Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖު

މަސްވެރިންގެ ދުވަހު މުހިއްމީ ޖަލްސާ ބައްވާ އެވޯޑު ދިނުމެއް ނޫން، މުހިއްމީ މަސްވެރިންގެ ކަންބޮޑުވުން އަޑު އަހައި ހައްލު ހޯދުން: މައުރޫފް

މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވުމަށްފަހު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2025 | ބުދަ 13:02
އިހުތިޖާޖަށް މަސްވެރިން ތައްޔާރު ވަމުން ދަނީ

އިހުތިޖާޖަށް މަސްވެރިން ތައްޔާރު ވަމުން ދަނީ

މަސްވެރިންގެ ދުވަހު މުހިއްމީ ކުލަގަދަ، ބޮޑު ޖަލްސާއެއް ބާއްވާ ބަޔަކަށް އެވޯޑުތަކެއް ދިނުން ނޫން ކަމަށާ އެއަށް ވުރެ މުހިއްމީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް ހައްލު ހޯދައިދިނުން ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ކުރިއަށް ގެންދާ މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި މައުރޫފް ވިދާޅުވީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހު މަސްވެރިންގެ ކަންބޮޑުވުންތައް ފާޅު ކުރުމަށްޓަކައި ބީކޭއެމްޔޫ އިން އިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވުމަށްފަހުގަ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ސަރުކާރުގަ އަޅުގަނޑުމެން ގެ ޑިމާންޑުތައް އެއީ ބޮޑު ކަންނެލި މަސްވެރިންގެ ޑީމާންޑު ތައް އަޑު އަހައި، އޭގެތެރޭގަ އެންމެ މުހިއްމު ގޮތެއްގަ އަޅުގަނޑު މެން ފާހަގަކުރަމުން އައި ތިން ޑިމާންޑު ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމަނައި، މެނިފެސްޓޯގައި ޖެހި، ރިޔާސީ ވައުދުގެ ގޮތުގަ ވަނީ އިއުލާނު ކުރެވިފަ،
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެ މެންބަރު މައުރޫފް ޒާކިރު

މި އިހުތިޖާޖު ގައި މަސްވެރިން މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ 3 ޑިމާންޑެކެވެ.

އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.

މައުރޫފް ވިދާޅުވީ މެނިފެސްޓޯގައި މި ވައުދުތައް ހިމަނައި، މަސްވެރިންގެ ވޯޓާއެކު މި ސަރުކާރު ވެރިކަމަށް އައީ އެއީ އެ ކަންކަމަކީ މި ސަރުކާރަށް ކުރެވޭނެ ކަންކަމަށް ވާތީ ނޫންތޯ ވިދާޅުވެފަ އެވެ. އެހެން ކަމަށް ވާނަމަ ވައުދުތައް ނުފުއްދެންވީ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިފަދަ ދުވަހުގެ ފާހަގަ ކުރާއިރު މުހިއްމީ ކުލަގަދަ، ބޮޑު ޖަލްސާއެއް ބާއްވާ ބަޔަކަށް އެވޯޑުތަކެއް ދިނުން ނޫން ކަމަށާ އެއަށް ވުރެ މުހިއްމީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް ހައްލު ހޯދައިދިނުން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަސްމައުރޫފް ޒާކިރުބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންމަސްވެރިންގެ މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު