Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ މުޒާހަރާ

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ދޯނިތަކުގައި އުޅޭ ބިދޭސީން މުޒާހަރާގައި ބައިވެރި ވެއްޖެ ނަމަ ހައްޔަރު ކުރާނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފައިވޭ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 03:44
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ކޯ ފައުންޑަރ މައުރޫފް ޒާކިރު

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ކޯ ފައުންޑަރ މައުރޫފް ޒާކިރު

މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ހޯދައި ދިނުމުގެ ބަދަލުގައި ސުލްހަވެރި ކަމާއެކު އިހުތިޖާޖު ކުރަމުންދާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމުގެ ވިސްނުން ގެންގުޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ގެ ކޯ ފައުންޑަރ މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މައުރޫފް ވިދާޅުވީ ދޯނިތަކުގައި އުޅޭ ބިދޭސީން މުޒާހަރާގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެ އެމީހުން ބައިވެރި ވެއްޖެ ނަމަ ހައްޔަރު ކުރާނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހުންނަކީ ދޯނި ތަކުގައި ދިރިއުޅޭ މީހުން ކަން ފާހަގަ ކުރައްވާ މައުރޫފް ވިދާޅުވި، އެމީހުންގެ ގެދޮރު ދާ ކޮންމެ ތާކަށް އެމީހުން ދާނެ ކަމަށެވެ. މައުރޫފް ވިދާޅުވީ ދޯނި ތަކުގައި ބިދޭސީން އުޅޭކަން ގަބޫލު ކުރާ ކަމަށާ އޭގެ ތެރެއިން ގިނަ ވާނި ސައްހަ ކޯޓާގައި މަސައްކަތް ކުރާ ބިދޭސީން ކަން ގަބޫލުކުރާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

Advertisement - newsAdvertisement
ކަމާ ކަންފަށާފަ ބިދޭސީން މުޒާހަރާ ކުރާކަށް ނާދޭ. މިދޯނި ތަކުގެ ވެރިންނާއި ކެޔޮޅުންނާއި އިސް ފަރާތްތަކުން މި މުޒާހަރާގައި ބައިވެރިވާން ނިންމައިގެން އައިސް އެބޭފުޅުން މީގަ ބައިވެރިވެ ކުރިއަށް މިގެންދަނީ. އެހެންވީމަ ސަރުކާރަށް އަޅުގަނޑުމެންނަށް ބިރު ދެއްކުމުގެ ގޮތުން ބިދޭސީންނަށް މުޒާހަރާ ނުކުރެވޭނޭ ހައްޔަރު ކުރާނަމޭ ފިޔަވަޅު އަޅާނަމޭ އެހެން ބުނުމުން އަޅުގަނޑުމެންނަށް މި އެނގިގެން މިދަނީ ސަރުކާރަށް ދެން އެނޫންގޮތެއް ދެން ނެތޭ. މިސާލަކަށް މި ދޯނިތަކުގައި ތިބި ބިދޭސީން ހިފާ ހައްޔަރު ކުރިޔޯ. މުޒާހަރާ ހުއްޓޭނެތޯ. ސަރުކާރުގެ ވައުދު ފުއްދޭނެ ތޯ. ކޮންހާލަތަކަށްތޯ ދެން މިހާލަތު އެ ބަދަލުވެގެން ދަނީ. އެހެންމާ ހަގީގަތުގައި ހެޔޮ ނިޔަތެއް ނެތްކަން އަޅުގަނދުމެންނަށް މި އެނގިގެން މިދިޔައި.
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ގެ ކޯ ފައުންޑަރ މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވި މަސްވެރިންނާއި މަޝްވަރާ ކޮށްގެން މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާ މައްސަލަ ހައްލު ކޮށްދެއްވުމަށް ވަޒީރު ޝިޔާމަށް އަދި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި މިދިޔަ އޮކްޓޫބަރު މަހުގައި ވަޒީރަށް ސިޓީ އެއް ފޮނުވި ކަމަށާއި ހަމަ އެގޮތަށް މިދިޔަ ސެޕްޓެމްބަރު މަހުގައި ރައީސް މުޢިއްޒު އަށް ވެސް ސިޓީ އެއް ފޮނުވި ކަމަށް މައުރޫފް ވިދާޅުވި އެވެ.

އޭގެ އިތުރުން މި އިހުތިޖާޖު އޮންނާނެ ވާހަކަ އަންގާ އިއުލާނެއް ވެސް ކުރި ކަމަށް މައުރޫފް ވިދާޅުވި އެވެ. އެ އިއުލާނުގައި މަޝްވަރާ ކުރުމަށް ފުރުސަތު އޮތް ވާހަކަ ދަންނަވާފައި ވާނެ ކަމަށާއި އެހެން ނަމަވެސް ހެނދުނު އިހުތިޖާޖު ފަށައިގެން މެންދުރު ވަންދެން ކުރިއަށް ގެންދިޔައިރު ވެސް އެއްވެސް ފަރާތަކުން މަޝްވަރާ ނުކުރައްވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އެހެން ކަމުން ފަޅުން ނިކުމެ އެއް ނަންބަރު ޖެޓީ އާއި ހިސާބަށް އައީ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާތްތަކެއް ފުރިހަމަ ކޮށްފައި ކަމަށް މައުރޫފް ވިދާޅުވި އެވެ.

މަސްވެރިންމައުރޫފް ޒާކިރުރައްޔިތުންގެ މަޖިލިސްބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންޕޮލިސްބިދޭސީން

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު