Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ މުޒާހަރާ

މަސްވެރިންގެ ދޯނި ތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އެދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން: ގާނޫނީ ވަކީލު މުސްތަފާ

މި އަހަރުގެ މަސްވެރިންގެ ދުވަހު 49 ދޯނިން އިހުތިޖާޖެއް ކުރި އިރު ފުލުހުން ދޯނިތަކަށް އަރައި ވަކިވަކި މީހުން ހައްޔަރު ކުރި. ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވީ ދޯނިތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ތިބިނަމަ އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން ކަމަށާއި ފުލުހުން ނޫން ކަމަށް. ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި މަސްވެރިންނަށް ލިބުނު ގެއްލުން ދައުލަތުން ދޭން ޖެހޭ ކަމަށް މުސްތަފާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2025 | ހުކުރު 08:42
ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވާހަކަ ދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވާހަކަ ދައްކަވަނީ

ބޮޑު ކަންނެލި މަސްވެރިންގެ ދޯނިތަކުގައި ގާނޫނާ ހިލާފަށް ބިދޭސީ މަސައްކަތްތެރިން ތިބިނަމަ އެ ދޯނިތަކަށް އަރަންޖެހޭނީ އިމިގްރޭޝަން އޮފިސަރުން ކަމަށާއި، ފުލުހުން ނޫން ކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައި ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން އިސްނަގައިގެން 49 ދޯންޏަކާއެކު އިހުތިޖާޖެއް ކުރިއަށް ގެންދިޔަ އެވެ. މި އިހުތިޖާޖު ފެށީ ބުދަ ދުވަހުގެ ހެނދުނު 9:30 ގައި ހުޅުމާލެ ކަންނެލި ޖެޓީންނެވެ. މަސްވެރިންގެ ކަންބޮޑުވުން ތަކަށް ސަރުކާރުގެ ފަރާތުން ޖަވާބެއް ލިބެން ދެން އިހުތިޖާޖު ކުރިއަށް ގެންދަން ނިންމި އެވެ. އަދި މަސްވެރި ދޯނިތަކުގައި އެއް ނަންބަރު ޖެޓީ އަށް ވަނުމުގެ ފުރުސަތު ކޯސްޓްގާޑުންނާ ފުލުހުން ނުދިނުމުން އެ ދޯނިތައް ފަޅުން ބޭރުގައި މަޑުކޮށްގެން މަސްވެރިން ވަނީ ސުލްހަވެރިކަމާއެކު އަޑު އުފުލާފައިވެ އެވެ.

Advertisement - newsAdvertisement

ނަމަވެސް ބުރާސްފަތި ދުވަހު ފުލުހުން ވަނީ މަސްދޯނިތަކަށް އަރައި، ވަކިވަކި މީހުން އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން އެ ދޯނިތަކަށް އެރީ ގަވާއިދާ ހިލާފަށް އެދޯނިތަކުގައި ބިދޭސީން އުޅޭ ކަމަށް ބުނުމަށްފަހު އެވެ. 

މި މައްސަލައާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މަސްވެރިންނަށް ދަތި ކުރަމުންދާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ. މުސްތަފާ ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިން ކުރީ އިހުތިޖާޖެއް ނޫން ކަމަށާއި، އެއީ ވަރަށް ބޮޑު ހަޅުތާލެއް ކަމަށެވެ. 

މުސްތަފާ ވިދާޅުވީ މަސްދޯނިތަކުގައި މަސައްކަތް ކުރާނެ ދިވެހީން ނުލިބޭތީ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ކަމަށާއި، މަސްދޯނި ތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް ޕާމިޓް އޮތީ އެދޯނި ތަކުގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެ ދޯނި ތަކުގައި ހަޅުތާލު ކުރި ނަމަވެސް އެ ބިދޭސީން ތިބޭނީ ދޯނިތަކުގައި ކަމަށާއި، އެހެންތާކަށް އެ މީހުންނަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަޅުތާލު ކުރުމުގެ ހައްގު އެންމެނަށް ލިބިފައިވާކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ ބިދޭސީންގެ ހައްގު ގެއްލޭ ކަމަށްވާނަމަ އެމީހުންނަށް ވެސް ހަޅުތާލު ކުރުމުގެ ހައްގު ރާއްޖޭގެ ގާނޫނު އަސާސީން ލިބިފައިވާ ކަމަށެވެ. 

މީގެ އިތުރުން މުސްތަފާ ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިންގެ ދޯނިތަކުގައި ތިބި ބިދޭސީން މަސައްކަތްތެރިންނާ މެދު އަމަލުކުރި ގޮތް ތަފާތު ކަމަށެވެ. އެއީ މިހާރު ވެސް ގާނޫނާ ގަވާއިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރާ ކަމަށް މިހާރު ފުލުހުންނަށް ގުޅައި ރިޕޯޓު ކުރުމުން އިމިގްރޭޝަނަށް ގުޅުމަށް ފުލުހުން ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުސްތަފާ ވިދާޅުވީ މަސްދޯނިތަކުގައި ގަވާއިދާ ހިލާފަށް ބިދޭސީން ތިބި ކަމަށްވާ ނަމަ އެ ދޯނިތަކަށް އަރަން ޖެހޭނީ އިމިގްރޭޝަން އޮފިސަރުން ކަމަށާއި، ފުލުހުން ނޫން ކަމަށެވެ. އަދި ފުލުހުން އަމަލު ކޮށްފައިވަނީ ގައިރު ގާނޫނީ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންވެއްޖެ ކަމަށްވަންޏާ އެމީހުން ހައްޔަރުކޮށްގެން އެމީހުން ބަލާ ފާސްކުރަން މިކަމެއް ފުލުހުންނަށް ނުކުރެވޭނެ. އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އެމީހުން އުޅޭތޯ ބަލަން ދިވެހިރާއްޖޭގައި އޮންނާނެ އިމިގްރޭޝަންގެ ވަކި ބޮޑީއެއް އުފައްދާފައި. އެބޮޑީން އައިސްފައި ބަލާ އެމީހުން އެކަން ކުރީ ގާނޫނާ ހިލާފަށްތޯ ގާނޫނާ އެއްގޮތައްތޯ. އެމީހުން ފުލުހުންގެ ދައުރު އަދާކުރުމުގައި ފުލުހުންނަށް ނެތް ބާރެއް ފުލުހުން ބޭނުންކޮށްގެން ނުވާނޭ. މަސްވެރިން ކުރީ ހަރުތާޅެކޭ. އެހެންވީމަ  ހަރުތާޅެއް ހުއްޓުވުމުގެ އިހުތިޔާރެއް ފުލުހުންނަށް ނުލިބޭނެ. އެކޮމާންޑު ކުރި އޮފިސަރަކު ވެސް އެހުރީ ގާނޫނާ ހިލާފު އަމުރެއް ކޮށްފައޭ.  އެކޮމާންޑަށް ތަބާވި ފުލުހުން ވެސް އެވަނީ ގާނޫނާ ހިލާފު އަމުރަކަށް ތަބާވެފައޭ  އަޅުގަނޑު ދަންނަވާނީ. 
ގާނޫނީ ވަކީލު މުސްތަފާ ހަމީދު

މުސްތަފާ ވިދާޅުވީ ފުލުހުންނަށް ކޯޓު އަމުރެއް ނެތި ބޮޑު ކަންނެލީގެ މަސްދޯނިތަކަށް ނޭރޭނެ ކަމަށާއި، މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ އަތުގައި އެފަދަ އަމުރެއް ނެތް ކަމަށާއި، ފުލުހުން އަމަލު ކުރި ގޮތުން މަސްވެރިންނަށް ލިބުނު ގެއްލުން ދައުލަތުން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ ހަޅުތާލެއް ކަމަށާއި، މިގޮތަށް އަނިޔާވެރި ނުވެވޭނެ ކަމަށެވެ. އަދި މިގައުމުގައި މިއަދު ހައްގުތައް ގެއްލިގެން ހަޅުތާލު ނުކުރާ ބަޔަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ހަމީދުމަސްވެރިންގެ މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025
މުޒާހާރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި "އެލްއާރުއޭޑީ" އަކީ ލީތަލް ހަތިޔާރެއް

މުޒާހާރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި "އެލްއާރުއޭޑީ" އަކީ ލީތަލް ހަތިޔާރެއް

05 އޮކްޓޯބަރު 2025
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު