Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންފަންޓީނޯގެ ހުށަހެޅުމާ ދެކޮޅަށް ފްރާންސްގެ ރައީސް މެކްރޮން ވެސް މަސައްކަތް ކުރެއްވިކަން ހާމަވެއްޖެ

4 އޯގަސްޓު 2026 | އަންގާރަ 05:39

ފްރާންސްގެ ރައީސް މެކްރޮން ވަނީ، ފާއިތުވި ދުވަސްތަކުގައި ފުޓުބޯޅައިގެ އެކި އިދާރާތަކުގެ ވެރިންނަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައި. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ފީފާގެ ޕްލޭންއާ ދެކޮޅު ހައްދަވައި، މެކްރޮން ތާއީދު ކުރެއްވީ ޔުއެފާގެ ނިންމުމަށް. މެކްރޮންއާ ގާތް ގުޅުން އޮންނަ ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، 2021 ވަނަ އަހަރު ޔޫރަޕިއަން ސުޕަރ ލީގު އުފެއްދުމ ދެކޮޅަށް މެކްރޮން ނުކުންނެވި ފަދައިން، މިފަހަރު ވެސް އޭނާ ހުންނެވީ ފީފާގެ ނިންމުމާ ދެކޮޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޯގަސްޓު 2026 | އަންގާރަ 05:39
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ކުރިމަތިވެފައިވާ ފިއްތުންތަކާއި، އެ އިދާރާގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ތެރެއަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަދެވަޑައިގެންފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ. 

ފްރާންސްގެ ނޫހެއް ކަމަށްވާ ލެކީޕް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފީފާގެ ވިޔަފާރީގެ އުސޫލުތަކަށް ގެންނަން ބަދަލުތަކާ ގުޅިގެން އުފެދުނު މައްސަލަތަކުގެ ތެރޭގައި، މެކްރޮން ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އެކަމުގައި އެކި ބޭފުޅުންނާ ވާހަކަ ދައްކަވައިފަ އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ ފީފާ ފޯވާޑް އެންޓަޕްރައިޒްގެ ނަމުގައި ފީފާގެ ސަބްސިޑަރީ ކުންފުޏެއް އުފައްދައި، އަމިއްލަ އިންވެސްޓަރުންނަށް އޭގެ ހިއްސާ ވިއްކުމަށް ރާވާފައިވާ ކަމަށް ޖުލައި މަހުގެ ފަހުކޮޅު ފެންމަތިވުމުންނެވެ. މި މަޝްރޫއުގެ ދަށުން ފީފާ އައު ކުންފުނީގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކުމަށް އޮތީ ހަމަޖެހިފައި އެވެ. 

މީގެ އިތުރުން ފީފާ ވޯލްޑް ކަޕް އާއި، ކުލަބު ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ބްރޯޑްކާސްޓިން ރައިޓްސް އާއި، ޓިކެޓު ވިއްކުމާއި، ސްޕޮންސަރޝިޕް އަދި ލައިސަންސް ފަދަ މުހިންމު ވިޔަފާރިތައް ބަލަހައްޓާނީ އެ ކުންފުނިން ކަަމަށް އޮތީ ނިންމައިފަ އެވެ.  

މިކަމާ ގުޅިގެން ފްރާންސްގެ ރައީސް މެކްރޮން ވަނީ، ފާއިތުވި ދުވަސްތަކުގައި ފުޓުބޯޅައިގެ އެކި އިދާރާތަކުގެ ވެރިންނަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ފީފާގެ ޕްލޭންއާ ދެކޮޅު ހައްދަވައި، މެކްރޮން ތާއީދު ކުރެއްވީ ޔުއެފާގެ ނިންމުމަށެވެ. މެކްރޮންއާ ގާތް ގުޅުން އޮންނަ ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، 2021 ވަނަ އަހަރު ޔޫރަޕިއަން ސުޕަރ ލީގު އުފެއްދުމާ ދެކޮޅަށް މެކްރޮން ނުކުންނެވި ފަދައިން، މިފަހަރު ވެސް އޭނާ ހުންނެވީ ފީފާގެ ނިންމުމާ ދެކޮޅަށެވެ. 

ފީފާގެ ތެރޭގައި އުފެދުނު ބޮޑެތި ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، އަމިއްލަ އިންވެސްޓަރުން ބައިވެރިކޮށްގެން ކުންފުނި އުފެއްދުމުގެ މަޝްރޫއު އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު ވަނީ ކުއްލި ގޮތަކަށް ހުއްޓާލައިފަ އެވެ. ނަމަވެސް، މި މައްސަލައިގެ ސަބަބުން އިންފަންޓީނޯގެ ލީޑަރޝިޕް އަދި ފީފާ އަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި އެވެ. އަދި އިންފަންޓީނޯއާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ މިހާރު އަޑު އުފުލަމުންނެވެ. 

މި މައްސަލައިގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް ވަނީ، އިންފަންޓީނޯ އަކީ ފީފާ ހިންގުމަށް އެކަށީގެންވާ ބޭފުޅާ ނޫން ކަމަށް ވިދާޅުވެ، އޭނާގެ އިސްތިއުފާ އަށް ގޮވާލައްވައިފަ އެވެ. މި މައްސަލައިގައި މެކްރޮން ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވީ ނަމަވެސް، މި މައްސަލައިގައި މެކްރޮން އާންމުކޮށް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ. އެހެން ނަމަވެސް، ފީފާގެ ނިންމުންތަކާއި، ހިންގުމާމެދު މެކްރޮންގެ ވެސް ހިތްހަމަނުޖެހުން އޮތް ކަމަށް މިކަމުން ދޭހަވާ ކަމަށް މީޑިއާތަކުގައި ބުނެފައިވެ އެވެ.

ފީފާއެމެނުއެލް މެކްރޮންޖިއާނީ އިންފަންޓީނޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި

03 އޯގަސްޓު 2026
ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި
03 އޯގަސްޓު 2026

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި

03 އޯގަސްޓު 2026
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންނަން ނިންމައިފި
03 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!

03 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!
03 އޯގަސްޓު 2026

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

03 އޯގަސްޓު 2026
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!
03 އޯގަސްޓު 2026

އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

03 އޯގަސްޓު 2026
އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
02 އޯގަސްޓު 2026

އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ

02 އޯގަސްޓު 2026
އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ
01 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި

01 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި
01 އޯގަސްޓު 2026

ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި

01 އޯގަސްޓު 2026
ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި
31 ޖުލައި 2026

މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ

31 ޖުލައި 2026
މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ
31 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ

31 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް