Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިމްތިޔާޒާއި ސުލޫކު ކޮމިޓީ

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކާއި 2 ދޯނި ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 11:26
ރައްޔިތުން މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުން މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރު

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ބަލައި ދިނުމަށް އެދި ހުށަހަޅައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ބުރާސްފަތި ދުވަހު ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން އަންގާފައި ވުމުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގެންދެވިފައިވަނީ ހައްޔަރަށްތޯ ނުވަތަ ނޫންކަން ފުލުހުންގެ ކިބައިން ސާފުކޮށް ދިނުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބައިވެރިވެފައިވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ވެފައި ފުލުހުން މެންބަރު ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަން ފާހަގަ ކުރެވިފައިވާ ކަމަށް އެސީޓީގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ފުލުހުން ބޭނުންކޮށްފައިވަނީ ގާނޫނާއި ހިލާފަށް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކޮށްގެން ކަމަށާއި މިއީ ކަނޑައެޅިގެން މަޖިލީހުގެ މެންބަރުންގެ ކަރާމާތައް އަރައިގަތުން ކަމަށް ވެސް އެސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.

މެންބަރު މައުރޫފް ޒާކިރު ހައްޔަރު ކޮށްފައިވާ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ބައްލަވައިދެއްވާ މިކަމާ ގުޅޭގޮތުން ކޮމެޓީ ބައްދަލުވުމެއް ވެސް ތާވަލުކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު، މަޖިލީހުގެ ރައީސް އަށް ފޮނުވި ސިޓީގެ ޖަވާބުގައި އިމްތިޔާޒާއި ސުލޫކު ކޮމެޓީގެ މުގައްރިރު، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އަށް ރައްޔިތުން މަޖިލީހުގެ އަމީން އާންމު ފޮނުވި ސިޓީގައި ވިދާޅުވީ، ބުރާސްފަތި ދުވަހު މަސްވެރިން ކުރަމުންދިޔަ މުޒާހަރާއެއްގެ ތެރެއިން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވާކަމުގެ މައުލުމާތު، ފުލުހުންގެ ހިދުމަތުން ހިއްސާ ކުރައްވާފައި ވާތީ، ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 259 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކަން އިމްތިޔާޒާއި ސުލޫކު ކޮމެޓީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކާއި 2 ދޯނި ފުލުހުންގެ ބެލުމުގެ ދަަށަށް ގެނައި އިރު، އަމުރަށް ނުކިޔަމަންތެރިވި ގޮތެއް ފުލުހުންނާއި ސުވާލުކުރުމުން ސާފުކޮށް ނުދިނެވެ. އަދި ކަނޑުމަތީގައި ސުލްހަވެރި މުޒާހަރާ އެއް ކުރަމުން ދިޔަ މަސްވެރިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ގޮތެއް ވެސް ފުލުހުންނާއި ސުވާލު ކުރުމުން ބުނެދީފައި ނުވެ އެވެ.

މައުރޫފް ޒާކިރުކެންދޫ ދާއިރާބޮޑު ކަންނެލިއިމްތިޔާޒާއި ސުލޫކު ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
މަސްވެރިންގެ ދުވަހު މުހިއްމީ ޖަލްސާ ބައްވާ އެވޯޑު ދިނުމެއް ނޫން، މުހިއްމީ މަސްވެރިންގެ ކަންބޮޑުވުން އަޑު އަހައި ހައްލު ހޯދުން: މައުރޫފް

މަސްވެރިންގެ ދުވަހު މުހިއްމީ ޖަލްސާ ބައްވާ އެވޯޑު ދިނުމެއް ނޫން، މުހިއްމީ މަސްވެރިންގެ ކަންބޮޑުވުން އަޑު އަހައި ހައްލު ހޯދުން: މައުރޫފް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު