Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް
ހޫނު ޚަބަރު

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މަސްވެރިންގެ އިހުތިޖާޖުން ހައްޔަރު ކޮށްފައިވާ މެންބަރު މައުރޫފް އާއި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހުކުރު ދުވަހުގެ މެންދުރު ވަނީ ހާޒިރު ކޮށްފަ އެވެ. ހުކުރު ދުވަހު ކްރިމިނަލް ކޯޓުން މެންބަރު މައުރޫފްގެ ބަންދަށް ޖަހާފައި ވަނީ 5 ދުވަހުގެ މުއްދަތެކެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޑިސެމްބަރު 2025 | ހުކުރު 14:22
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ކޯ ފައުންޑަރ މައުރޫފް ޒާކިރު

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ކޯ ފައުންޑަރ މައުރޫފް ޒާކިރު

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ޖަހައިފި އެވެ. 

މި މަހުގެ 10 ވަނަ ދުވަހު ފެށި މަސްވެރިންގެ އިހުތިޖާޖުން ހައްޔަރު ކޮށްފައިވާ މެންބަރު މައުރޫފް އާއި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހުކުރު ދުވަހުގެ މެންދުރު ވަނީ ހާޒިރު ކޮށްފަ އެވެ. ހުކުރު ދުވަހު ކްރިމިނަލް ކޯޓުން މެންބަރު މައުރޫފްގެ ބަންދަށް ޖަހާފައި ވަނީ 5 ދުވަހުގެ މުއްދަތެކެވެ. 

Advertisement - newsAdvertisement

މި މައްސަލައިގައި މެންބަރު މައުރޫފް އަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ކަނޑުދަތުރުފަތުރު ކުރުމަށް ހުރަސްއެޅުމާއި، ކޯސްޓް ގާޑް އުޅަނދަށް ގެއްލުން ދިނުމުގެ ތުހުމަތު ގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ.

މައްސަލައިގައި ލިބިފައިވާ ހެކީ ގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ފުލުހުން ދީފައިވާ ބަޔާން ތަކެވެ. އަދި އިތުރަށް ކުރަން ހުރި ކަންކަމުގެ ތެރޭގައި ވީޑިއޯ ފުޓޭޖް ހޯދުމާއި އެނަލައިޒް ކުރުމާއި، މެންބަރު މައުރޫފް ގެ ބަޔާން ނެގުމާއި، އިތުރު ހެކި ލިބޭތޯ ބެލުމުގެ އިތުރުން ދައުވާ ކުރުމާއި މެދު ޕީޖީ އާއި މަޝްވަރާ ކުރުން ހިމެނެ އެވެ.

މައުރޫފް ހައްޔަރު ކުރީ ރައްޔިތުން ގެ މަޖިލީހު ގެ މެމްބަރުންނަށް ލިބޭ އިމްތިޔާޒުތަކާއި ވެސް ޚިލާފަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ޚިޔާލުފާޅުކުރު މާއި އެއްވެ އުޅުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ކަންކަމަށް ވާއިރު އެ އިހުތިޖާޖު ގެ ބައިވެރިން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ބުނެފަ އެވެ.

އެ އިހުތިޖާޖުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް އެ ޕާޓީ އިން ވަނީ ގޮވާލާފަ އެވެ. ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާތީ އެކަމަށް ވެސް އެ ޕާޓީ އިން ވަނީ ފާޑު ކިޔާފަ އެވެ. ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި މުޒާހަރާ އަށް ފުލުހުން ފޮނުވައިގެން އަމަލު ކުރި ގޮތަށް އެ ބަޔާނުގައި ފާޑު ކިޔާފައި ވެ އެވެ.

މެންބަރު މައުރޫފް އާއި އިތުރު އިހުތިޖާޖުން ހައްޔަރު ކުރި އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާއި ދެކޮޅަށް ކްރިމިނަލް ކޯޓު ކައިރީ، އެމްޑީޕީ އިން ސުލްހަވެރި އިހުތިޖާޖެއް ކުރާ އިރު އެ އިހުތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މަސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

މައުރޫފް ޒާކިރުކްރިމިނަލް ކޯޓްމަސްވެރިންގެ ޔޫނިއަންމަސްވެރިންގެ މުޒާހަރާހޫނު ހަބަރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝީޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝީޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު

12 ޑިސެމްބަރު 2025
ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު