Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައުރޫފް ދޫކޮށްލުން ގޮވާލުން

ވަގުތުން ވަގުތަށް މެމްބަރު މައުރޫފް ދޫކޮށްލުމަށް ރައީސް ޞާލިހް ގޮވާލައްވައިފި

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފަ. މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި އަގު އަށްޑިހި އާއި ސަތޭކަ ރުފިޔާއާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުން. ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވީއިރުވެސް ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ ކޮޅުމަތިވެސް ނުފެނޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 18:11
ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިހާރުން މިހާރަށް އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފި އެވެ.

ރައީސް ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޒާހަރާއިން ހައްޔަރުކުރި މައުރޫފް ޒާކިރު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފައިވެ އެވެ. މައުރޫފަކީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑިންގ މެމްބަރު އަދި މިހާރުވެސް އެ ޖަމިއްޔާގެ ސެކްރެޓްރީ ޖެނެރަލްގެ މަގާމު އަދާކުރައްވާ ފަރާތެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މައުރޫފްގެ ބަންދަށް ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ފަސް ދުވަސް ޖަހާފައިވެ އެވެ. ބޮޑު ކަންނެލި މަސްވެރިން ކުރަމުން ދިޔަ މުޒާހަރާ ރުޅާލައި މައުރޫފާއި ދެ ކެޔޮޅަކާއި ހަތަރު ބިދޭސީއަކު ފުލުހުން ހައްޔަރު ކުރި އެވެ. މިހާތަނަށް މުއްދަތު ޖެހިކަން ކަށަވަރުވީ މައުރޫފާއި މީގެތެރެއިން އެއް ކެޔޮޅަކަށެވެ.

މައުރޫފް ބަންދުކުރަން ކޯޓުން އަމުރުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓިން އޭނާ ބަންދުކުރި މައްސަލަ ބަލަން ނިންމާފައިވެ އެވެ. އަދި މައުރޫފް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިންޓަ ޕާލިމެންޓަރީ ޔޫނިއަނަށް ވެސް މައްސަލަ ހުށަހަޅާފައިވެ އެވެ.

ފުލުހުން މިހާތަނަށް ދިން މައުލޫމާތުގައި ބުނީ ހައްޔަރުކުރި މީހުންނަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި މައްސަލައިގައި ހައްޔަރުކުރި މީހުން ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ މަސްވެރިންގެ ދުވަހު އެވެ. އެ މުޒާހަރާ ފެށީ 49 ކަންނެލި މަސްވެރިކަން ކުރާ އޮޑިފަހަރާ އެކީގަ އެވެ. މުޒާހަރާގައި ބައިވެރިވި އުޅަނދުތައް ހުޅުމާލެ ބަނދަރުން ނުކުމެގެން އައިސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ނަގިލި ލައިގެން ތިބީ މާލޭގެ ބޭރު ތޮށީގެ ބޭރުން ކަނޑުގަ އެވެ. އެހެން ތިއްބައި ޑިސެމްބަރު 11 ވަނަ ދުވަހުގެ ހެނދުނު ފުލުހުން ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ. އަދި 3 ދޯންޔެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދޫ އަށް ގެންގޮސްފަ އެވެ.  

މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރި އެވެ. އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު އަށްޑިހި ރުފިޔާއާއި ސަތޭކަ ރުފިޔާއާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ދުވަސް ވެފައިވާއިރު ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދުމުގެ ކޮޅުމަތިވެސް ނުފެންނަ ކަމަށް މުޒާހަރާގެ ބައިވެރިން ފާހަގަކޮށްފައިވެ އެވެ. އަދި މިއަދާ ހަމަޔަށް އައިއިރު ވެސް ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ސަރުކާރުން ހޯދަދީފައި ނުވުމުން ދޭހަވަނީ ރައީސް މުއިއްޒަކީ އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ނެތި ވައުދުވާ ވެރިއެއް ކަމުގަ އެވެ.

މައުރޫފް ޒާކިރުއިބްރާހިމް މުހައްމަދު ޞާލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު