Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަސްވެރިންނަށް ވައުދުވި 48 ގަޑިއިރު ތެރޭގައި ފައިސާދިނުމާއި ޑޮލަރުން ފައިސާލިބޭނެ ގޮތް ހަމަޖައްސައިދިނުމުގައި ސަރުކާރުން ފެއިލްވެފައިވާކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ބުނެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޑިސެމްބަރު 2025 | ބުރާސްފަތި 13:34
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމެއް ތެރެއިން

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމެއް ތެރެއިން

މަސްވެރިން ގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެ މެންބަރު މަޢުރޫފް ޛާކިރު ހައްޔަރު ކުރީ އަނިޔާވެރިކޮށް ކަމަށް ފާހަގަކޮށް އެކަން އެމްޑީޕީ ގެ ޕީޖީ ގްރޫޕުން ކުށްވެރިކޮށްފި އެވެ.

އިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭ ގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވާ ކަމަށް، ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފަ އެވެ. އެހެންނަމަވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއްގެ ބޭނުން ހިފަމުން ދަނިކޮށް، އެ އިހުތިޖާޖު ނިމުމަކަށް ގެނައުމަށް ސަރުކާރުން ބޭނުންވެގެން އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ، ފުލުހުން ހާލަތާ ނުބައްދަލު ބާރު ގެ ބޭނުންކޮށްގެން ޤާނޫނާ ހިލާފަށް ހައްޔަރުކޮށްފަ އެވެ. މެމްބަރުން ވަނީ މިކަންކަމަށް ރިއާޔަތްކޮށް، މެންބަރު މަޢުރޫފް ޛާކިރު ޤާނޫނާ ހިލާފަށް ހައްޔަރުކުރުން ކުށްވެރިކޮށް، ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.

Advertisement - newsAdvertisement

އަދި، ރައްޔިތުން ގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ހުރަސްނޭޅުމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް ދިވެހިރައްޔިތުން ގެ ޑިމޮކްރެޓިކް ޕާޓީ ގެ ޕާލިމެންޓަރީ ގްރޫޕުން ރައީސް މުއިއްޒު ގެ ސަރުކާރަށް މެމްބަރުން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީ ގެ ޕީޖީ ގްރޫޕް ގެ މެމްބަރުން ސޮއިކޮށް ނެރުނު ބަޔާނުގައި މި ސަރުކާރުން މަސްވެރިންނާއި މެދު ޢަމަލުކުރާ ގޮތް ވަރަށް ބޮޑަސް ކުށްވެރިކޮށްފަ އެވެ.

މަސްވެރިން ބާނާ މަހަށް، 48 ގަޑިއިރު ގެ ތެރޭގައި ފައިސާ ދިނުމާއި، ޑޮލަރުން ފައިސާ ލިބޭނެގޮތްވެސް ހަމަޖައްސައިދިނުމަކީ، ރިޔާސީ އިންތިހާބު ގެ ކެމްޕޭން ތެރޭގައި، މިހާރު ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު މަސްވެރިންނަށް ވައުދުވެވަޑައިގެންފައިވާ ކަމެކެވެ. އެހެން ނަމަވެސް، އެ ވައުދުތައް ފުއްދުމުގައި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށް މެމްބަރުން ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް މަސްވެރިންނާއި މަސްވެރި އާއިލާތަކުން ވޯޓު ދިނީ، ރާއްޖޭ ގެ މަސްވެރިކަން އައު ހަރުފަތަކަށް ގެންދަވާނެކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާގުޅިގެން ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގައި މަސްވެރިންނަށް ދަތިކުރަމުންދާކަމަށާއި، މިހައި ދަތި ދުވަސްވަރެއް އަދި ނުދެކޭކަމަށް މަސްވެރިން ދަނީ ބުނަމުންކަން މެމްބަރުން ފާހަގަކުރެ އެވެ.

ބޮޑުކަންނެލީ ގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބާނާ ބޮޑުކަންނެލި ކިރުމަށް ޓަކައި އެތައް ދުވަހެއް ވަންދެއް ކިޔުގައި މަޑުކުރަން ޖެހުން އާއްމުވެ، ކަންނެލި ކިރޭނެ ގޮތް ނުވުމާއި، ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން އިންތިހާއަށް ލަސްވަމުންދިޔުމާއި، މަސްވެރިކަން ކުރުމަށް އެކި ގޮތްގޮތުން ދިމާވާ ދަތިތައް އިތުރުވަމުން އަންނާތީ، ހައްގުތައް ހޯދުމަށް ޓަކައި މަސްވެރިން ސުލްހަވެރި އިހުތިޖާޖެއް ކުރަން ފެށިކަން އޭނާ ގެ ސިޓީގައި ބުނެފައިވެ އެވެ.

ސަރުކާރުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުމަށް ރައްޔިތުން ގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމާއި، ރައްޔިތުން ގެ އަސާސީ ހައްގުތަކާއި މިނިވަންކަމު ގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފަސްޖެހުމެއްނެތި، ދިވެހިރައްޔިތުން ގެ ޑިމޮކްރެޓިކް ޕާޓީ ގެ ޕާލިމެންޓަރީ ގްރޫޕް ދެމި އޮންނާނެކަމު ގެ ޔަގީންކަން ރައްޔިތުންނަށް އެމްޑީޕީ ޕީޖީ ގްރޫޕު ގެ ފަރާތުން ވަނީ ދީފަ އެވެ.

މައުރޫފް ޒާކިރުއެމްޑީޕީރައީސް މުއިއްޒުމަސްވެރިންރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

11 ޑިސެމްބަރު 2025
މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު