Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މައުރޫފް ޒާކިރު

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

ވޯޓަށް އަހަން ކޯރަމް ހަމަ ވަނީ 6 މެމްބަރުން ކޮމިޓީގެ ބައްދަލުވުމުގައި ތިބެގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 16:58
މެންބަރު މައުރޫފު ހައްޔަރުކުރުމާ ގުޅިގެން ބޭއްވި އިމްތިޔާޒު ކޮމެޓީ ބައްދަލުވުން

މެންބަރު މައުރޫފު ހައްޔަރުކުރުމާ ގުޅިގެން ބޭއްވި އިމްތިޔާޒު ކޮމެޓީ ބައްދަލުވުން

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ އާއި ގުޅިގެން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީގައި ވޯޓަށް އަހަން ބޭނުންވާ ވަރަށް މިންވަރަށް މެމްބަރުން ހަމަ ނުވުމުން އެއްވެސް ކަމަކަށް ވޯޓަށް އެހޭ ގޮތެއް ނުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީ އަށް ހާޒިރުވީ 5 މެމްބަރުންނެވެ. ވޯޓަށް އަހަން ކޯރަމް ހަމަ ވަނީ 6 މެމްބަރުން ކޮމިޓީގެ ބައްދަލުވުމުގައި ތިބެގެންނެވެ. ކޮމިޓީ އަށް ހާޒިރުވި 5 މެމްބަރުންނަކީ ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ކަނޑިތީމް ދާއިރާގެ މެމްބަރު އަމީން ފައިސަލް ގެ އިތުރުން، ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް، މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އަދި މަޑަވެލި ދައިރާގެ މެމްބަރު މުހައްމަދު ޝަމީޒް އެވެ.

Advertisement - newsAdvertisement

އެ ކޮމިޓީ އާއި މެދު ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން މެމްބަރު އަމީން ވިދާޅުވީ ކޮމިޓީ ގައި ވޯޓުގެ ކޯރަމް ހަމަ ނުވީ ބައެއް މެމްބަރުން ރަށުގައި ނެތުމުން ކަމަށެވެ. ނަމަވެސް ޕީއެންސީ އިން ބޭނުން ވެގެން ކަމެއް ކުރާ ނަމަ ކޮންމެ ގޮތެއް ހަދާފަ ވެސް ކޯރަމް ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖިނާއީ ތަހުގީގެއް ހިންގާ މިންވަރަކަށް ކުށްވެރިވާ ކަމެއް ނޫން މިއީ. މިއީ އެފަދަ ހާލަތެއް ނޫން. މައުރޫފް އާއި މެދު ދެކެނީ ވަކިން ތަފާތުކޮށް. ކޮމިޓީ އަށް މީހުން އަންނާނެ ޕީއެންސީ އަށް ބޭނުންވާ ކަމެއް ކުރަން ވެއްޖެއްޔާ. 5 މީހުން ހަމަވީ. ގަސްތުގައި ކަމަށް ބެލެވެނީ." އަމީން

މި ބައްދަލުވުން ފެށިތާ 10 ވަރަކަށް މިނިޓު ތެރޭގައި ބައްދަލުވުން ވަނީ ނިންމާލާފަ އެވެ.

މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ބަލައި ދިނުމަށް އެދި ހުށަހެޅީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު އެވެ. ބުރާސްފަތި ދުވަހު ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން އަންގާފައި ވުމުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގެންދެވިފައިވަނީ ހައްޔަރަށްތޯ ނުވަތަ ނޫންކަން ފުލުހުންގެ ކިބައިން ސާފުކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

އަދި ކޮމެޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ މެންބަރު މައުރޫފް އަދިވެސް ހުރީ ހައްޔަރުގައި ކަން ކަށަވަރު ކޮށްދީފަ އެވެ.

ކޮމިޓީ އަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ވެސް ވަނީ ކޮމިޓީ އަށް ސިޓީ އެއް ހުށަހަޅުއްވާފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގައި އޮތީ ޝާކިރު އާއި ކުޑޫ އާއި ދެ މީހުން ފޮނުވި ސިޓީ އާއި މެދު މަޝްވަރާކުރުމެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބައިވެރިވެފައިވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ވާއިރު މައުރޫފް އާއި މެދު އެހެން މީހުންނާއި މެދު އަމަލު ނުކުރާ މޭރުމަކުން އަމަލުކުރާ ކަމަށް ބުނެ މެމްބަރު އަމީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މައުރޫފް ޒާކިރުއިމްތިޔާޒާއި ސުލޫކު ކޮމެޓީކެންދޫ ދާއިރާބޮޑު ކަންނެލިއަމީން ފައިސަލްއިހުތިޖާޖު

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު