއްމުން ނިކަމެތި ވާއިރު ސަރުކާރުން ތިބެނީ ހެވިފައި ކަމަށާއި އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ވެރިކަމަށް އަންނަން ވުމުން ބޮޑެތި އެތައް ވައުދެއް ވުމަށް ފަހު މި މޭރުމުން ވެރިކަމަށް އައިސް އަމަލުކުރުމަކީ ވަރަށް މާޔޫސްވާ ކަމެއް ކަަމަށް މަސްވެރިން ވަނީ ބުނެފަ އެވެ.

މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކާއި 2 ދޯނި ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ އެވެ. ނަމަވެސް އަމުރަށް ނުކިޔަމަންތެރިވި ގޮތެއް ފުލުހުންނާއި ސުވާލުކުރުމުން ސާފުކޮށް ނުދިނެވެ. އަދި ކަނޑުމަތީގައި ސުލްހަވެރި މުޒާހަރާ އެއް ކުރަމުން ދިޔަ މަސްވެރިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ގޮތެއް ވެސް ފުލުހުންނާއި ސުވާލު ކުރުމުން ބުނެދީފައި ނުވެ އެވެ.

ސިޔާސަތުތައްމައުރޫފް ޒާކިރުމަސްވެރިން-ސަރުކާރުމަސްވެރިންގެ މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު