Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުއިއްޒު

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

މަސްވެރިންގެ އިހުތިޖާޖުގެ 4 ވަނަ ދުވަހުގެ އަޑުތަކުން އެނގެނީ މަސްވެރިން މާޔޫސްވާ ވަރު ކަމަށް ވާއިރު ރައީސް މުއިއްޒު އަށް މި އަޑުތައް އިވޭހެން ހިއެއް ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 14:38
މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން

މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ އެވެ؟ އިވެންޏާ ވެސް އަންގާލަދެއްވާށެވެ. ނީވެންޏާ ވެސް އަންގާލަދެއްވާށެވެ. މިހެން ބުނަން މި ޖެހުނީ މަސްވެރިންގެ އާދޭހުގެ އަޑު އިވޭހެން މަނިކުފާނުގެ އަމަލުފުޅުތަކުން ހަމަ ހިލާ ނުފެންނާތީ އެވެ. މިއީ އަޅުގަނޑު ބުނާ ވާހަކަ އެއް ނޫނެވެ. މިއީ މަސްވެރިންގެ އަޑެވެ.

"މި ގަރުނުގައި އަންނާނެ ރައްޔިތުންނާއި އެންމެ ދުރުން ވެރިކަން ކުރާނެ މީހާ މިއީ. ހި އެއް ނުވޭ ދެން މިކަހަލަ ވެރިއަކު އައިސްދާނެހެން. އަޑުއަހާލަދޭށޭ ކަންބޮޑުވުންތައް.  އަޑުއަހަން ނެތިއްޔާ ނެތް ވާހަކަ ވެސް ބުނެލަ ދޭށޭ" މިއީ މަސްވެރިއަކު މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ދެއްކި ވާހަކަ އެވެ.

މިއީ މަސްވެރިންގެ އިހުތިޖާޖުގެ 4 ވަނަ ދުވަހުގެ އަޑުތަކެވެ. އިހުތިޖާޖުން އިވެނީ މަސްވެރިންގެ އާދޭހާއި ހާލުގެ ދުލުން ކިޔާދޭ އެތައް ތުރާލެއްގެ ވާހަކަ އެވެ. ތިމާމެންގެ އާއިލާތައް ނިކަމެތިވާން ދޫކޮށް ނުލާން އެ މަސްވެރިން ދަނީ އެދެމުންނެވެ. މިއަދު އެ މަސްވެރިންގެ އަޑު ސަރުކާރަށް އިވޭކަމާއި މެދު އެ މަސްވެރިން އެ ދަނީ ސުވާލު އުފައްދަމުންނެވެ. މަސްވެރިން ދެކެނީ މި ވެރިކަމަކީ މަސްވެރިންނާއި ދުރުން ފެޔަށް ޖެހިގެން މަސައްކަތް ކުރާ މަސްވެރިންނާއި ބީރައްޓެހި ސަރުކާރެއް ކަމަށެވެ. 

"ފިޝަރީޒް މިނިސްޓަރ ޝިޔާމް އިސްތިއުފާ"، "ހައްޔަރީން ދޫކޮށްލާ"، "މަސްވެރިންގެ ހައްގުތައް އަދާކުރޭ" މަސްވެރިން ތިބީ ފަހަރެއްގާ ވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. މަސްވެރިންގެ އުދާސްތައް ބައިވަރެވެ. މަސްވެރިން ކުރާ ސުވާލަކީ މި އަޑުތައް ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އަށް ނީވެނީތޯ ކުރާ ސުވާލެވެ.

"އަޅުގަނޑު ބުނާނީ މަސްވެރިންގެ އަޑު ނީވޭ ބީރު ވަޒީރަކު އިސްތިއުފާ ދެއްވާށޭ. ރައީސް އަށް ދަންނަވާނީ ވަޒީރު ވަކިކޮށްދެއްވާށޭ." މަސްވެރިޔަކު ވަނީ ބުނެފަ އެވެ.

ސާފުކޮށް ހަރު އަޑުން މަސްވެރިން ބުނަނީ މި ސަރުކާރަށް މަސްވެރިންގެ އަޑު ނީވޭ ކަމަށެވެ. ފޮނި ވައުދުތަކެއް ވެގެން މަސްވެރިން ގުއިރޯނުގައި ޖައްސަން ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރިކަން މި މަސްވެރިންނަށް އިހުސާސްކުރެވެއެވެ. މަސްވެރިން ބުނާ ވާހަކަ އަކީ ތިމަންނާމެންނަކީ ސިޔާސީ މީހުންކަމަށް ދައްކަން މަސައްކަތް ނުކުރުމަށް އެދި ކުރާ އާދޭހުގެ ވާހަކަތަކެވެ. އާދޭހާއި އެކު އެދެނީ މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަތުމެވެ. 

މަސްވެރިންގެ ބެލެނިވެރި ފަރާތުން މަސްވެރިން ބިކަކޮށްލިކަމުގެ އިހުސާސް އެ މަސްވެރިންނަށް ކުރެވުމަކީ މިއަދު މި މަސްވެރިންނަށް ލިބޭ ނިކަމެތިކަމެކެވެ. ކޯޓާ އާއި އިދާރީ ކަންކަން ހަމަ ނުޖެހިގެން މި މަސްވެެރިންނަށް ވަނީ އިންތިހާ ނިކަމެތިކަމާއި ކުރިމަތިލާން ޖެހިފަ އެވެ.

" މަސްވެރިންގެ ދަރަޖަ ވަރަށް ސާފު މި ކަންކަން ކުރާ ގޮތުން. މަސްވެރިންގެ އަޑެއް ނާހާ. މަސްވެރިންގެ އަޑު އަހަން ވަޑައިގަންނަވަން ވީ ނޫންތޯ. 

މަސްވެރިންގެ ބަސް ވަރަށް ސާފެވެ. ވީ ވައުދުތައް ވީ ބިލާހަކަށެވެ. ވީ ވައުދު ނުފުއްދައިގެން ޖަވާބުދާރީ ކުރަން ނިކުތީމަ އެ ކަމުގައި ވެސް އެންމެ އިސްކޮށް ތިބި މީހުން ދަމާ ކޫތާފައި ވިޔަސް ހައްޔަރުކޮށްގެން ގެންގޮސް ކުޑަގޮޅިއަށް ގަޅުވާލީ އެވެ. މިއީ އާއްމު މަސްވެރިޔާ އަށް ހައްގު މިންވަރުތޯ މިއަދު މި މަސްވެރިން ސުވާލުކުރެ އެވެ. 

ރައީސް މުއިއްޒުމަސްވެރިކަންއަޙްމަދު ޝިޔާމްފިޝަރީސް މިނިސްޓްރީމަސްވެރިންގެ މުޒާހަރާކޯޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ހައްގުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގާނޫނާ ޚިލާފަށް މުއިއްޒު ސަރުކާރުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރި މައްސަލަ  އައިއެލްއޯ އަށް ހުށަހަޅައިފި

މަސްވެރިންގެ ހައްގުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގާނޫނާ ޚިލާފަށް މުއިއްޒު ސަރުކާރުން މަޖިލިސް މެމްބަރަކު ހައްޔަރު ކުރި މައްސަލަ އައިއެލްއޯ އަށް ހުށަހަޅައިފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

13 ޑިސެމްބަރު 2025
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު