Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހައްޔަރުކުރި މައްސަލަ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އައިޕީޔޫ އަށާއި ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަނަށް ހުށަހަޅައިފި. މުޒާހަރާގައި ބިދޭސީން ބައިވެރިވި ކަމަށް ބުނެ 4 ބިދޭސީއަކާއި 3 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ. މަސްވެރިން ސަރުކާރަށް ކުރި ތިން ޑިމާންޑަކީ ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުން.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 13:08
މަސްވެރިންގެ މުޒާހަރާ އިން ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މަސްވެރިންގެ މުޒާހަރާ އިން ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ އިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ހުށަހަޅައިފި އެވެ.

އައިޕީޔޫ ގެ އިތުރުން ކޮމިޓީ އޮން ދަ ހިއުމަން ރައިޓްސް އޮފް ޕާރލިމެންޓޭރިއަންސް އަށާއި ކޮމަންވެލްތު ޕާރލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) އަށް ވެސް މަޓޭ ހައްޔަރުކުރި މައްސަލަ އެމްޑީޕީ އިން ވަނީ ހުށަހަޅާފަ އެވެ.

އައިޕީޔޫ އަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީ އިން ވަނީ، މަޖިލިސް މެންބަރުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުމަށް އޮންނަ އައިޕީޔޫ ގެ ޒަމާންވީ މެންޑޭޓާ އެއްގޮތަށް، މަޖިލީހުގެ ނަޒާހަތްތެރިކަމާއި މެންބަރުންގެ ހައްގުތަކާއި ރާއްޖޭގައި ގާނޫނީ ވެރިކަން ރައްކާތެރިކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދިފަ އެެވެ. 

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުން ހުއްޓުވުމަށް، ސީޕީއޭ އިން ގެންގުޅޭ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މަޓޭ ހައްޔަރުކުރި މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އެދިފައިވެ އެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބުނީ މަޓޭގެ އިތުރުން އެތައް ބަޔަކު ގާނޫނާ ހިލާފަށް ހައްޔަރުކުރުން ކުށްވެރިކުރާ ކަމަށާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ހުރަސް އެޅޭ ކަންކަން ކުރުން ހުއްޓާލައި އެންމެން ވަގުތުން ދޫކޮށްލަން ގޮވާލާ ކަމަށެވެ.

މަސްވެރިންގެ މުޒާހަރާގައި ބައިވެރިވި ދޯނިތަކަށް ފުލުހުން އަރަން ފެށީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އެވެ. އަދި އެ ދޯނި ތަކުގައި ގަވާއިދާ އެއްގޮތަށް އުޅުނު 4 ބިދޭސީ އެއްފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. މީގެ އިތުރުން މުޒާހަރާގައި ބައިވެރިވި ތިން ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި ދެ ދޯންޏެއްގެ ކެޔޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ ބުދަ ދުވަހު ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގަ އެވެ. އެ މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވި އެވެ.

މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރި އެވެ. އެއީ ރައީސް މުއިއްޒު ގެ ރިޔާސީ ވައުދާ އެއްގޮތަށް ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް 2 އަހަރު ދުވަސް ވެފައިވާއިރު ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދުމުގެ ކޮޅުމަތިވެސް ނުފެންނަ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއަދާ ހަމަޔަށް އައި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ސަރުކާރުން ހޯދަދީފައި ނުވުމުން ދޭހަވަނީ، ރައީސް މުއިއްޒު އަކީ އެއްވެސް ކަހަލަ އިހުލާސްތެރި ކަމެއް ނެތި ވައުދުވާ ވެރިއެއް ކަމުގަ އެވެ. 

މައުރޫފް ޒާކިރުބޮޑު ކަންނެލި މަސްވެރިކަންއައިޕީޔޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު