Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025 | ބުދަ 05:49

ފްރާންސް އިން ބޭނުން ވަނީ އަވަސް އަދި ދެމެހެއްޓެނިވި ސުލްޙައެއް ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، އެއީ ހަނގުރާމަ އިން ޔުކްރެއިން ބަލިވެ، ރަޝިޔާ އިން ހުށަހަޅާފައިވާ ސުލްޙަ އަކަށް ވެގެން ނުވާނެ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. އެގޮތުން ޔުކްރެއިންގެ ބިމުން ބައެއް ދޫކޮށްލުމުގެ ކަންތަކާ މެދު ގޮތެއް ނިންމާނީ އެ ޤައުމުގެ ރައްޔިތުން ކަމަށް ވެސް މެކްރޮން ފާހަގަ ކުރެއްވި އެވެ.

ޓްރަމްޕްގެ ޔޫކްރެއިން ސުލްހަ ޕްލޭން ރަނގަޅު ދިމާއަކަށް ދާ ނަމަވެސް ޔޫކްރެއިނާއި ޔޫރަޕަށް ގަބޫލުކުރެވޭނެ ގޮތަށް ހެދުމަށް ބައެއް ކަންކަން ރަނގަޅުކުރަން ޖެހޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ނޮވެމްބަރު 2025 | ބުދަ 05:49
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން | ރޮއިޓާސް

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްޙައިގެ ޕްލޭން އިސްލާޙު ކުރަން ޖެހޭ ކަމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ޕްލޭންއާ މެދު ޔޫރަޕުގެ ޤައުމު ތަކުގެ ކަންބޮޑުވުން އެބަ އޮތެވެ. އެކަމާ ގުޅޭ ގޮތުން މެކްރޮން ވިދާޅުވެފައި ވަނީ، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން ރަނގަޅު މިސްރާބެއްގައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް، ޔުކްރެއިން އާއި ޔޫރަޕުގެ ޤައުމު ތަކަށް ޤަބޫލު ކުރެވޭ ގޮތަށް އެ ޕްލޭންގެ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

އަންގާރަ ދުވަހު އާރްޓީއެލް ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި މެކްރޮން ވިދާޅުވީ، ޓްރަމްޕްގެ އިސްނެގުން ސުލްޙައާ ދިމާލަށް ދާ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް، ބައެއް ކަންކަމަށް މަޝްވަރާ ކުރަން ޖެހޭ ކަމަށާއި، އެއާ އެކު އިސްލާޙު ގެންނަން ޖެހޭ ކަންކަން ހުރި ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ފްރާންސް އިން ބޭނުން ވަނީ އަވަސް އަދި ދެމެހެއްޓެނިވި ސުލްޙައެއް ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، އެއީ ހަނގުރާމަ އިން ޔުކްރެއިން ބަލިވެ، ރަޝިޔާ އިން ހުށަހަޅާފައިވާ ސުލްޙަ އަކަށް ވެގެން ނުވާނެ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. އެގޮތުން ޔުކްރެއިންގެ ބިމުން ބައެއް ދޫކޮށްލުމުގެ ކަންތަކާ މެދު ގޮތެއް ނިންމާނީ އެ ޤައުމުގެ ރައްޔިތުން ކަމަށް ވެސް މެކްރޮން ފާހަގަ ކުރެއްވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ކަންކަމަށް ރަޝިޔާ އިން އެއްބަސްވެ، އެކަން ޤަބޫލު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމުގެ އިޝާރާތް ތަކެއް ފެންނަމުން އަންނަ ކަމަށެވެ. ނަމަވެސް، އެއީ ޔުކްރެއިން އާއި، ޔޫރަޕުގެ ޤައުމު ތަކުން ޤަބޫލު ކުރަން ޖެހޭ ކަމެއް ނޫން ކަމަށް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

ހަނގުރާމަ ނިންމުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން އަންނަ މެކްރޮން ވިދާޅުވީ، ރަޝިޔާއާ އެކު ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރާ ނަމަ، ޔުކްރެއިންގެ ފުރަތަމަ ދިފާއީ ފަރުދާ އަކަށް ވާނީ އެ ޤައުމުގެ ސިފައިންގެ ބޭރު އަލިން ބަދަހި ކުރުން ކަމަށާއި، އެކަމަށް ހަނި ކުރުމެއް އޮވެގެން ނުވާނެ ކަމަށެވެ. ހަމަ އެހެންމެ، ފްރީޒް ކޮށްފައިވާ ރަޝިޔާގެ އެންމެހާ އެސެޓުތައް ހުރީ ޔޫރަޕުގައި ކަމަށާއި، އެ އެސެޓުތަކާ ބެހޭ ގޮތުން ގޮތެއް ނިންމާނީ ވެސް ޔޫރަޕުން ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ.

މެކްރޮންގެ އެ ވާހަކަތަކާ ގުޅިގެން އޭނާއާ ވަނީ އިތުރު ސުވާލެއް ކުރިމަތި ކޮށްފަ އެވެ. އެގޮތުން ސުލްޙައިގެ ރަނގަޅު މަގެއް ހޯދުމަށް، ނުވަތަ "ޑީލެއް" ހޯދުމަށް އެމެރިކާ އަށް ދިޔުމަށް ތައްޔާރަށް ހުންނެވިތޯ ވަނީ ސުވާލު ކޮށްފަ އެވެ. އެ ސުވާލާ ގުޅިގެން މެކްރޮން ވިދާޅުވެފައި ވަނީ، މިވަގުތަށް އެފަދަ ޕްލޭނެއް ނުވަތަ، ވިސްނުމެއް ނެތް ކަމަށެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން މިހާތަނަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނައިރު، ފްރާންސް އަކީ އެކަމުގައި މުހިންމު ދައުރެއް އަދާ ކުރާ ޤައުމެކެވެ. ޔޫރަޕުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ މި ހަނގުރާމައިގައި، ޔުކްރެއިންގެ ބިން ބާރު ގަދަ ގޮތުގައި ރައްކާތެރި ކުރުމަށް ވެސް ފްރާންސް އިން ވަނީ ގޮވާލައިފަ އެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހަޅުއްވާފައިވާ ޕްލޭންއާ ގުޅޭ ގޮތުން މެކްރޮން ވާހަކަ ދައްކަވާފައިވާއިރު، މިއީ އެ ހުށަހެޅުމާ ގުޅޭ ގޮތުން ޔޫރަޕުގެ ފަރާތުން ވާހަކަ ދައްކާފައިވާ ފުރަތަމަ ފަހަރެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްއެމެނުއެލް މެކްރޮންސުލްހައިގެ ޕްލޭންފްރާންސްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 އޯގަސްޓު 2026

ޖެޓްސްކީގެ ފޮޓޯތަކާއެކު ފްރާންސްގެ ރައީސް މެކްރޮން ހޫނު ފެނަށް، ސިޔާސީ ލީޑަރުންގެ ފާޑު ކިޔުން!

16 އޯގަސްޓު 2026
ޖެޓްސްކީގެ ފޮޓޯތަކާއެކު ފްރާންސްގެ ރައީސް މެކްރޮން ހޫނު ފެނަށް، ސިޔާސީ ލީޑަރުންގެ ފާޑު ކިޔުން!
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
04 އޯގަސްޓު 2026

އިންފަންޓީނޯގެ ހުށަހެޅުމާ ދެކޮޅަށް ފްރާންސްގެ ރައީސް މެކްރޮން ވެސް މަސައްކަތް ކުރެއްވިކަން ހާމަވެއްޖެ

04 އޯގަސްޓު 2026
އިންފަންޓީނޯގެ ހުށަހެޅުމާ ދެކޮޅަށް ފްރާންސްގެ ރައީސް މެކްރޮން ވެސް މަސައްކަތް ކުރެއްވިކަން ހާމަވެއްޖެ
03 އޯގަސްޓު 2026

މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް

03 އޯގަސްޓު 2026
މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް
29 ޖުލައި 2026

ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ

29 ޖުލައި 2026
ފްރާންސް އާއި ޖަރުމަނު ގުޅިގެން 2038 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބިޑު ކުރަން ވިސްނަނީ
27 ޖުލައި 2026

ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ

27 ޖުލައި 2026
ފަރަންސޭސި ވިލާތުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ނުރައްކާ ބޮޑުވެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް މެކްރޯން ބާއްވަވަނީ
22 ޖުލައި 2026

ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ

22 ޖުލައި 2026
ފްރާންސްގެ އެއްބަސްވުމުގައި ޒިދާން ސޮއިކޮށްފި، ވަރަށް އަވަހަށް އިއުލާން ކުރާނެ
19 ޖުލައި 2026

ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ

19 ޖުލައި 2026
ފްރާންސް ބަލިކޮށް، އިންގްލެންޑަށް ވޯލްޑް ކަޕްގެ ތިން ވަނަ
17 ޖުލައި 2026

އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް
16 ޖުލައި 2026

ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"

16 ޖުލައި 2026
ޑެޝޯމްޕްސްގެ ސުވާލެއް: "މިއީ ސެމީ ފައިނަލް މެޗެއް އިންސާފު ކުރެވޭ ފެންވަރުގެ ރެފްރީއެއްތަ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް