Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިން ގެ މުޒާހަރާ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025 | ހުކުރު 05:53

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ އިމްތިޔާޒުތަކާއި ޤާނޫނުއަސާސީއާ ވެސް ޚިލާފަށް ކަމަށް އެ ޕާޓީން ބުނެ ހައްޔަރު ކުރި އެންމެން ދޫކޮށްލުމަށް ވަނީ ގޮވާލާފައި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޑިސެމްބަރު 2025 | ހުކުރު 05:53
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - 08.12.2025

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - 08.12.2025

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެ ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަސްވެރިން ގެ ދުވަހާއި ގުޅުވައިގެން ދިވެހި މަސްވެރިން ގެ އިސްނެގުމު ގެ މަތިން މާލެ ސަރަހައްދުގައި ކަނޑުމަތީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ރޫޅާލީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. މަސްވެރިން ގެ އިހުތިޖާޖަށް ހުރަސް އަޅާ ކެންދޫ ދައިރާ ގެ މެމްބަރު މައުރޫފް ޒާކިރު އާއި މަސްވެރިންތަކެއް ހައްޔަރު ކުރި ކުރުން އެމްޑީޕީ އިން ވަނީކުށްވެރިކޮށްފަ އެވެ.

އެ ޕާޓީ އިން ބުނީ މައުރޫފް ހައްޔަރު ކުރީ ރައްޔިތުން ގެ މަޖިލީހު ގެ މެމްބަރުންނަށް ލިބޭ އިމްތިޔާޒުތަކާއި ވެސް ޚިލާފަށް ކަމަށެވެ. ޚިޔާލުފާޅުކުރު މާއި އެއްވެ އުޅުމަކީ ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ ކަންކަމަށް ވާއިރު އެ އިހުތިޖާޖު ގެ ބައިވެރިން ހައްޔަރުކޮށްފައި ވަނީ ޤާނޫނުއަސާސީ އާއި ޚިލާފަށް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

އެ އިހުތިޖާޖުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް އެ ޕާޓީ އިން ވަނީ ގޮވާލާފަ އެވެ. ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާތީ އެކަމަށް ވެސް އެ ޕާޓީ އިން ވަނީ ފާޑު ކިޔާފަ އެވެ. ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި މުޒާހަރާ އަށް ފުލުހުން ފޮނުވައިގެން އަމަލު ކުރި ގޮތަށް އެ ބަޔާނުގައި ފާޑު ކިޔާފައި ވެ އެވެ.

މަސްވެރިކަންއެމްޑީޕީމައުރޫފް ޒާކިރުމަސްވެރިންގެ މުޒާހަރާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
 މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް 'މަހަ މަންފާ' ނަމުގައި ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފި
10 ޑިސެމްބަރު 2025

މަސްވެރިންގެ ދުވަހު މުހިއްމީ ޖަލްސާ ބައްވާ އެވޯޑު ދިނުމެއް ނޫން، މުހިއްމީ މަސްވެރިންގެ ކަންބޮޑުވުން އަޑު އަހައި ހައްލު ހޯދުން: މައުރޫފް

10 ޑިސެމްބަރު 2025
މަސްވެރިންގެ ދުވަހު މުހިއްމީ ޖަލްސާ ބައްވާ އެވޯޑު ދިނުމެއް ނޫން، މުހިއްމީ މަސްވެރިންގެ ކަންބޮޑުވުން އަޑު އަހައި ހައްލު ހޯދުން: މައުރޫފް
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
29 ނޮވެމްބަރު 2025

ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނު ބޭނުންފުޅު ވީމާ ކޮންމެ މީހެއްގެ ވެސް ބޯ ބުރި ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަސްތީގު ކުރައްވަމުން: މެންބަރު މައުރޫފް

29 ނޮވެމްބަރު 2025
ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނު ބޭނުންފުޅު ވީމާ ކޮންމެ މީހެއްގެ ވެސް ބޯ ބުރި ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަސްތީގު ކުރައްވަމުން: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް