Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025 | ހޮނިހިރު 07:13

މަސްވެރިންގެ އިހްތިޖާޖުން ހައްޔަރުކުރި 8 މީހުންގެ ތެރެއިން 4 މީހުން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރު ނުކުރާ ގާނޫނުއަސާސީއާ ހިލާފަށް ބަންދުގައި ބެހެއްޓި ކަމަށް އެމްޑީޕީން ބުނޭ. އަނެއް 4 މީހުންގެ ބަންދު އިތުރުކުރުމުގައި ފުލުހުން ހެކި ސާފުކޮށް ނުދެއްކި ނަމަވެސް ކްރިމިނަލް ކޯޓުން 5 ދުވަހަށް އިތުރުކުރީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ކަމަށް ބުނެ ހައްޔަރުވި ފަރާތްތައް ވަގުތުން މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލި.

އަލީ ޝާހީން
އަލީ ޝާހީން | 13 ޑިސެމްބަރު 2025 | ހޮނިހިރު 07:13
އެމްޑީޕީ ލީޑަރޝިޕް ގެ ބައެއް ބޭފުޅުން ހުޅުމާލެ ކްރިމަނަލް ކޯޓު ސަރަހައްދުގައި

އެމްޑީޕީ ލީޑަރޝިޕް ގެ ބައެއް ބޭފުޅުން ހުޅުމާލެ ކްރިމަނަލް ކޯޓު ސަރަހައްދުގައި

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއް ގައި ބުނީ، ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި ސުލްހަވެރި އިހްތިޖާޖަށް ސަރުކާރުން ހުރަސް އަޅައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ޖުމްލަ 8 މީހަކު ވަނީ ހަރަކާތުގެ ތެރެއިން ގާނޫނާއި ހިލާފަށް ހައްޔަރު ކޮށްފައި ކަމަށެވެ. 

އަދި ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، ކުށެއްގެ ތުހުމަތުގައި ބަންދު ކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރު ކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ވާނެކަމަށެވެ. އެހެންނަމަވެސް، ހައްޔަރު ކުރި ފަރާތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވަނީ 4 މީހުންނެވެ. އަނެއް 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމަކާނުލައި ބަންދުގައި ބައިތިއްބައިފައި ވަނީ ޤާނޫނުއަސާސީއާ ހިލާފަށް ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހެޅުމުން، ކޮންމެ މީހަކު އިތުރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މީގެ އިތުރުން އެމްޑީޕީ އިން ބުނީ، ކޯޓުން މި ގޮތަށް އަމުރުކުރި ނަމަވެސް، އެ މީހުންނަށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަމަށް ފުލުހުންނަށް ބަންދުގެ އަޑު އެހުމުގައި ސާފުކޮށް ބުނެދެވިފަ ނުވާ ކަމަށެވެ. އަދި އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ޤާނޫނީ ސަބަބެއް ވެސް ބަޔާން ކޮށްދެވިފައި ވެސް ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް، ޤާނޫނުއަސާސީ އާއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް އަދި އާއްމުކޮށް ކޯޓުން ޢަމަލުކުރަމުން އަންނަ އުސޫލާ ވެސް ހިލާފަށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ. މިއީ، ޤާނޫނުއަސާސީ އާއީ ހިލާފަށް އަދި ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ސަބަބުން ނިންމި ނިންމުމެއް ކަމުގައި ވީތީ، އެ ކަން އެމްޑީޕީ އިން ވަނީ ކުށްވެރި ކޮށްފަ އެވެ.

އަދި، ޤާނޫނުއަސާސީއާ ހިލާފަށް ހައްޔަރު ކޮށްފައިވާ އެންމެން ވަގުތުން މިނިވަން ކުރުމަށް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

މަސްވެރިކަންމައުރޫފް ޒާކިރުކްރިމިނަލް ކޯޓްމަސްވެރިންގެ މުޒާހަރާމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ

13 ޑިސެމްބަރު 2025
އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
12 ޑިސެމްބަރު 2025

ވަގުތުން ވަގުތަށް މެމްބަރު މައުރޫފް ދޫކޮށްލުމަށް ރައީސް ޞާލިހް ގޮވާލައްވައިފި

12 ޑިސެމްބަރު 2025
ވަގުތުން ވަގުތަށް މެމްބަރު މައުރޫފް ދޫކޮށްލުމަށް ރައީސް ޞާލިހް ގޮވާލައްވައިފި
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި
12 ޑިސެމްބަރު 2025

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"
12 ޑިސެމްބަރު 2025

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

12 ޑިސެމްބަރު 2025
މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ
12 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން

12 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާ އަށް ނުކުތުމުން ރައީސް މުއިއްޒު އަށް ހީފުޅުވީ އުތުރު ގަޑުބަޑުގެ މީހުން މާލެ އަށް އަރަން އުޅުނުހެން: ރައީސް ޔާމީން
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް