Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025 | ހޮނިހިރު 03:21

މި ނަތީޖާއާ އެކު ބުރު އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 10 މެޗުން 17 ޕޮއިންޓު ހޯދައިގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޑިސެމްބަރު 2025 | ހޮނިހިރު 03:21
މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބުރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑު ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުން، ބުރު ސްޕޯޓްސް ކުލަބު ބޮޑު މޮޅެއް ހޯދައިފި އެވެ. 

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ބުރުން ކާމިޔާބު ކުރީ 9-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރުން ހަތް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. 

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ބުރުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިއަވަންޑޫ ނިއާންގް ޑިއާނޭ އެވެ. އޭނާ އަކީ މިފަހަރު ބުރަށް އަލަށް ގެނައި ސެނެގާލްގެ ކުޅުންތެރިޔެކެވެ. އޭގެ ތިން މިނެޓު ފަހުން ހުޑްސަން ޑިއާޒް ވަނީ ބުރުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ޑިއަވަންޑޫ ވަނީ ބުރުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދީފަ އެވެ. އޭގެ ދެ މިނެޓު ފަހުން ބުރުގެ ހަތަރު ވަނަ ލަނޑު ޖެހީ މުޙައްމަދު ނާއިމް އެވެ. ފުރަތަމަ ހާފުގައި ބުރުން އިތުރު ތިން ލަނޑު ޖެހިއިރު، 25 ވަނަ މިނެޓުގައި އެ ޓީމުގެ ފަސް ވަނަ ލަނޑު ޖެހީ އަރީން ޢަބްދުﷲ އިބްރާހީމް އެވެ.

އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި ހުޑްސަން ވަނީ ބުރުގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ބުރުގެ ހަތް ވަނަ ލަނޑު ޖެހީ ކުޅުންތެރިޔާ އަޙުމަދު ޢަބްދުﷲ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ހުޑްސަން ވަނީ ބުރުގެ އަށް ވަނަ ލަނޑު ޖަހައި، މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ. އަދި އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި އޭނާ ވަނީ ހަތަރު ވަނަ ލަނޑެއް ވެސް ޖަަހައި، ބުރަށް ނުވަ ލަނޑުގެ މޮޅެއް ހޯދައިދީފަ އެވެ. 

ލީގުގައި ހުކުރު ދުވަހުގެ ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވަނީ، ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފަ އެވެ. އެ މެޗު ނިއު ރޭޑިއަންޓް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ނިއު ރޭޑިއަންޓްގެ ލަނޑުތައް ޖެހީ ގޯމޭސް ޑަ ސިލްވާ، މުޙައްމަދު ފާސިރު އަދި ޙަސަން ރާއިފް އަޙުމަދު އެވެ. މެޗުގައި ވެލެންސިއާގެ ހަމައެކަނި ލަނޑު ޖެހީ އައިދު މުޙައްމަދު ޖަވީޒް އެވެ.

މި ނަތީޖާއާ އެކު ބުރު އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 10 މެޗުން 17 ޕޮއިންޓު ހޯދައިގެންނެވެ. ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި ނިއު ރޭޑިއަންޓް އޮތީ މިހާތަނަށް ކުޅެފައިވާ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުބުރު ސްޕޯޓްސް ކްލަބްޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި

16 އޯގަސްޓު 2026
ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި
06 އޯގަސްޓު 2026

ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް

06 އޯގަސްޓު 2026
ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް
02 އޯގަސްޓު 2026

ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ

02 އޯގަސްޓު 2026
ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ
19 ޖުލައި 2026

ސްޕެއިންގެ ކޯޗާ އެކު ބުރުގެ ފަރިތަކުރުންތައް ފަށައިފި

19 ޖުލައި 2026
ސްޕެއިންގެ ކޯޗާ އެކު ބުރުގެ ފަރިތަކުރުންތައް ފަށައިފި
22 ފެބުރުއަރީ 2026

ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް

22 ފެބުރުއަރީ 2026
ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް
14 ފެބުރުއަރީ 2026

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
09 ފެބުރުއަރީ 2026

މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި

09 ފެބުރުއަރީ 2026
މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި
07 ފެބުރުއަރީ 2026

ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ

07 ފެބުރުއަރީ 2026
ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ
07 ފެބުރުއަރީ 2026

ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި

07 ފެބުރުއަރީ 2026
ފަސް ވަނަ ފަހަރަށް މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް