Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ މުޒާހަރާ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ބުނެ ދޯނިތަކަށް ފުލުހުން އަރައި 3 މީހަކު ހައްޔަރު ކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޑިސެމްބަރު 2025 | ބުރާސްފަތި 08:53
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައި ކެންދޫ ދާއިރާގެ މެންބަރު ހައްޔަރު ކުރަނީ

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައި ކެންދޫ ދާއިރާގެ މެންބަރު ހައްޔަރު ކުރަނީ

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ކުރަމުންދާ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖު ގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެ ދޯނި ތަކުގައި މަސައްކަތް ކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ފުލުހުން ވަނީ އިހުތިޖާޖު ގައި ބިދޭސީން ހަރަކާތްތެރިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެ ދޯނިތަކަށް އަރާފައެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭ ކަމަށެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކާއި 2 ދޯނި ފުލުހުންގެ ބެލުމުގެ ދަަށަށް ގެނައި އިރު، އަމުރަށް ނުކިޔަމަންތެރިވި ގޮތެއް ފުލުހުންނާއި ސުވާލުކުރުމުން ސާފުކޮށް ނުދިނެވެ. އަދި ކަނޑުމަތީގައި ސުލްހަވެރި މުޒާހަރާ އެއް ކުރަމުން ދިޔަ މަސްވެރިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ގޮތެއް ވެސް ފުލުހުންނާއި ސުވާލު ކުރުމުން ބުނެދީފައި ނުވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދޯނީގެ ތެރެއިން އެއް ދޯނީ ގައި ރާއްޖެޓީވީ ގެ ނޫސްވެރިޔާ އާއި ކެމެރާމަން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް ވެސް ވަނީ މެދުކަނޑާލާފަ އެވެ.

ހައްޔަރު ކުރި މީހުންނާއި ދޯނިތައް ގެންދަނީ ދޫނިދޫ އަށެވެ.

ޕޮލިސްމައުރޫފް ޒާކިރުދޫނިދޫބޮޑު ކަންނެލި މަސްވެެރިކަން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ

13 ޑިސެމްބަރު 2025
މެމްބަރު މައުރޫފް ކުއްލި ސަރޖަރީ އެއް ކޮށްފި، އިތުރު ސަރޖަރީ އެއް ކުރަން ޖެހޭ
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
12 ޑިސެމްބަރު 2025

ވަގުތުން ވަގުތަށް މެމްބަރު މައުރޫފް ދޫކޮށްލުމަށް ރައީސް ޞާލިހް ގޮވާލައްވައިފި

12 ޑިސެމްބަރު 2025
ވަގުތުން ވަގުތަށް މެމްބަރު މައުރޫފް ދޫކޮށްލުމަށް ރައީސް ޞާލިހް ގޮވާލައްވައިފި
12 ޑިސެމްބަރު 2025

ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު

12 ޑިސެމްބަރު 2025
ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު